30 އަހަރަށް ފަހު ރުމެނިގާ ބަޔާންގެ ލީޑަޝިޕާ ދުރަށް

Jun 2, 2021, 3:30 AM
ބަޔާންގެ ޗެއާމަންކަމުން ވަކިވާން ނިންމާފައިވާ ކާލް-ހެއިންޒް ރުމެނިގާ.

ބަޔާންގެ ޗެއާމަންކަމުން ވަކިވާން ނިންމާފައިވާ ކާލް-ހެއިންޒް ރުމެނިގާ.

މިއުނިކް (ޖޫން 2) - ބަޔާން މިއުނިކްގެ ސީނިއާ މެނޭޖްމަންޓްގައި 30 އަހަރު މަސައްކަތް ކުރުމަށް ފަހު މިހާރުގެ ޗެއާމަން ކާލް-ހެއިންޒް ރުމެނިގާ ކްލަބާ ދުރަށް ދިއުން އަވަސްކުރަން ނިންމައިފި އެވެ.

ކުރިން ނިންމާފައި އޮތީ މި އަހަރު ނިމުމުން ރުމެނިގާ މަގާމު ދޫކޮށްލާ ގޮތަށެވެ. އެކަމަކު އެ އެއްބަސްވުމުގެ ހަ މަސް ކުރިން މި މަހުގެ ނިޔަލަށް ރުމެނިގާ މަގާމުން ވަކިވާނެކަން މިހާރު ވަނީ ރަސްމީކޮށް ކްލަބަށް އަންގައިފަ އެވެ. ރުމެނިގާގެ މަގާމު ދެން ފުރާނީ ބަޔާނާއި ޖަރުމަނުގެ ގައުމީ ޓީމުގެ ގޯލު ބެލެހެއްޓި ކުޅަދާނަ ގޮލްކީޕަރު އޮލިވާ ހާން އެވެ.

ރުމެނިގާ އަވަހަށް ކްލަބް ދޫކޮށްލަން ނިންމީ ސީޒަންގެ މެދުތެރެއިން އެކަން ކުރުމަށް ވުރެ ބުއްދިވެރި ގޮތަކީ ސީޒަނެއް ފެއްޓުމުގެ ކުރިން އެކަން ކުރުން ކަމަށް ފެންނާތީ އެވެ. އެ ގޮތަށް ބަޔާންގެ ބޯޑުން ވެސް ވަނީ ރުހުން ދީފަ އެވެ.

ބަޔާނުން ވަނީ ރުމެނިގާ އެ ކްލަބަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށްފަ އެވެ.

އުމުރުން 65 އަހަރުގެ ރުމެނިގާ ވަނީ ބަޔާނަށް 10 އަހަރު ކުޅެދީފަ އެވެ. އަދި ވެސްޓް ޖާމަނީ ޓީމުން 1980 ވަނަ އަހަރުގެ ޔޫރަޕިއަން ފުޓްބޯލް ޗެމްޕިއަންޝިޕް (ޔޫރޯ) ކާމިޔާބުކުރި ޓީމުގައި ރުމެނިގާ ހިމެނެ އެވެ.

ހާއްސަ ދައުވަތަކަށް އެންމެ ފުރަތަމަ ބަޔާނުން ރުމެނިގާ ގެނައީ 1991 ވަނަ އަހަރު ކްލަބްގެ ނައިބު ރައީސްގެ ރޯލަށެވެ. އޭނާ ވަނީ 2002 ވަނަ އަހަރާ ހަަމައަށް އެ މަގާމު ފުރައިފަ އެވެ. އޭގެ ފަހުން އެގްޒެކްޓިވް ބޯޑުގެ ޗެއާމަންގެ މަގާމު މިހާތަނަށް ފުރިއިރު، ކްލަބް ހިންގުމުގައި ރަނގަޅު މޮޑެލެއް އެކުލަވާލި އެވެ.

ރުމެނިގާ ވަނީ ޖަރުމަނު ގައުމީ ޓީމުގެ މެޗުތަކުގައި ޓީވީ ކޮމަންޓޭޓަރެއްގެ ގޮތުގައި ވެސް ކުރިން މަސައްކަތްކޮށްފަ އެވެ. ބަޔާނުން ވަކިވުމަށް ފަހު ފުޓްބޯޅައިގެ ތެރޭގައި މަސައްކަތް ކުރާނަމަ އޭނާ ދެން ފެނުން އެންމެ ގާތީ މީޑިއާގެ ރޯލަކުން ނޫނީ ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުގެ މަގާމަކުން ކަމަށް ރުމެނިގާ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox