ޕާރުސަލް ތައްޓާއެކު އިތުރު ބާވަތެއް މަނާކުރުން ފަސްކޮށްފި

ކާބޯތަކެތި ބަންދުކުރަން ބޭނުންކުރާ ސްޓައިރަފޯމް ފޮށި: ޕްލާސްޓިކް ހިމެނޭ އެ ބާވަތް ރާއްޖެއަށް އެތެރެކުރުން މަނާކުރާ ތަރީހު ވަނީ ފަސްކޮށްފައި. -ފޮޓޯ: ޓުޑޭ އޮންލައިން

ކާބޯތަކެތި ބަންދުކުރަން ބޭނުންކުރާ ސްޓައިރަފޯމް ފޮށި: ޕްލާސްޓިކް ހިމެނޭ އެ ބާވަތް ރާއްޖެއަށް އެތެރެކުރުން މަނާކުރާ ތަރީހު ވަނީ ފަސްކޮށްފައި. -ފޮޓޯ: ޓުޑޭ އޮންލައިން

އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކުގެ ބައެއް ބާވަތްތައް މިއަދުން ފެށިގެން ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވާއިރު، އޭގެ ތެރެއިން ކާބޯތަކެތި ބަންދުކުރަން ބޭނުންކުރާ ސްޓައިރަފޯމް ފޮއްޓާއި އިތުރު އެހެން ބާވަތެއް މަނާވާ ތާރީހު ސަރުކާރުން ފަސްކޮށްފި އެވެ.

އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކުގެ ބައެއް ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާ ކުރުމަށް އިމްޕޯޓް/އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހު ގެޒެޓުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު، 22، ގަ އެވެ.

އޭގައި ބުނެފައިވާ ގޮތުން މަނާ ކުރާ ޕްލާސްޓިކުގެ ބާވަތްތަކާއި އެ ތަކެތި އެތެރެ ކުރުން މަނާ ކުރާ ތާރީހު ގަރާރަކުން ކަނޑައަޅަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

އެތެރެ ކުރުން މަނާ ކުރާ ޕްލާސްޓިކާއި އެ ތަކެތި މަނާ ކުރާ ތާރީހު ބަޔާން ކުރާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ޖެނުއަރީ، 1، 2021، ގެ ކުރިން ނެރުމަށް ވެސް އެ ގާނޫނު ލާޒިމް ކުރި އެވެ.

ގާނޫނުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން މިދިޔަ ޑިސެމްބަރު، 30، ގައި ރައީސް ނެރުއްވި ގަރާރުގައި މަނާކޮށްފައި ވަނީ 12 ބާވަތެއްގެ ޕްލާސްޓިކެވެ. އޭގެ ތެރެއިން ނުވަ ބާވަތެއްގެ ޕްލާސްޓިކު އެތެރެ ކުރުން މަނާވާ ގޮތަށް އޮތީ މިއަދުން ފެށިގެންނެވެ.

ނަމަވެސް، ރޭގެ ވަގުތެއްގައި ރައީސް ވަނީ އެ ގަރާރު އިސްލާހު ކުރައްވައި އެ ލިސްޓުގައި ހިމެނުނު ދެ ބާވަތެއް މަނާކުރާ މުއްދަތު އިތުރުކޮށް ދެއްވައިފަ އެވެ.

އެގޮތުން، ކުރިން މިއަދުން ފެށިގެން މަނާކުރަން ނިންމި ބަތް ޕާރުސަލް ތަށި އެތެރެކުރެވޭ ތާރީހު މިހާރު ވަނީ މިއަހަރުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

އޭގެ އިތުރުން، 500 މިލިލީޓަރަށްވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް އެތެރެކުރުން މަނާކުރާ ތާރީހު ވަނީ އަންނަ އަހަރުގެ ޖޫން މަހާ ހަމައަށް އިތުރުކޮށްދީފަ އެވެ.

އެ ބާވަތުގެ ޕްލާސްޓިކް ފުޅި ވެސް ކުރިން އޮތީ މިއަދުން ފެށިގެން މަނާވާ ގޮތަށެވެ.

މިއަދުން ފެށިގެން އެތެރެ ކުރުން މަނާ ތަކެތި

  1. ޕްލާސްޓިކް ހޮޅި
  2. ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ޕްލާސްޓިކް ދަނޑިކޮޅު
  3. 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު
  4. ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ސުޕާރީ
  5. 250 މިލިލީޓަރަށްވުރެ ކުޑަ ޕްލާސްޓިކް ތަށި
  6. ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
  7. 50 މިލިލީޓަރާއި 50 މިލިލީޓަރަށްވުރެ ކުދި ޝޭމްޕޫ އާއި ސައިބޯނި ފުޅި
  8. 500 މިލިލީޓަރަށްވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން.

އެ ބަދަލު ގެންނަންޖެހުނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ރިއާއަތްކޮށް ކަމަށް އެ ގަރާރުގައި ރައީސް ވިދާޅުވެފައި ވެ އެވެ.

އޭގެ އިތުރުން ރައީސް ކުރިން ނެރުއްވި ގަރާރުގައި ބާޒާރު ކުރަން ބޭނުން ކުރާ 50 މައިކްރޯނަށްވުރެ ތުނި ކޮތަޅު، ޑިސެމްބަރު، 1، 2022، ގައި މަނާ ކުރުމަށް ހިމަނާފައި އޮތެވެ. ގަރާރުގައިވާ ގޮތުން 50 މިލިލީޓަރާއި 200 މިލިލީޓަރާ ދެމެދު ހުންނަ ކުދި ސައިބޯންޏާއި ޝޭމްޕޫ ފުޅި ވެސް އެ ތާރީހުގައި މަނާވާނެ އެވެ.

އަދި އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފެން ފުޅި ޑިސެމްބަރު، 1، 2023 ގައި މަނާވާނެ އެވެ.

ކޮވިޑުގެ ސަބަބުން މިއަދު މަނާކުރި ޕްލާސްޓިކުގެ ބާވަތްތައް ވެސް އެތެރެކުރުމުގެ ސުންގަނޑިއަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބަދަލުގެނެސްފަ އެވެ.

އެގޮތުން، އިކޮނޮމިކް މިނިސްޓްރީން އިއްޔެ ބުނެފައިވަނީ މިއަދުގެ ފަހުން ރާއްޖެއަށް ގެންނަ ޝިޕްމަންޓެއް ނަމަ، އެ މުދަލެއްގެ ބިލް އޮފް ލެޑިން (ބީއެލް) ނުވަތަ އެއާވޭ ބިލް މާދަމާގެ ކުރިން ދޫކޮށްފައިވާނަމަ، މުދާ އެތެރެކުރުމަށް ކަސްޓަމްސުން ފުރުސަތު ދޭނެ ކަމަށެވެ.

މީގެ އިތުރުން، ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި އުފެއްދުން މަނާކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ.

ބިލުގައި ބުނެފައިވަނީ ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހިގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއް ކަމަށެވެ.

އަދި އޭގެ ދަށުން އެކި މަރުހަލާތަކަކަށް ބަހާލައިގެން ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް މަނާކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ނަމަވެސް، އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން އެ ބާވާތްތަކުގެ ލިސްޓެއް ގެޒެޓު ކުރަންޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox