އައިސިސްއަށް ތާއިދުކުރާ ކަމުގެ ތުހުމަތަށް ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލައިފި

ޓެރަރިސްޓު ޖަމާއަތް އައިސިސް އަށް ތާއީދުކޮށް އައްޑޫގަ ހުރި ފާރެއްގައި ލިޔެފައިވާ ލިޔުމެއް: ހައްޔަރު ކުރި މީހުންނަކީ އައިސިސް އަށް ނިބަތްވާ ބައެއް ކަމަށްވޭ -- ފޮޓޯ: ސޯޝަލް މީޑިއާ

ޓެރަރިސްޓު ޖަމާއަތް އައިސިސް އަށް ތާއީދުކޮށް އައްޑޫގަ ހުރި ފާރެއްގައި ލިޔެފައިވާ ލިޔުމެއް: ހައްޔަރު ކުރި މީހުންނަކީ އައިސިސް އަށް ނިބަތްވާ ބައެއް ކަމަށްވޭ -- ފޮޓޯ: ސޯޝަލް މީޑިއާ

ފުލުހުންނާއި ސިފައިން އައްޑޫގައި ޓެރަރިޒަމާ ދެކޮޅަށް ހިންގި އޮޕަރޭޝަނުން ހައްޔަރު ކުރި އަށް މީހުންގެ ތެރެއިން ފަސް މީހަކު ދޫކޮށްލައިފި އެވެ.

އެމީހުން ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިޒަމްގެ ހަމަލާއަށްފަހު ފުލުހުން ހަރުކަށި ފިކުރާ ދެކޮޅަށް ފެށި އޮޕަރޭޝަންގެ ތެރޭގަ އެވެ. މީގެކުރިން އެމީހުން ތިބީ ކޯޓުން އަމުރުކޮށްގެން ބަންދުގަ އެވެ.

އެ އަށް މީހުންގެ ތެރެއިން ފަސް މީހުން ދޫކޮށްލާފައިވަނީ އެމީހުންގެ ބަންދު އިތުރު ކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.

"އަދަދު"އަށް ޔަގީންވެފައިވާ ގޮތުގައި އައްޑޫން ހައްޔަރުކުރި އަށް މީހުންނަކީ ފުލުހުން ތުހުމަތުކުރާ ގޮތުގައި، އައްޑޫގައި އިސްކޮށް އުޅޭ، އައިސިސް އަށް ނިސްބަތްވާ އަށް މީހުންނެވެ.

ހައްޔަރު ކުރި މީހުންގެ މައުލޫމާތު އެނގޭ މީހަކު ނޫހަގައި ނަން ނުޖެހުމަށް އެދި ބުނީ ހައްޔަރު ކުރި އެންމެންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުން ކަމަށެވެ. އަދި އެ މީހުންނަކީ އައްޑޫގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ޓެރަރިސްޓު ޖަމާއަތް އައިސިސް އާއި އަލް-ގައިދާ އާއި އަލް-ނުސްރާ ފްރަންޓަށް ނިސްބަތްވާ ދިވެހިން ރާއްޖޭގައި އެ ޖަމާއަތްތަކުގެ ސެލްތަކެއް ހިންގަމުންދާ ކަމަށް މަރުތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެ ސެލްތަކުގެ ލީޑަރުންނާއި އެމީހުންނަށް ފައިސާ ހަރަދުކުރާ ބައެއް ފަރާތްތަކުގެ އިތުރުން ޓެރަރިސްޓުން ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ގޮތް ވެސް މަރު ކޮމިޝަނުން އާންމު ކުރި ރިޕޯޓެއްގައި ހާމަކޮށްފައިވެ އެވެ.

ރޭޒަރު ފުއްތަކެއް ލައިގެން ހެދި އައިއީޑީ މި މަހުގެ ހަ ވަނަ ދުވަހު ގޮއްވާލުމުން ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި މަގު ހިނގާފައިފިޔަ ދިވެއްސެއް އަދި އިނގިރޭސިވިލާތުގެ ރައްޔިތަކަށް ވެސް ވަނީ އަނިޔާވެފަ އެވެ.

މާލޭގައި ބޮމެއް ގޮއްވާލި ތަހުގީގާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ނުރައްކާ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ ކަަމަށެވެ. އަމިއްލަ އަށް ބޮން ހެދުމުގެ ގާބިލްކަން ހުރި އަދި އެފަދަ ތަކެތިން މީހުންނަށް ގެއްލުންދޭން ފަސްނުޖެހޭނެ ދަރަޖައަށް ފިކުރު ގޯސްވެފައިވާ ބަޔަކު މުޖުތަމައުގައި ތިބިކަން އެމްއެންޑީއެފުން ބުނެފައިވެ އެވެ.

ފުލުހުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މާލޭންނާއި ހުޅުމާލޭން ހައްދުހަނައެޅުމުގެ ބޮޑުން ކަމަށް ބެލެވޭ ދެ މީހަކު މީގެކުރިން ހައްޔަރުކޮށްފައިވެ އެވެ. އެއީ، އަބްދުﷲ އަލީ މަނިކާއި މުހައްމަދު ނާޒިމެވެ. އެ ދެ މީހުން ވެސް ތިބީ 15 ދުވަހުގެ ޖަލު ބަންދެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox