ބާސެލޯނާގެ ސަޕޯޓަރުން ހާސްނުވޭ، މެސީ މަޑުކުރާނެ: ލަޕޯޓާ

May 30, 2021, 10:22 AM
ބާސެލޯނާގެ ސަޕޯޓަރުން ހާސްނުވޭ، މެސީ މަޑުކުރާނެ: ލަޕޯޓާ

ބާސެލޯނާ (މެއި 30) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ މުސްތަގުބަލާ ގުޅިގެން އެ ކްލަބްގެ ސަޕޯޓަރުން ހާސްވާން ނުޖެހޭނެ ކަމަށާއި މެސީ އެ ކްލަބްގައި މަޑުކުރާނެ ކަމަށް ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

ބާސެލޯނާއާ އެކު 2017 ވަނަ އަހަރު މެސީ ސޮއިކުރި ކޮންޓްރެކްޓް ހަމަވާން ދެން އޮތީ މަހެއްހާ ދުވަހެވެ. މިދިޔަ ސީޒަން ފެށުމުގެ ކުރިން މެސީ ބާސެލޯނާ ދޫކޮށްލަން ބޭނުންވި ނަމަވެސް އެ ކްލަބްގެ ރައީސަަކަށް އޭރު ހުރި ޖޯސެފް މާރިއާ ބާޓޮމެއު ވަނީ މެސީ ދޫކޮށްލަން ދެކޮޅު ހަދައިފަ އެވެ. ކްލަބާ ދެކޮޅަށް ކޯޓަށް ގޮސްގެން ކަންކަން ހާސިލްކުރަން ބޭނުންނުވާތީ މެސީ އޭރު ބާސެލޯނާގައި މަޑުކުރަން ނިންމި އެވެ.

މި އަހަރުގެ ކުރީކޮޅުގައި ބާސެލޯނާގެ ރައީސް ކަމަށް ލަޕޯޓާ އަލުން އިންތިހާބުވުމަށް ފަހު އަންނަނީ މެސީއާ ބެހޭގޮތުން އަަބަދު ވެސް އުއްމީދީ ވާހަކަތަކެއް ދައްކަމުންނެވެ. އެކަމަކު މެސީ އާ ކޮންޓްރެކްޓެއްގައި ސޮއި ނުކޮށް އޮއްވައި ސީޒަން ވެސް ނިމިފައިވާއިރު، ބާސެލޯނާގެ ބައެއް ސަޕޯޓަރުން ތިބީ މެސީ ޓީމުގައި މަޑުނުކޮށްފާނެތީ ބިރު ވެސް ހީވެފަ އެވެ.

"މިހާރު މެސީއާ އެކު ދައްކަން ޖެހޭ ވާހަކަތައް ކުރިއަށް އެބަދޭ. އަހަރެން ކުރިން ވެސް ވާނީ ބުނެފައި އަހަރެން މި ކްލަބްގެ ރައީސަކަށް ހުއްޓައި މެސީ ނުދާނެއޭ. އަދިވެސް މި ދެނީ އެ ޔަގީންކަން. ސަޕޯޓަރުން ހާސްވާކަށް ނުޖެހޭނެ. މެސީ ހުންނާނީ މި ޓީމުގައި،" ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ލަޕޯޓާ ބުންޏެވެ.

2011 ވަނަ އަހަރު ސްޕެނިޝް ލީގުގެ ކާމިޔާބީ އަށް ފަހު މެސީ (ކ) އާއި ލަޕޯޓާ ޓްރޮފީ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާ އިން ދެން މެސީ އަށް ހުށަހަޅާނީ ހަތަރު އަހަރުގެ އެއްބަސްވުމެކެވެ. އެއީ ދެ އަހަރު ފަހުން އެމެރިކާ ލީގުގެ ޓީމަކަށް ނޫނީ ސައުތު އެމެރިކާގެ ޓީމަކަށް ބަދަލުވެވޭ ގޮތަށް ވަކި މާއްދާތަކެއް ހިމެނުމަށް ފަހު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން މެސީ ބާސެލޯނާގައި މަޑުކުރަން ކުރި ޝަރުތަކީ ހުރިހާ މުބާރާތްތަކަށް ވާދަކުރެވޭ ފެންވަރުގެ ޓީމެއް އެކުލަވާލުމަށެވެ. ބާސެލޯނާގައި ޓްރާންސްފާ އަށް ހަރަދުކުރާނެ މާ ބޮޑު ފައިސާގެ ބަޖެޓެއް ނެތުމުން އެ ކްލަބުން ވަނީ އެމެރިކާގެ އިންވެސްޓްމެންޓް ބޭންކް ގޯލްޑްމަން ސާކްސް އިން 500 މިލިއަން ޔޫރޯގެ ލޯނެއް ނަގައިފަ އެވެ. އެއީ ކްލަބްގެ ދަރަނިތައް ދެއްކުމާއި ޓްރާންސްފާ މާކެޓްގައި ކޮންމެ ވެސް ވަރަކަށް ހަރަދުކުރުމަށެވެ.

ބާސެލޯނާ އިން ވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ހަތަރު ކުޅުންތެރިންނާ އެކު އަނގަބަހުން އެއްބަސްވުމަކަށް އަތުވެފަ އެވެ. އެއީ މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ، ލިޔޯންގެ ފޯވާޑް މެމްފިސް ޑިޕާއި، ސިޓީގެ ޑިފެންޑަރު އެރިކް ގާސިއާ އަދި ލިވަޕޫލްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް އެވެ. ބާސެލޯނާ އިން އަންނަނީ އޭސީ މިލާނުގެ ޒުވާން ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ގެންނަން ވެސް މަސައްކަތް ކުރަމުންނެވެ. އޭނާ ވެސް ގެނެވޭތޯ ބަލަނީ ހިލޭ ޓްރާންސްފާއެއްގަ އެވެ.

ފީފާ އާއި ޔުއެފާއާ ދެކޮޅަށް މަޝްހޫރު ކްލަބްތަކެއް އަޑީގައި އޮވެގެން ފަށަން މަސައްކަތް ކުރަމުން އަންނަ ސުޕަ ލީގުގައި މި ވަގުުތު ބާކީ އޮތީ ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި ޔުވެންޓަސް އެވެ. ޔުއެފާގެ އަދަބަކުން ސަލާމަތްވާން ސުޕަ ލީގުން ވަކިވެ މައާފަށް އެދުމަށް ވަނީ އެ ކްލަބްތަކަށް އަންގައިފަ އެވެ. އެކަމަކު ލަޕޯޓާ ވަނީ މައާފަށް ނޭދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox