ނަތަންޔާހޫއަށް ބޮޑު ވަޒީރުކަން ގެއްލެން ގާތްވެއްޖެ

ނަތަންޔާހޫއަކީ އިޒްރޭލުގައި އެންމެ ގިނަ ދުވަހު ބޮޑު ވަޒީރުގެ މަގާމު ފުރުއްވަމުން ގެންދަވާ ލީޑަރު.-- ފޮޓޯ: ރޮއިޓާޒް

ނަތަންޔާހޫއަކީ އިޒްރޭލުގައި އެންމެ ގިނަ ދުވަހު ބޮޑު ވަޒީރުގެ މަގާމު ފުރުއްވަމުން ގެންދަވާ ލީޑަރު.-- ފޮޓޯ: ރޮއިޓާޒް

އިޒްރޭލުގެ ބޮޑު ވަޒީރުގެ މަގާމުން ބެންޖަމިން ނަތަންޔާހޫ ވަކި ކުރުމަށް، އިދިކޮޅު ޕާޓީތަކުން އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކާމިޔާބުކުރުމާ ގާތްވެއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސެންޓްރިސްޓް ޕާޓީގެ ލީޑަރު ޔެއާ ލަޕިދް އާއި އަލްޓްރާ ނޭޝަނަލިސްޓް ޕާޓީގެ ލީޑަރު ނަފްތާލީ ބެނެޓް ވަރަށް އަވަހަށް ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރައްވާނެ އެވެ.

ބެނެޓްގެ ޕާޓީގެ އިސްވެރިން ވަނީ ސެންޓްރިސްޓުންނާއެކު ކޯލިޝަން ސަރުކާރު ހެދުމަށް ތާއީދު ކުރާކަން ހާމަކުރައްވައިފަ އެވެ.

އުމުރުން 57 އަހަރުގެ ލަޕިދްއަށް އާ ކޯލިޝަން ސަރުކާރެއް އުފެއްދުމަށް ލިބިފައިވާ ސުންގަޑި ހަމަވާނީ ބުދަ ދުވަހު އެވެ.

އިޒްރޭލުގެ މީޑިއާއިން ރިޕޯޓުކުރާ ގޮތުގައި ސެންޓްރިސްޓުންނާއި އަލްޓްރާ ނޭޝަނަލިސްޓުންގެ ކޯލިޝަން އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ބޮޑު ވަޒީރުކަން ކުރައްވާނީ އުމުރުން 49 އަހަރުގެ ބެނެޓް އެވެ. އަދި ދައުރުގެ ބާކީ ދެ އަހަރު ބޮޑު ވަޒީރުކަން ކުރައްވާނީ ލަޕިދް އެވެ.

ލެޕިދް އަދި ބެނެޓް.-- ފޮޓޯ: އީޕީއޭ
ލެޕިދް އަދި ބެނެޓް.-- ފޮޓޯ: އީޕީއޭ

ލެޕިދް (ވ) އަދި ބެނެޓް.-- ފޮޓޯ: އީޕީއޭ

ބެނެޓްގެ ޔަމީނާ ޕާޓީއަށް ވަނީ 120 މެމްބަރުން ހިމެނޭ ޕާލިމެންޓުގެ މުހިއްމު ހަ ގޮނޑިއެއް ލިބިފަ އެވެ. އެ ހަ ގޮނޑިއާއެކު އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކަށް ސާފު މެޖޯރިޓީ ލިބެ އެވެ.

ޔަމީނާ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕާޓީގެ ވެރިންނާ ބެނެޓް ބައްދަލުކުރެއްވުމުން ކޯލިޝަން އެއްބަސްވުމަށް ރުހުން ދީފައިވާ ކަމަށެވެ.

ނަތަންޔާހޫ މަގާމުން ވަކިކޮށް އާ ސަރުކާރެއް އުފެއްދުމާ ގާތްވެފައިވީ ނަމަވެސް، މި ދަނޑިވަޅުގައި ވެސް މަގާމުގައި ދެމިހުރެވޭނެ ގޮތްތައް ނަތަންޔާހޫ ހޯދުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގައި ނަތަންޔާހޫއާ ދެކޮޅަށް ޝަރީއަތް ހިންގަމުން ދާއިރު އާ ކޯލިޝަން ސަރުކާރުގައި ހިމެނޭ ޕާޓީތަކުގެ ސިޔާސީ ވިސްނުން ވަރަށް ތަފާތެވެ. ނަމަވެސް ހުރިހާ ޕާޓީއަކުން ވެސް ކެތްމަދުވެފައި ވަނީ ނަތަންޔާހޫ މަގާމުން ދުރު ކުރުމަށެވެ.

އުމުރުން 71 އަހަރުގެ ނަތަންޔާހޫ ވެރިކަން ކުރައްވާތާ މިހާރު 12 އަހަރު ވެއްޖެ އެވެ. މިދިޔަ މާޗް މަހު އޮތް އާއްމު އިންތިހާބުން އޭނާގެ ޕާޓީއަށް މެޖޯރިޓީ ވޯޓު ހޯދިފައެއް ނުވެ އެވެ. އެއީ ފާއިތުވި ދެ އަހަރު ތެރޭގައި އޭނާގެ ޕާޓީއަށް މެޖޯރިޓީ ނުލިބުނު ހަތަރު ވަނަ އިންތިހާބެވެ.

މާޗް މަހުގެ އިންތިހާބުގެ ނަތީޖާއަށް ފަހު ކޯލިޝަން ސަރުކާރެއް ހެދުމުގެ ފުރުސަތު ނަތަންޔާހޫއަށް ލިބުނު ނަމަވެސް އެއްވެސް ޕާޓީއަކުން އޭނާއާއެކު ކޯލިޝަން ސަރުކާރެއް ހަދަން އެއްބަހެއް ނުވި އެވެ.

އެއާއެކު ކުރިން ފިނޭންސް މިނިސްޓަރުކަން ކުރެއްވި ލަޕިދްއަށް ކޯލިޝަން ސަރުކާރު ހެދުމުގެ ފުރުސަތު ދިނެވެ. އެކަމަށް ދިން ސުންގަޑިއަކީ ޖޫން 2 އެވެ.

މާޗް މަހުގެ އިންތިހާބުގައި ނަތަންޔާހޫގެ ލިކޫދް ޕާޓީން އެންމެ ގިނަ ވޯޓު ހޯދިއިރު، ދެ ވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ ލަޕިދްގެ ޔެޝް އަތިދް ޕާޓީ އަށެވެ.

ކޯލިޝަން ސަރުކާރު ހަދަން ލަޕިދްއަށް އެންމެ ފުރަތަމަ ދިނީ 28 ދުވަހުގެ މުއްދަތެވެ. ނަމަވެސް އެގާރަ ދުވަސް ވަންދެން އިޒްރޭލާއި ގާޒާގައި ވެރިކަން ކުރާ ހަމާސްއާ ދެމެދު ހަމަލާ ބަދަލު ކުރުމުން، ކޯލިޝަން ހެދުމުގެ މަސައްކަތް ހުއްޓުން އެރިއެވެ.

ލަޕިދްއާއެކު ކޯލިޝަން ސަރުކާރެއް ހަދަން ޝައުގުވެރިކަން ފާޅުކުރި އަރަބި އިސްލާމިސްޓް ރާމް ޕާޓީން މަޝްވަރާގައި ބައިވެރިވާން ދެކޮޅު ހެދީ ވެސް ގާޒާއަށް ހަމަލާ ދެމުން ދިއުމުންނެވެ.

ނަތަންޔާހޫގެ ލިކޫދް ޕާޓީން ވަނީ އެންމެ ފަހު ވަގުތު ސަރުކާރުގައި ދެމި އޮވެވޭތޯ ބައެއް ޕާޓީތަކަށް ހުށަހެޅުންތައް ހުށަހަޅާފަ އެވެ. ނަމަވެސް އެއްވެސް ޕާޓީއަކުން އެކަން ގަބޫލެއް ނުކުރި އެވެ.

ލަޕިދް އާއި ބެނެޓްގެ ޕާޓީން ކޯލިޝަން އެއްބަސްވުމުގައި ސޮއިނުކޮށްފި ނަމަ އަނެއްކާވެސް ޖެހޭނީ އިންތިހާބު ބާއްވާށެވެ. އެ އިންތިހާބު ވެގެން ދާނީ ދެ އަހަރު ތެރޭ ބާއްވާ ފަސް ވަނަ އިންތިހާބަށެވެ.

އިޒްރޭލުގެ ބަރުލަމާނީ ނިޒާމުގައި އޮންނަ ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަންގެ ސަބަބުން އެއް ޕާޓީން ސަރުކާރެއް އުފެއްދޭ ވަރަށް ގޮނޑި ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox