ދިރިއުޅެން ޖެހޭ، ކޮޕަ އެމެރިކާ ހޯސްޓްކުރުން ގޯހެއް ނޫން: ބްރެޒިލްގެ ރައީސް

Jun 2, 2021, 7:08 AM
ބްރެޒިލްގެ ރައީސް ޖެއިރް ބޮލްސޮނާރޯ 2019 ވަަނަ އަހަރުގެ ކޮޕަ އެމެރިކާ އަށް ފަހު ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.

ބްރެޒިލްގެ ރައީސް ޖެއިރް ބޮލްސޮނާރޯ 2019 ވަަނަ އަހަރުގެ ކޮޕަ އެމެރިކާ އަށް ފަހު ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.

ރިއޯ ޑި ޖަނެއިރޯ (ޖޫން 2) - ކޮވިޑް-19ގެ ހާލަތުގެ ތެެރޭގައި ވެސް ދިރިއުޅެން ޖެހޭ ކަމަށާއި ކޮޕަ އެމެރިކާ ބާއްވަން ބްރެޒިލް ސަރުކާރުން ނިންމި ނިންމުން ރަނގަޅުކަމަށް އެ ގައުމުގެ ރައީސް ޖައިރް ބޮލްސޮނާރޯ ވިދާޅުވެއްޖެ އެވެ.

ކޮޕަ އެމެރިކާ ކުރިއަށްގެންދަން ނިންމާފައިވަނީ މި މަހުގެ 13 އިން އަންނަ މަހުގެ 10 އަށެވެ.

ކޮޕަ އެމެރިކާ މި ފަހަރު ބާއްވަން ނިންމި އާޖެންޓީނާ އާއި ކޮލަމްބިއާގައި ބޭއްވޭގޮތް ނުވުމުން އެންމެ ފަހުން ވެސް މުބާރާތް ހޯސްޓްކުރި ބްރެޒިލްގައި އެ މުބާރާތް ކުރިއަށް ގެންދަން ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލް އިން ނިންމީ ބްރެޒިލް އިން ހުށަހެޅި ޕްރޮޕޯސަލް ރަނގަޅުވުމުންނެވެ.

ކޮވިޑް-19ގެ ހާލަތު ގޯސް ދަނޑިވަޅެއްގައި ކޮޕަ އެމެރިކާ ހޯސްޓްކުރާތީ ބްރެޒިލްގެ ސުޕްރީމް ކޯޓުން ވަނީ ކޮޕަ އެމެރިކާ ބާއްވަން އެ ގައުމުގެ ސަރުކާރުން ނިންމީ ކޮން ކަންތައްތަކަށް ބަލާފައިތޯ އޮޅުން ފިލުވަން ނިންމައިފަ އެވެ. އެއީ އާންމުންގެ ގިނަ ބަޔަކު އެ ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރާއިރު، ޕްރޮސެކިއުޓަރުންތަކެއް އެ މައްސަލަ ކޯޓަށް ހުށަހަޅަން ތައްޔާރުވަމުން ދާތީ އެވެ.

"މިއީ އަހަރެމެންނާ ހަމައިން ނިމޭ ކަމަކަށް ވާނަމަ އަހަރެން އަދި ހުރިހާ މިނިސްޓަރުން ހެލްތު މިނިސްޓަރު ވެސް ހިމެނޭ ގޮތަށް ބޭނުންވަނީ ކޮޕަ އެމެރިކާ ހޯސްޓްކުރަން. އެއީ ފައިނަލް ނިންމުން،" ބްރެޒިލިއާ އަށް ދެއްވި އިންޓަވިއުއެއްގައި ބޮލްސޮނާރޯ ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ވެސް އަހަރެން ބުނަމުން އައީ މި ޕެންޑަމިކާ ހެދި އަހަރެން ވަރަށް ހިތާމަކުރަމޭ. މީހުން މަރުވުމަކީ ވެސް އަހަންނަށް ވަރަށް އަސަރުކުރާ ކަމެއް. އެކަމަކު އަހަރެމެން ދިރިއުޅެން ޖެހޭ. ފުޓްބޯޅަ އަކީ ގިނަ ބަޔަކު އާމްދަނީ އަށް ކުރާ މަސައްކަތެއް،"

ކޮވިޑް ޖެހިގެން މިހާތަނަށް ބްރެޒިލް އިން 463،000 މީހުން ވަނީ މަރުވެފަ އެވެ.

މި ފަހަރު ކޮޕަ އެމެރިކާ ފުރަތަމަ ހޯސްޓްކުރަން ބެލި ދެ ގައުމުގެ ތެރެއިން ކޮލަމްބިއާގައި އެކަން ކުރެވެން ނެތްކަަމަށް ނިންމައި އާޖެންޓީނާގައި އެކަނި މެޗުތައް ކުޅެން ނިންމީ މި މަހުގެ 20 ވަނަ ދުވަހު އެވެ. ކޮލަމްބިއާގައި ކުޅެވެން ނެތީ އެ ގައުމުގައި ސިޔާސީ މަސްރަހު ގޯސްވެ ގިނަ ހަޅުތާލުތަކެއް ކުރިއަށްދާތީ އެވެ.

އާޖެންޓީނާގައި ކޮވިޑް-19ގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މިދިޔަ މަހު 21 ވަނަ ދުވަހު ވަނީ އެ ގައުމު ލޮކްޑައުން ކޮށްފަ އެވެ. ލޮކްޑައުން ކުރުމާ އެކު އާުޖެންޓީނާގެ ހުރިހާ ފުޓްބޯޅަ ހަރަކާތެއް ވެސް އޮތީ ސަސްޕެންޑްކޮށްފަ އެވެ. ލޮކްޑައުންގެ ނަތީޖާ ފެންނަން ނަގާ މުއްދަތަށް ބަލާއިރު، ކޮޕަ އެމެރިކާ ކުޅެވޭނެ ހާލަތަށް އެ ގައުމުގައި ކަންކަން ރޭވިގެންދާނީ އަދި މަހެއް ފަހުން ކަމަށް އާޖެންޓީނާ ސަރުކާރުން ކަނޑައެޅުމާ އެކު ކޮޕަ އެމެރިކާ ހޯސްޓް ކުރުމުގެ ފުރުސަތު އެ ގައުމަށް ގެއްލުނީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox