ތަށި ހޯދުމާ އެކު ޗެލްސީން ޓުޗެލް އަށް އާ ކޮންޓްރެކްޓެއް ދެނީ

May 30, 2021, 6:28 AM
ރޭގެ ފައިނަލަށް ފަހު ޓުޗެލް ޗެމްޕިއަންސް ލީގުގެ ތަށްޓައް ބޮސްދެނީ.

ރޭގެ ފައިނަލަށް ފަހު ޓުޗެލް ޗެމްޕިއަންސް ލީގުގެ ތަށްޓައް ބޮސްދެނީ.

ޕޯޓޯ (މެއި 30) - ޗެލްސީ އަށް މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިިދިނުމުން އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް އަށް އާ ކޮންޓްރެކްޓެއް ދޭން އެ ކްލަބުން ނިންމާފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ޖެނުއަރީ މަހު ފަހުކޮޅު ފްރޭންކް ލަމްޕާޑް ވަކިކޮށް ޓުޗެލްއާ ޗެލްސީގެ ކޯޗުކަން ހަވާލުކުރީ 18 މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. ޓުޗެލް ވަނީ ޗެލްސީގެ ކޯޗުކަމާ ހަވާލުވިތާ 124 ދުވަހުގެ ތެރޭގައި އެ ޓީމަށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިދީ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ހޯދައިދީފަ އެވެ. އެފްއޭ ކަޕް ފައިނަލުގައި ލެސްޓާ ސިޓީ އަތުން ޗެލްސީ ވަނީ 1-0 އިން ބަލިވެފަ އެވެ.

ކައި ހަވާޓްޒްގެ ހަމައެކަނި ގޯލުން ޗެލްސީން ރޭ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މެންޗެސްޓާ ސިޓީ ބަލިކުރީ 1-0 އިންނެވެ.

ފައިނަލް މެޗަށް ފަހު ޗެލްސީގެ ކޯޗު ޓުޗެލް އާއި ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް ވަނީ ދަނޑުމަތީގައި ބައްދަލުކޮށްފަ އެވެ. މިއީ ޓުޗެލް ޗެލްސީއާ ހަވާލުވި ފަހުން އަބްރަމޮވިޗާ ބައްދަލުވި ފުރަތަމަ ފަހަރެވެ. އިނގިރޭސި ވިލާތުން އަބްރަމޮވިޗްގެ އިންވެސްޓްމަންޓް ވިސާ އާ ނުކޮށްދޭ މައްސަލައިގައި އަބްރަމޮވިޗަށް އިންގްލެންޑަށް އާދެވޭނެ ގޮތެއް ނެތްއިރު، އޭނާ ދިރިއުޅެނީ އިޒްރޭލުގަ އެވެ.

"އަހަންނަށް ވަރަށް ޔަގީން އަަހަރެން މި ކްލަބާ އެކު ދިގު މުއްދަތަކަށް ހުންނާނެކަން. އެ މީހުން (ކްލަބްގެ ވެރިން) އަހަންނަށް އާ ކޮންޓްރެކްޓެއް ދޭނެ ކަމުގެ އުއްމީދު ބޮޑު މި ކާމިޔާބީއާ އެކު. އަހަރެން އަބްރަމޮވިޗާ މި ބައްދަލުވީ ފުރަތަމަ ފަހަރު. ބައްދަލުވިއިރު މި ކްލަބް މި އޮތީ ވަރަށް ރަނގަޅު ހިސާބެއްގައި،" މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީ ގޮވައިގެން ބަލިވި ޓުޗެލް ބުންޏެވެ.

ޓުޗެލް (ވ) އާއި އަބްރަމޮވިޗް ވާހަކަ ދައްކަނީ.

ޓުޗެލް އަކީ އެއް އަހަރު ފައިނަލުން ބަލިވެ ޖެހިގެން އައި ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ތަށި ހޯދި ޖަރުމަނުގެ ތިން ވަނަ ކޯޗެވެ. ބަޔާންގެ ކުރީގެ ކޯޗު ޔުޕް ހެއިންކެސް ވަނީ 2012 ވަަނަ އަހަރުގެ ފައިނަލުން ބަލިވި ނަމަވެސް 2013 ވަނަ އަހަރު ތަށި އުފުލާލައިފަ އެެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ 2018 ވަަނަ އަހަރު ފައިނަލުގައި ބަލިވި ނަމަވެސް 2019 ވަނަ އަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ.

ހެއިންކެސް އާއި ކްލޮޕާއި ޓުޗެލްގެ ކާމިޔާބީ ތަފާތުވަނީ އޭނާ ދެ އަހަރު ފައިނަލުގައި ކުޅުނީ ދެ ޓީމު ގޮވައިގެން ކަމަށްވާތީ އެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޗެލްސީން ޓުޗެލް އަށް ދޭން ނިންމާފައިވަނީ ތިން އަހަރުގެ ކޮންޓްރެކްޓެކެވެ.

ކުރިން ޕީއެސްޖީ އާއި ޑޯޓްމަންޑަށް ކޯޗުކޮށްދިން ޓުޗެލް ބުނީ އޭނާ އަކީ އަބަދުވެސް ކާމިޔާބީ އަށް މަސައްކަތްކުރާ ކޯޗެއް ކަމަށާއި ޗެމްޕިއަންސް ލީގަކީ ޗެލްސީއާ އެކު އޭނާގެ ކާމިޔާބީގެ ފެށުން ކަމަށް ހަދަން ބޭނުންވާ ކަމަށެވެ.

"މި ޓީމުގައި އެބަތިބި ވަރަށް ރަނގަޅު ޒުވާން ކުޅުންތެރިން އެ ކުޅުންތެރިން އިތުރަށް ތަރައްގީކޮށް އިތުރު ކުޅުންތެރިން މި އަށް ގެނެސްގެން އަހަރެމެންނަށް މި ކާމިޔާބީތައް އިތުރު ކުރެވިދާނެ. އެކަން ކުރާއިރު އަހަރެންގެ ހިއްސާއެއް ވެސް އޮންނަން ބޭނުން،" ޓުޗެލް ބުންޏެވެ.

ރޭގެ ކުރިން ޗެލްސީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ އެންމެ ފަހަރަކު އެވެ. އެއީ 2012 ވަނަ އަހަރު އެވެ. އެ ފަހަރު ޗެލްސީ އަށް އެ ކާމިޔާބީ ހޯދައިދިނީ އިޓަލީގެ ކޯޗު ރޮބާޓޯ ޑި މަަޓެއޯ އެވެ.

ކުރިން ޗެލްސީ އަށް ކުޅުނު ޑި މަޓެއޯ އެ ޓީމާ ހަވާލުވީ ސީޒަން މެދުތެރެއިން އޭރު ޗެލްސީގެ ކޯޗަކަށް ހުރި ޒުވާން ކޯޗު އަންދްރެސް ވިލަސް ބޮއަސް ވަކިކުރުމުންނެވެ. ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުން 2012 ވަނަ އަހަރުގެ ޖޫން މަހު ޑި މަޓެއޯ އަށް ދެ އަހަރުގެ އެއްބަސްވުމެއް ޗެލްސީން ދިނެވެ. އެކަަމަކު ފަހުން ނަތީޖާތައް ދަށްވެ އެ އަހަރު ނޮވެމްބަރު މަހު އޭނާ މަގާމުން ވަކިކުރީ އެވެ. ޑި މަޓެއޯ އަށް ފަހު ޗެލްސީގެ ކޯޗަކަށް ހަވާލުވި ރަފައެލް ބެނިޓޭޒް އެވެ. އޭނާ ޗެލްސީ އަށް ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox