އިޒްރޭލް ފުލުހުންނަށް މަލާމާތް ކުރާތީ ގުދުސްއިން މީހުން ހައްޔަރު ކުރަނީ

އިޒްރޭލު ފުލުހުން ފަލަސްތީނުގެ ޒުވާނަކު ހައްޔަރު ކުރަނީ.-- ފޮޓޯ: ރޮއިޓާޒް

އިޒްރޭލު ފުލުހުން ފަލަސްތީނުގެ ޒުވާނަކު ހައްޔަރު ކުރަނީ.-- ފޮޓޯ: ރޮއިޓާޒް

އިޒްރޭލުން ވެރިވެ ގަނެފައިވާ އިރުމަތީ ގުދުސްއިން ފާއިތުވި މަސް ތެރޭގައި އެތައް ސަތޭކަ ފަލަސްތީނު ރައްޔިތުން ހައްޔަރުކޮށްފި އެވެ.

ގުދުސްގައި ހަމަނުޖެހުން ފެށުނީ މިދިޔަ ރޯދަ މަހު ދިމިޝްކު ގޭޓު ކައިރިއަށް ފަލަސްތީނު މީހުންނަށް ނުދެވޭނެ ކަމަށް އިޒްރޭލް ފުލުހުން އެންގުމުންނެވެ.

އޭގެ ފަހުން ޝެއިހް ޖައްރާގެ ގެތަކުން ފަލަސްތީނު ރައްޔިތުން ނެރުމާ ދެކޮޅަށް މުޒާހަރާ ކުރި މީހުންނަށް ފުލުހުންގެ ހަމަލާ އަމާޒުވި އެވެ.

ހަމަނުޖެހުން ބޮޑުވެފައި ވަނިކޮށް އިޒްރޭލުގެ ޔަހޫދީން ވަނީ އަރަބިންނާ ދެކޮޅަށް ފަލަސްތީނު މީހުން ގިނަ ހިސާބުތަކުގައި ހިނގާލުން ބާއްވާފަ އެވެ.

އޭގެ ފަހުން އިޒްރޭލާއި ގާޒާއާ ދެމެދު 11 ދުވަސް ވަންދެން ހަމަލާ ބަދަލު ކުރި އެވެ. އަދި އިޒްރޭލުގައި ދިރިއުޅޭ ފަލަސްތީނު މީހުންނަށް ފުރައްސާރައާ ކުރިމަތިވެ، ގުދުސްއިން އިން 2000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ވެ އެވެ.

އިރުމަތީ ގުދުސްއިން ގިނަ މީހުން ހައްޔަރު ކުރަމުން ދަނީ ސޯޝަލް މީޑިއާގައި އިޒްރޭލު ފުލުހުންނަށް މަލާމާތްކޮށް ޕޯސްޓު ކުރާތީ އެވެ. ގާނޫނީ ވަކީލުން ބުނާ ގޮތުގައި ސޯޝަލް މީޑިއާގައި ޕޯސްޓު ކުރާ ކޮންޓެންޓާ ގުޅިގެން ފަލަސްތީނު މީހުން ހައްޔަރު ކުރުމަކީ އިޒްރޭލް ފުލުހުން އާއްމުކޮށް ކުރާ ކަމެކެވެ.

މިހާތަނަށް އިރުމަތީ ގުދުސްއިން 550 މީހުން ހައްޔަރުކޮށްފައި ވާއިރު، ލަފާކުރެވޭ ގޮތުގައި އޭގެ ތެރެއިން 25 ޕަސެންޓަކީ ކުޑަކުދިންނެވެ.

ފަލަސްތީނު މީހުންގެ ހައްގަށް މަސައްކަތް ކުރާ ގްރާސްރޫޓް ޖެރުސަލަމް ޖަމިއްޔާއިން ބުނީ ގިނަ މީހުން ހައްޔަރުކޮށްފައިވާ 24 ގަޑިއިރު ތެރޭގައި ދޫކޮށްލަ އެވެ. ނަމަވެސް ދޫކޮށްލަނީ 154 ޑޮލަރާއި 1،540 ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށްފަ އެވެ.

އޭގެ އިތުރުން ބައެއް މީހުން ގޭ ބަންދުކޮށް، ގުދުސްގެ ބައެއް ހިސާބުތަކަށް ނުދެވޭ ގޮތަށް ވެސް ޝަރުތު ކުރެ އެވެ. ދިޔުން މަނާ ކުރާ ތަންތަނުގެ ތެރޭގައި ދިމިޝްކު ގޭޓާއި، އަގްސާ މިސްކިތާއި، ޝެއިހް ޖައްރާ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox