އަލުން ޗެލްސީ އަށް ދާން ނުވިސްނަން: ހަޒާޑް

Jun 1, 2021, 6:58 AM
ރެއާލްގެ މެޗެއްގެ ތެެރެއިން ހަޒާޑް.-- ފޮޓޯ: އޭއެފްޕީ

ރެއާލްގެ މެޗެއްގެ ތެެރެއިން ހަޒާޑް.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖޫން 1) - ރެއާލް މެޑްރިޑާ އެކު އޭނާގެ އެއްބަސްވުމެއް އެބައޮތް ކަމަށާއި އަލުން ޗެލްސީ އަށް ދިއުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑް ބުނެފި އެވެ.

ޗެލްސީ ދޫކޮށް ހަޒާޑް ރެއާލަށް ބަދަލުވީ 2019 ވަނަ އަހަރު 100 މިލިއަން ޔޫރޯ އަށެވެ. ހަޒާޑް ރެއާލްގައި ދައްކާ ކުޅުމަށް ބަލައި އިތުރު 40 މިލިއަން ޔޫރޯ ދޭ ގޮތަށް އެ އެއްބަސްވުމުގައި ހިމަނާފައިވެ އެވެ. އެކަމަކު މިހާތަނަށް ހަޒާޑް ރެއާލަށް ކުޅެދިން 43 މެޗުން ޖެހުނީ ފަސް ގޯލެވެ. ދެ ސީޒަނު ރެއާލްގައި ހޭދަކުރިއިރު ހަޒާޑަށް އަނިޔާގެ ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ރެއާލުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހަޒާޑް ވިއްކާލަން ނިންމައިފިނަމަ އޭނާ ބޭނުންވަނީ އަލުން ޗެލްސީ އަށް ދާން ކަމަށް ދާދި ފަހުން ސްޕެއިނާއި އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެ ވާހަކަތަކަށް އިޝާރާތްކޮށް ހަޒާޑް ބެލްޖިއަމްގެ ނޫހަކަށް ބުނީ އޭނާ ހުރީ ރެއާލްގެ ކޮންޓްރެކްޓެއްގައި ކަމަށާއި ވިސްނަނީ އެ ޓީމާ އެކު ކާމިޔާބު ހޯދުމަށް ކަމަށެވެ.

"އަދިވެސް އަހަރެން ރެއާލާ އެކު ހެދި ކޮންޓްރެކްޓްގައި ބާކީ ތިން އަހަރު އެބައޮތް. އެހެންވީމަ އަހަރެން އެނބުރި އިންގްލެންޑަށް ދާ ވާހަކަ އަކީ ސުވާލު ކުރަން ޖެހޭ ކަމެއް ނޫން. ޗެލްސީ އަށް އެނބުރި ދިއުމުގެ ވިސްނުމެއް މި ވަގުތު ނެތް،" ހަޒާޑް ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ހަޒާޑް (މ) ޗެލްސީގެ ކުޅުންތެރިންނާ ވާހަކަ ދައްކަނީ.

މި ސީޒަނުގައި ޗެލްސީ ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ރެއާލް ކަޓުވާލައިފަ އެވެ. ޗެލްސީން 2012 ވަނަ އަހަރު އަލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، ހަޒާޑް އެ ޓީމާ ގުޅުނީ އޭގެ ފަހުން އައި ޓްރާންސްފާ މާކެޓްގަ އެވެ. ޗެލްސީން މި ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު ވެސް ހަޒާޑް އެ ޓީމުގައެއް ނެތެވެ. ޔޫރަޕްގައި ހަޒާޑް ވަނީ ޗެލްސީއާ އެކު ދެ ފަހަރު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.

ހަޒާޑް ބުނީ ރެއާލް ކުޅުންތެރިއެއްގެ ގޮތުގައި ހުރެ، ޗެލްސީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދުމުން އުފާފާޅުނުކުރެވޭނެ ކަމަށެވެ. އެކަމަކު އޭނާގެ ގިނަ އެކުވެރިންތަކެއް ޗެލްސީގައި ތިބިއިރު، އެ ކުޅުންތެރިންނަށް އެ ލިބުނު ކާމިޔާބީއާ މެދު ހިތްހަމަޖެހޭ ކަމަށް ހަޒާޑް ބުންޏެވެ.

ޗެމްޕިއަންސް ލީގުން ރެއާލް ކެޓި މެޗަށް ފަހު ހަޒާޑާއި ޗެލްސީގެ ބައެއް ކުޅުންތެރިން ސަކަރާތްޖެހި ވީޑިއޯއެއް ވައިރަލްވެ ރެއާލްގެ ގިނަ ސަޕޯޓަރުންގެ ނުރުހުން ހަޒާޑަށް އަމާޒުވި އެވެ. ހަޒާޑް ވަނީ އެކަމަށް ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފަ އެވެ.

ހަޒާޑް ބުނީ މި ވަގުތު އެންމެ ބޮޑަށް ފޯކަސް ކުރަނީ މި މަހު 13 ވަނަ ދުވަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ރަނގަޅަށް ތައްޔާރުވުމަށް ކަމަށެވެ. އެ މުބާރާތް ރަނގަޅަށް ގޮސްފިނަމަ އަންނަ ސީޒަނުގައި ރެއާލްގައި ވެސް އޭނާ އެންމެ ބޭނުންވާ ކުޅުން ދައްކަން ފަސޭހަވެގެންދާނެ ކަމަށް ހަޒާޑް ގަބޫލުކުރެ އެވެ. ހަޒާޑް ވަނީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި ބެލްޖިއަމް ތިން ވަނަ އަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox