އިޒްރޭލާއި ގާޒާގެ ހަމަލާތައް ދާއިމަށް ހުއްޓާލުމުގެ މަޝްވަރާ މިސްރުގައި

އިޒްރޭލުގެ ފޮރިން މިނިސްޓަރު ގާބީ އަޝްކެނާޒީ.-- ފޮޓޯ: ޓައިމްސް އޮފް އިޒްރޭލް

އިޒްރޭލުގެ ފޮރިން މިނިސްޓަރު ގާބީ އަޝްކެނާޒީ.-- ފޮޓޯ: ޓައިމްސް އޮފް އިޒްރޭލް

އިޒްރޭލާއި ގާޒާއާ ދެމެދު ހަމަލާ ބަދަލު ކުރުން ދާއިމަށް ހުއްޓާލުމުގެ މަޝްވަރާތަކަށް 13 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިޒްރޭލުގެ ފޮރިން މިނިސްޓަރު ގާބީ އަޝްކެނާޒީ މިސްރަށް ވަޑައިގެންފި އެވެ.

"އަޅުގަނޑުމެން މަޝްވަރާ ކުރަނީ ހަމަލާ ބަދަލު ކުރުން ދާއިމަށް ހުއްޓާލުމުގެ އެއްބަސްވުމަކަށް ހަމާސްއާ އެކު އައުމަށް. އަދި ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ ގޮތްތައް ހޯދައި، ގާޒާ އަލުން ބިނާ ކުރަން ބައިނަލްއަގްވާމީ ފަރާތްތަކުގެ ބައިވެރިވުމަށް މަގުފަހިކޮށްދޭން،" އޭނާ ޓްވީޓް ކުރެއްވި އެވެ.

އޭގެ އިތުރުން ހަމާސްއިން ގާޒާގެ ހައްޔަރުކޮށްފައިވާ އިޒްރޭލުގެ މީހުން މިނިވަން ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިސްރުގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވަން އަޝްކެނާއީ މިސްރަށް ވަޑައިގެންފައި ވާއިރު، މިސްރުގެ ޖާސޫސީ ވެރިޔާ އައްބާސް ކަމާލް މި ވަގުތު އުޅުއްވަނީ އިސް ވަފުދަކާއެކު އިޒްރޭލާއި ފަލަސްތީނުގަ އެވެ.

"ރައީސް އަބްދުލް ފައްތާހް އަލް ސިސީ ޖާސޫސީ ވެރިޔާއަށް އެންގެވީ ހަމަލާތައް ދާއިމަށް ހުއްޓާލުމާ ގުޅޭ ގޮތުން އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ މަޝްވަރާ ކުރަން،" މިސްރުގެ ސެކުއިރުޓީ އޮފިޝަލުން އޭއެފްޕީއަށް ވިދާޅުވި އެވެ.

ފަލަސްތީނާއި އިޒްރޭލް މައްސަލާގައި މިސްރުން އިސް ދައުރެއް އަދާ ކުރަމުން ދާއިރު، ގާޒާ އަލުން ބިނާ ކުރަން ބޮޑެތި އެހީތަކެއް ދޭން ވެސް މިސްރުން ވަނީ ވައުދުވެފަ އެވެ. އެގޮތުން 500 މިލިއަން ޑޮލަރު ހަދިޔާ ކުރާނެ ކަމަށް ބުނެފައި ވެ އެވެ.

ރޯދަ މަސް ނިމެން ގާތްވެފައި ވަނިކޮށް އިޒްރޭލާއި ހަމާސްއާ ދެމެދު ހަމަލާ ބަދަލު ކުރަން ފެށުމުގެ ސަބަބުން ގާޒާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އެގާރަ ދުވަސް ވަންދެން އިޒްރޭލުން މެދުނުކެނޑި ބޮން އެޅުމުން ފަލަސްތީނުގެ 354 މީހުން މަރުވި އެވެ. ހަމާސްގެ ރޮކެޓް ހަމަލާތަކުގައި މަރުވީ އިޒްރޭލުގެ 12 މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox