ރެއާލްގެ ކޯޗަކަށް އަންޗެލޮޓީ ހަމަޖައްސައިފި

Jun 1, 2021, 5:42 PM
މަޝްހޫރު ކޯޗު އަންޗެލޮޓީ: އޭނާ ވަނީ އެވަޓަން ދޫކޮށް ރެއާލާ ހަވާލުވެފައި.

މަޝްހޫރު ކޯޗު އަންޗެލޮޓީ: އޭނާ ވަނީ އެވަޓަން ދޫކޮށް ރެއާލާ ހަވާލުވެފައި.

މެޑްރިޑް (ޖޫން 1) - އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަން ކޯޗުކަން ދޫކޮށްލައި ރެއާލް މެޑްރިޑްގެ ކޯޗުކަމާ އަލުން ހަވާލުވާން އިޓަލީގެ މަޝްހޫރު ކޯޗު ކާލޯ އަންޗެލޮޓީ ނިންމައިފި އެވެ.

ރެއާލަށް 2013 އިން 2015 އަށް ކޯޗުކޮށްދިން އަންޗެލޮޓީ ވަނީ ރެއާލާ އެކު ތިން އަހަރުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފަ އެވެ. އަންޗެލޮޓީ ވަނީ ރެއާލާ އެކު ފުރަތަމަ މަސައްކަތް ކުރިއިރު، އެ ޓީމަށް ޗެމްޕިއަންސް ލީގުގެ އިތުރުން ކޮޕަ ޑެލް ރޭ އާއި ޔުއެފާ ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ހޯދައިފަ އެވެ.

އަންޗެލޮޓީ ރެއާލްގެ ކޯޗުކަމަށް އައީ އެ ޓީމުގެ ކޯޗުކަމުން ޒިނެދިން ޒިދާން ވަކިވުމުންނެވެ. ދިހަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ރެއާލުން ހުސްއަތާ ނިންމާލި ސީޒަނަށް ފަހު ޒިދާން އެ ޓީމުގެ ކޯޗުކަން ދޫކޮށްލުމަށް ފަހު ބުނީ ޓީމު ދޫކޮށްލަން ނިންމީ ކްލަބްގެ ވެރިންގެ އިތުބާރު ނެތުމުން ކަމަށެވެ.

އުމުރުން 61 އަހަރުގެ އަންޗެލޮޓީ ބުނީ އެވަޓަންގެ މެނޭޖްމަންޓަށް ޝުކުރު އަދާކުރާކަމަށާއި އެ ޓީމު ދޫކޮށްލައި ރެއާލާ ގުޅެން ނިންމީ މިއީ މި ވަގުތަށް ބަލާއިރު ދޫކޮށްލެވެން ނެތް ފުރުސަތަކަށް ވާތީ ކަމަށެވެ.

"އެވަޓަންގައި އަހަރެން ހުރީ ހިތްހަމަޖެހިގެން. އެކަމަކު ރެއާލުން މި ލިބުނު ފުރުސަތަކީ އަހަންނާއި އަހަރެންގެ އާއިލާ އަށް ވެސް މި ވަގުތަށް ވަރަށް ރަނގަޅު ފުރުސަތެއް. އަހަރެން އެދެން އެވަޓަން މިހާރު ކުރަމުން އަންނަ ރަނގަޅު މަސައްކަތް ދެން ހަވާލުވާ ކޯޗަކާ އެކު ވެސް ކުރިއަށް ގެންދަން،" އަންޗެލޮޓީ ބުންޏެވެ.

އެވަޓަން އިން އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ޓީމުން ޝޯޓްލިސްޓުކޮށްފައިވާ ކޯޗުންގެ ތެރޭގައި ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑް ހިމެނެ އެވެ. ޖެރާޑް ވަނީ މެޗަކުން ބަލިނުވެ ރޭންޖާސް އަށް މި ސީޒަނުގައި ސްކޮޓްލެންޑްގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ.

ރެއާލުން އެންމެ ފުރަަތަަމަ އެ ޓީމުގެ ކޯޗަކަށް ގެންނަން ބެލީ އިޓަލީގެ ކޯޗު މެސިމޯ އަލެގްރީ އެވެ. އަލެގްރީ ނިންމީ އަލުން ޔުވެންޓަސްއާ ހަވާލުވާށެވެ. ދެން ރެެއާލުން މަސައްކަތްކުރީ ދާދި ފަހުން އިންޓަ މިލާންގެ ކޯޗުކަމުން ވަކިވި އެންޓޯނިއޯ ކޮންޓޭއާ ރެއާލް ހަވާލުކުރާށެވެ. އެކަމަކު ކޮންޓޭ މިހާރު އަންނަނީ އިންގްލެންޑްގެ ޓޮޓެންހަމް ހޮޓްސްޕާސްއާ ގުޅެން ވާހަކަ ދައްކަމުންނެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި އޭސީ މިލާނާ އެކު ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް އަދި އިޓަލީއާ އެކު 1990 ގެ ވޯލްޑް ކަޕުގެ ތިން ވަނަ ހޯދި އަންޗެލޮޓީ ވަނީ ކޯޗިންގައި ވެސް އެހާމެ ގިނަ ކާމިޔާބު ހޯދައިފަ އެވެ. އެގޮތުން މިލާނަށް ދެ ފަހަރު އަދި ރެއާލް މެޑްރިޑަށް އެއް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނެވެ. ޗެލްސީ އާއި ޕީއެސްޖީ އަދި ބަޔާން މިއުނިކަށް ވެސް ލީގު ކާމިޔާބުކޮށްދިނެވެ.

ނަޕޯލީ ކޯޗުކަމާ 2018 ވަނަ އަހަރު ހަވާލުވި އަންޗެލޮޓީ އެ ޓީމުގެ ކޯޗުކަމުން ވަކިކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ނަޕޯލީން އަންޗެލޮޓީ ވަކިކުރީ އެ ކްލަބްގެ ރައީސް އައުރެލިއޯ ޑި ލޯރެންޓިސްއާ ޖެހުނު މައްސަލައެއްގެ ތެރެއިންނެވެ.

ނަޕޯލީން ވަކިކުރިތާ ދެ ހަފްތާ ފަހުން އަންޗެލޮޓީ ވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން އެވަޓަން އަށް ބަދަލުވެފަ އެވެ. އެވަޓަން މި ފަހަރު ޕްރިމިއާ ލީގު ނިންމާލީ 10 ވަނައިގަ އޮވެ އެވެ. އަންޗެލޮޓީ އެވަޓަން ދޫކޮށްލިއިރު، އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރާއި ހަ މަސް އެބައޮތެވެ. .

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox