ޒިދާން ދިއުމުން ރާމޯސް ވެސް ރެއާލް ދޫކޮށްލަނީ: ރިޕޯޓް

May 31, 2021, 10:48 AM
މިދިޔަ ސީޒަނުގައި ލީގު ކާމިޔާބު ކުރުމަށް ފަހު ރާމޯސް (ކ) އާއި ޒިދާން.

މިދިޔަ ސީޒަނުގައި ލީގު ކާމިޔާބު ކުރުމަށް ފަހު ރާމޯސް (ކ) އާއި ޒިދާން.

މެޑްރިޑް (މެއި 31) - ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން އެ ޓީމު ދޫކޮށްލާފައިވާއިރު، މަހެއްހާ ދުވަސްތެރޭ އެ ކްލަބްގެ ކޮންޓްރެކްޓް ހަމަވުމުން ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް ވެސް ރެއާލް ދޫކޮށްލަން ނިންމާފައިވާ ރިޕޯޓްތައް ބުނެފި އެވެ.

ސެވިއްޔާ ދޫކޮށް 2005 ވަނަ އަހަރު ރެއާލަށް ބަދަލުވި ރާމޯސް އެ ކްލަބާ އެކު ކޮންޓްރެކްޓްގައި ހުރީ އަންނަ މަހުގެ ނިޔަލަށެވެ. މިހާތަނަށް ރާމޯސްއާ އެކު އާ ކޮންޓްރެކްޓެއް ހަދަން ރެއާލުން ކުރި އެއްވެސް މަސައްކަތަކަށް އަލިމަގެއް ފެންނަ ގޮތް ވަނީ ނުވެފަ އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އުމުރުން 35 އަހަރުގެ ރާމޯސް މިހާރު ނިންމައިގެން ހުރީ ކޮންޓްރެކްޓް ހަމަވުމުން ރެއާލް ދޫކޮށްލާށެވެ. މި ފަހަރު ޔޫރޯ އަށް ނެގި ސްކޮޑުން ވެސް ފުރުސަތު ނުލިބޭތީ ރާމޯސް މިހާރު ހުރީ ޗުއްޓީގަ އެވެ. ރާމޯސްގެ ގާތް ފަރާތްތަކާ ހަވާލާދީ ސްޕެއިނުގެ ރޭޑިއޯ އަކުން ދާދި ފަހުން ވަނީ ރާމޯސް އަންނަ ސީޒަނުގައި ފެނުމުގެ ފުރުސަތު އޮތީ ސްޕެއިން ނޫން ގައުމެއްގެ ކްލަބަކުން ކަމަށް ބުނެފަ އެވެ.

ރާމޯސް ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ފްރާންސްގެ ޕީއެސްޖީންނެވެ. ޕީއެސްޖީން ނިންމާފައިވަނީ އަހަރަކު 15 މިލިއަން ޑޮލަރު ލިބޭ ގޮތަށް ރާމޯސް އަށް ދެ އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅާށެވެ. ރާމޯސް ވަނީ އެ ގޮތަށް އެއްބަސްވެފައި ކަމަށް ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް ރާމޯސްގެ އޭޖެންޓް ވަނީ އެކަން ދޮގުކޮށްފަ އެވެ. އެކަަމަކު ޒިދާން ރެއާލް ދޫކޮށްލުމާ އެކު ރާމޯސް މިހާރު ވިސްނައިގެން ހުރީ އާ ޗެލެންޖެއް ނަގައި އެހެން ޓީމަކާ ގުޅުމަށް ކަމަށް ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ރެއާލަށް ކުޅެދިން 16 އަހަރުގައި ރާމޯސް ވަނީ އެ ޓީމާ އެކު 22 ތަށި ހޯދައިފަ އެވެ.

ޕީއެސްޖީގެ ކޯޗުކަމުން މައުރީސިއޯ ޕޮޗެޓީނޯ ވަކިވެއްޖެނަމަ އެ ޓީމުން ބޭނުންވަނީ ޒިދާނާ އެ ޓީމާ ހަވާލުވާން ކަމަށް ވެސް ފްރާންސާއި އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ރެއާލް ދޫކޮށްލީ އިތުބާރުގެ މައްސަލައިގައި: ޒިދާން

ގޯލް.ކޮމް އިން ރިޕޯޓްކުރި ގޮތުގައި ޒިދާން ވަނީ ސެވިއްޔާ އާއި ރެއާލް އެއްވަރުވި މެޗުގައި މި ސީޒަނަށް ފަހު ދެން އޭނާ ރެއާލްގެ ކޯޗުގެ މަގާމުން ނުފެންނާނެ ކަމަށް ކުޅުންތެރިން ގާތުގައި ބުނެފަ އެވެ. އެކަމަކު އޭރު ޒިދާން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އެކަމަކު ސީޒަން ނިމުނުތަނާ ޒިދާން ވަނީ ދެ ވަނަ ފަހަރަށް ރެއާލް ދޫކޮށްލަން ނިންމިކަން ކްލަަބަށް އަންގައި މަގާމު ދޫކޮށްލައިފަ އެވެ.

ސްޕެއިނުގެ ނޫހެއް ކަމަށްވާ އޭއެސް އިން ވަނީ ޒިދާން އެ ކްލަބްގެ ސަޕޯޓަރުންނަށް ފޮނުވި ސިޓީއެއް ހިއްސާކޮށްފަ އެވެ. އެ ސިޓީގައި ޒިދާން ބުނީ 2018 ވަނަ އަހަރު އެންމެ ފުރަތަމަ އޭނާ ރެއާލް ދޫކޮށްލީ ވަރަށް ރަނގަޅަށް އެ ކްލަބް ކުރިއަރުވައި ކާމިޔާބީގެ އެންމެ މަތީ ފަންތީގައި ބޭއްވުމަށް ފަހު ކަމަށެވެ. އެކަމަކު ދެ ވަނަ ފަހަރު ޓީމު ދޫކޮށްލަން ޖެހުނީ މުޅިން ތަފާތު ހާލަތެއް އޮއްވައި ކަމަށް ޒިދާން ވަނީ ބުނެފަ އެވެ.

"އަހަރެން ޓީމު ދުކޮށްލީ ކްލަބުން އަހަންނަށް އިތުބާރު ނުކުރާކަން އިހުސާސްވާތީ. ކްލަބުން އަހަންނަށް ސަޕޯޓެއް ނެތް މި ވަގުތު ވެސް ނޫނީ މުސްތަގުބަލަށް ވެސް ޓީމު ބިނާކުރާކަށް،" ޒިދާން ބުންޏެވެ.

ޒިދާން ވަނީ މިދިޔަ ދެ އަހަރު ރެއާލުން ކުޅުންތެރިންނަށް އިންވެސްޓް ކުރުން މަދުވުމާއި އެ ނޫން ވެސް އެކި ޗެލެންޖްތަކުގެ ސަބަބުން ކްލަބްގެ އެތެރެއިން އޭނާ އަށް ލިބެން ޖެހޭ ސަޕޯޓް ނުލިބޭކަން ފާހަގަކޮށްފަ އެވެ. އަދި ރެއާލަކީ އެންމެ މަތީ ލެވަލްގައި އޮންނަން ޖެހޭ ކްލަބަކަށް ވެފައި އޭނާ ހުރެ އެކަން އެގޮތަށް ނުކުރެވޭއިރު މަގާމުގައި ދެމިހުންނަން ބޭނުންނުވީ ކަމަށް ޒިދާން ބުންޏެވެ.

"އެއީ އަހަންނަށް އެންމެ އަސަރުކުރާ ކަމަކީ ކޮންމެ ފަހަރަކު މެޗަކުން ބަލިވާއިރަށް އަހަންނަށް މީޑިއާ އިން ފެންނަނީ ދެން އިން މެޗަކުން ބަލިވެއްޖިއްޔާ އަހަރެން މަގާމުން ވަކިކުރާނެ ވާހަކަ. އަހަންނަށް އަސަރުކުރޭ ގަސްދުގައި ބަޔަކު ޓީމުގެ މެސެޖްތައް މީޑިއާ އަށް ލީކުކޮށް ޓީމުގެ ރޫހު ގެއްލުވާލާތީ," ޒިދާން ބުންޏެވެ.

ރެއާލް ކޯޗުކަން ފުރަތަމަ ދޫކޮށްލިތާ އަހަރެއް ނުވަނިސް ޒިދާން އެ ޓީމާ ދެ ވަނަ ފަހަރަށް ހަވާލުވީ 2019 ވަނަަ އަހަރުގެ މާޗް މަހުގަ އެވެ. ޒިދާން ދެ ވަނަ ފަހަރު ކޯޗުކަން ކޮށްދިންއިރު، މިދިޔަ ސީޒަނުގައި ރެއާލުން ސްޕެނިޝް ލީގާއި ސުޕަ ކަޕް ކާމިޔާބުކުރި އެވެ. ރެއާލުން މި ސީޒަން ނިންމާލީ ހުސް އަތާ އެވެ. މިއީ މިދިޔަ 10 އަހަރު ތެރޭ ރެއާލުން ތަށްޓެއް ނުލިބި ސީޒަނެއް ނިންމާލި ފުރަތަމަ ފަހަރެވެ.

ރެއާލުން މަސައްކަތް ކުރަނީ އިންޓަ މިލާނުން ވަކިވި ކޯޗު އެންޓޯނިއޯ ކޮންޓޭ ނޫނީ ޕީއެސްޖީގައި ހުރި މައުރީސިއޯ ޕޮޗެޓީނޯއާ ޓީމު ހަވާލުކުރާށެވެ. އަދި ރެއާލްގެ ބީ ޓީމުގައި ހުރި ކޯޗު ރައުލް ގޮންޒާލޭޒް ސީނިއާ ޓީމުގެ ކޯޗަކަށް ޕްރޮމޯޓްކުރުމުގެ ވިސްނުން ވެސް އެ ޓީމުން ގެންގުޅެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox