މަގާމު ގެއްލޭތީ ނަތަންޔާހޫ އެންމެ ފަހު ވަގުތު ކުރި މަސައްކަތަށް ހުރަސް އެޅީ ރައީސް

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ.-- ފޮޓޯ: ގެޓީ އިމޭޖަޒް

ބެންޖަމިން ނަތަންޔާހޫއަށް ބޮޑު ވަޒީރުކަން ގެއްލޭ ގޮތަށް ކޯލިޝަން ސަރުކާރު ހެދުން ހުއްޓުވަން އެންމެ ފަހުގެ ވަގުތުގައި ކުރި މަސައްކަތަށް އިޒްރޭލުގެ ރައީސް ރޫވެން ރިވްލިން ހުރަސް އަޅުއްވައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސެންޓްރިސްޓް ޕާޓީގެ ލީޑަރު ޔެއާ ލަޕިދް އާއި އަލްޓްރާ ނޭޝަނަލިސްޓް ޕާޓީގެ ލީޑަރު ނަފްތާލީ ބެނެޓް ވަރަށް އަވަހަށް ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރައްވާނެ އެވެ.

އިޒްރޭލުގެ ރައީސް ރޫވެން ރިވްލިން.-- ފޮޓޯ: ޓައިމްސް އޮފް އިޒްރޭލް
އިޒްރޭލުގެ ރައީސް ރޫވެން ރިވްލިން.-- ފޮޓޯ: ޓައިމްސް އޮފް އިޒްރޭލް

އިޒްރޭލުގެ ރައީސް ރޫވެން ރިވްލިން.-- ފޮޓޯ: ޓައިމްސް އޮފް އިޒްރޭލް

އިޒްރޭލުގެ މީޑިއާއިން ރިޕޯޓުކުރާ ގޮތުގައި ސެންޓްރިސްޓުންނާއި އަލްޓްރާ ނޭޝަނަލިސްޓުންގެ ކޯލިޝަން އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ބޮޑު ވަޒީރުކަން ކުރައްވާނީ އުމުރުން 49 އަހަރުގެ ބެނެޓް އެވެ. އަދި ދައުރުގެ ބާކީ ދެ އަހަރު ބޮޑު ވަޒީރުކަން ކުރައްވާނީ ލަޕިދް އެވެ.

ކޯލިޝަން ސަރުކާރުގައި ދެ ބޮޑު ވަޒީރުން ރޮޓޭޓުވާ ގޮތަށް ހެދުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ، ނަތަންޔާހޫ ފޮނުއްވީ ރައީސް ރިވްލިން އާއި ޕާލިމެންޓަށް ސިޓީ އެކެވެ. ނަމަވެސް ރައީސް ރިވްލިންގެ އޮފީހުން ބުނީ އެއީ ގާނޫނީ ހުއްޖަތެއް ނެތް ވާހަކައެއް ކަމަށެވެ.

ކޯލިޝަން ސަރުކާރު އެކުލަވާލައިގެން ރައީސް ރިވްލިންއަށް ހުށަހަޅަން ޖެހޭ ސުންގަޑިއަކީ ބުދަ ދުވަހެވެ. ކާމިޔާބުކަމާ އެކު އާ ސަރުކާރު އެކުލަވާލެވިއްޖެ ނަމަ ނަތަންޔާހޫގެ 12 އަހަރުވީ ވެރިކަން ނިމުމަކަށް އަންނާނެ އެވެ. ނަތަންޔާހޫއަކީ އިޒްރޭލުގައި އެންމެ ގިނަ ދުވަހު ބޮޑު ވަޒީރުގެ މަގާމު ފުރުއްވަމުން ގެންދަވާ ލީޑަރެވެ.

ނަތަންޔާހޫއާ ދެކޮޅަށް ސީރިއަސް ތުހުމަތުތަކެއް ކުރެވޭއިރު، ކޮރަޕްޝަނާއި މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެއްޖެ ނަމަ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ. މިދިޔަ މާޗް މަހު އޮތް އާއްމު އިންތިހާބުން އޭނާގެ ލިކޫދް ޕާޓީއަށް ވަނީ މެޖޯރިޓީ ނުލިބިފަ އެވެ. އެއީ ދާއިތުވި ދެ އަހަރު ތެރޭ އެ ޕާޓީއަށް މެޖޯރިޓީ ނުލިބުނު ހަތަރު ވަނަ އިންތިހާބެވެ.

އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބުނު ޕާޓީގެ ހައިސިއްޔަތުން ކޯލިޝަން ސަރުކާރެއް ހަދަން ފުރުސަތު ލިބުނު ނަމަވެސް އެއްވެސް ޕާޓީއަކުން ނަތަންޔާހޫއާ ގުޅޭކަށް ބޭނުމެއް ނުވި އެވެ.

އެހެންވެ ދެ ވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ބެނެޓްގެ ޕާޓީއަށް ވަނީ ކޯލިޝަން ހެދުމުގެ ފުރުސަތު ލިބިފަ އެވެ. އެކަމަކު އެ ޕާޓީއަށް ވެސް ސަރުކާރެއް އެކުލަވާލެވޭނީ ޕާލިމެންޓުގައި ތިއްބަވާ އަރަބި މެމްބަރުންނާއެކު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިޒްރޭލާއި ގާޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތާ ދެމެދު އެގާރަ ދުވަސް ވަންދެން ހަމަލާ ބަދަލު ކުރުމުގެ ސަބަބުން އިޒްރޭލުގައި ޔަހޫދީންނާއި އަރަބިންނާ ދެމެދު ނުތަނަވަސްކަން ވަނީ ބޮޑުވެފަ އެވެ. ބައެއް ސިޓީތަކުގައި ހަމަނުޖެހުން ވެސް ހިނގި އެވެ.

ބެނެޓްއަކީ އިޒްރޭލުން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދު ކުރަން ވަރަށް ތާއީދު ކުރައްވާ ލީޑަރެކެވެ. އެހެންކަމުން ބައެއް އަރަބި ޕާލިމެންޓު މެމްބަރުން އޭނާގެ ސަރުކާރެއްގައި ބައިވެރިވާން ދެކޮޅު ހެދުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox