މާލޭން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް

Jun 1, 2021, 5:25 PM
މާލޭގެ މަގެއްމަތީ ބަޔަކު މަޑުކޮށްލައިގެން: ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

މާލޭގެ މަގެއްމަތީ ބަޔަކު މަޑުކޮށްލައިގެން: ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ މާލޭ ސިޓީން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް ގޮސްފި އެވެ.

އިއްޔެ އާއި މިއަދުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މާލޭން ކޮވިޑަށް ޓެސްޓްކުރި މީހުންގެ ތެރެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ނިސްބަތުން މަދެވެ.

އެގޮތުން، މިދިޔަ 24 ގަޑިއިރު ތެރޭގައި މާލޭން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 373 މީހުންނެވެ. އިއްޔެ މާލޭން ޕޮޒިޓިވްވެފައިވަނީ 488 މީހުންނެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓްކޮށްފައިވަނީ ޖުމްލަ 5،685 މީހުންނެވެ. އިއްޔެ ޓެސްޓްކޮށްފައިވަނީ 5،310 މީހުންނެވެ.

މިއަދު ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދަކީ 768 އެވެ. އޭގެ ތެރޭގައި 357 މީހުން ރަށްރަށުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 15 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

ޖުމްލަ އަދަދަށް ބަލާއިރު، އިއްޔެއަށްވުރެ މިއަދު ޕޮޒިޓިވްވީ މީހުންގެ އަދަދު ގިނަ އެވެ. އެގޮތުން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ޖުމްލަ 710 މީހުންނެވެ. އޭގެ ތެރެއިން ރަށްރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދަކީ 202 އެކެވެ.

ކޮވިޑްގެ އަދަދުތައް މާލޭގައި ދަށްވާން ފަށާފައިވާއިރު ހަރުކަށި ފިޔަވަޅުތައް މިހާރު ދަނީ ތަންފީޒު ކުރަމުންނެވެ. އެގޮތުން، ކާފިއުގެ ވަގުތު އިތުރުކުރުމާއި، ހުއްދަ ނުހޯދާ ބޭރަށް ނުކުތުން މަނާކޮށްފައިވެ އެވެ.

މިސްކިތްތަކާއި ސްކޫލްތަކާއި އެހެން ވެސް އާންމު ތަންތަން ވަނީ ބަންދުކޮށްފަ އެވެ. މިއާއެކު، އާންމުން މަގުމައްޗަށް ނުކުމެ އުޅުމާއި އެއްވެ އުޅުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

ނަމަވެސް، އެ ފިޔަވަޅުތަކަށް ބައެއް މީހުން އެންމެ އެދެވޭ ގޮތުގައި އަމަލު ކުރަމުން ނުދާ ކަމުގެ ކަންބޮޑުވުން މިއަދު ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ފާޅު ކުރައްވާފައިވެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ފިޔަވަޅުތައް ހަރުކަށިކުރިއަސް އެންމެ ރަނގަޅަށް ތަބާވާ މަންޒަރު މަގުމަތިން ނުފެނެ އެވެ. ކޮންމެ މަގަކުން ވެސް ފެންނަނީ މީހުން ގިނަވެފައި އޮންނަ ތަން ކަމަށާއި އެއީ ޕޮޒިޓިވްވާ އަދަދު ދަށްނުކުރެވިދާނެ ސަބަބެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގެއަކަށް ވަކި ވަރެއް ލިމިޓްކޮށް ހުއްދަ ޒަރޫރީ ބޭނުންތަކަށް އެކަނި ދޫކުރި ނަމަވެސް އެއާހިލާފަށް މަގުތަކުގައި އުޅެމުންދާ ކަމަށެވެ. ހުއްދައާ އެކު ގިނަ ބަޔަކު މަގުތަކުގައި އުޅޭއިރު، ހުއްދަ ނުނަގައި އުޅޭކަން ފާހަގަކުރެއްވި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހިސާބުތަކުން ދައްކާ ގޮތުގައި، ކާފިއު ގަޑީގައި މާސްކް ގައިޑްލައިާ ހިލާފުވެގެން 208 މީހަކު ޖޫރިމަނާކުރި އެވެ. އަދި ކާފިއު ގަޑިތަކާ ހިލާފުވެގެން 631 މީހަކު ޖޫރިމަނާކުރި އެވެ.

"އެއްވެސް ކަހަލަ އުޒުރެއް ނެތި މަގުމަތީގައި އުޅުމަކީ ކަންބޮޑުވާންޖެހޭ ސީރިއަސް މައްސަލައެއް،" ނަސީމް ވިދާޅުވި އެވެ.

ސިއްހީ ތަޖުރިބާކާރުން ލަފާ ކުރައްވާ ގޮތުގައި، މިހާރު އަޅާފައި އޮތް ފިޔަވަޅުތަކަށް އަމަލުކޮށްފިނަމަ ދެ ހަފުތާގެ ތެރޭގައި ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށް ކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox