މައްސަލަތައް ހައްލުކުރަން ރާއްޖޭގެ ކޮލެޖެއްގެ ދަށަށް ފްލައިން ސްކޫލް ބަދަލުކުރަނީ

އައްޑޫގައި ހިންގަމުންދާ ފްލައިން ސްކޫލް: އެތަނުގައި ހުރި މައްސަލަތައް ހައްލުކުރަން ލޯކަލް ކޮލެޖެއްގެ ދަށަށް ބަދަލުކުރަން ދަނީ މަޝްވަރާ ކުރަމުން. -ފޮޓޯ: އޭއޭއޭ ސްޓޫޑަންޓް ޔޫނިއަން

އައްޑޫގައި ހިންގަމުންދާ ފްލައިން ސްކޫލް: އެތަނުގައި ހުރި މައްސަލަތައް ހައްލުކުރަން ލޯކަލް ކޮލެޖެއްގެ ދަށަށް ބަދަލުކުރަން ދަނީ މަޝްވަރާ ކުރަމުން. -ފޮޓޯ: އޭއޭއޭ ސްޓޫޑަންޓް ޔޫނިއަން

އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ހުއްޓި މެނޭޖްމަންޓާ މެދު ހިތްހަމަނުޖެހުން ބޮޑުވެފައިވާއިރު، ދަރިވަރުންގެ މަސްލަހަތު އިސްކޮށް އެތަނުގެ ހިންގުން ރާއްޖޭގެ ސްކޫލަކާ ހަވާލުކުރަން މަޝްވަރާ ކުރަން ފަށައިފި އެވެ.

ފްލައިން ސްކޫލްގެ މެނޭޖްމަންޓުގެ ބޮޑެތި އިހުމާލުތަކާ އެކު އެ ތަނުގައި ކިޔަވަމުންދާ 178 ކުދިންނަށް ކޯސް ފުރިހަމަ ނުކުރެވި ހަތަރު އަހަރެއްހާ ދުވަސްވެފައި ތިބި ކުދިން ވެސް އެބަ ތިއްބެވެ. ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން އޮޕަރޭޓު ކުރަމުން އަންނަ ސްކޫލުގައި ގެންގުޅުނު 14 ބޯޓު ވެސް އޮތީ ހަލާކުވެފަ އެވެ.

އެ ބޯޓުތައް މަރާމާތުކުރަން ތިބި ހުރިހާ އިންޖިއަނަރުންނަށް ކޮވިޑް-19އާ ގުޅިގެން މުސާރާ ނުދޭތީ ވަނީ އިސްތިއުފާ ދީފަ އެވެ.

އެއާއެކު ބޯޓުތައް މަރާމާތުކޮށްގެން ފްލައިން އަވާސް ހަމަނުކުރެވި ތިބި ކުދިންނަށް ކޯސް ފުރިހަމަ ކުރެވޭނެ ދުވަހެއް ވެސް މިހާރު ނޭނގެ އެވެ.

ސްކޫލުން ވިސްނަނީ ކުދިންގެ ފައިދާއަށް

ދަރިވަރުންގެ މާޔޫސްކަމުގެ އިލްޒާމް އަމާޒުކޮށްފައިވަނީ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)އަށެވެ.

އެކަމަކު އެ ސްކޫލުން މީގެ ކުރިން ވެސް ބުނެފައިވާ ގޮތުގައި މިދިޔަ އަހަރާ ހަމައަށް އެ ސްކޫލު ރަނގަޅަށް އައީ ހިންގަމުންނެވެ. އެ ސްކޫލަށް ބުރޫއަރާފައިވަނީ ކުރީގެ ސަރުކާރުގެ ފަހު އަހަރު ސްކޫލްގެ ކެޕޭސިޓީއަށް ވުރެ އިތުރަށް 70 ދަރިވަރުން ނަގަންޖެހުމުންނެވެ.

އެއާއެކު ކަންކަން ގޯސްވަމުން އައިސް، ކޮވިޑުގެ ހާލަތާއެކު ދުރާލައި ތައްޔާރުވެފައި ނެތުމުގެ ސަބަބުން މުޅި ތަން ބޮއްސުންލައިގެން ދިޔައީ އެވެ.

މުޅި ރާއްޖެއިން ޑޮލަރު ލިބުން ތާށިވުމުގެ ސަބަބުން، އެ ސްކޫލުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ދޭން ކަމަށް ބުނެ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން ވެސް އެމެރިކާ ޑޮލަރުން ފީ ނަގާ ކަމުގެ ޝަކުވާ ދަރިވަރުން ވެސް ކުރި އެވެ.

އެކަން ހައްލުކޮށްދޭން މިދިޔަ މާޗް މަހު ސަރުކާރުން ރުފިޔާގެ ބަދަލުގައި ދެ ލައްކަ އެމެރިކާ ޑޮލަރު އެ ސްކޫލަށް ފޯރުކޮށްދިނެވެ. ނަމަވެސް، އެނގިފައިވާ ގޮތުގައި އެ އަދަދަށް ޑޮލަރު ހަމަޖައްސައިދިނީ ބޯޓުތައް މަރާމާތުކުރަން ބޭނުންވާ ސްޕޭއާ ޕާޓްސް ފަދަ ތަކެތި ގެނައުމަށެވެ.

އެ ސްކޫލުގައި ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުން މަސައްކަތް ކުރާއިރު، ޑޮލަރުން މުސާރަ ދިނުމަށް އެ ދެ ލައްކަ ޑޮލަރުގެ ތެރެއިން ހަމަޖައްސައި ނުދިނެވެ.

އެއާއެކު އިންޖިނިއަރުން އަމިއްލައަށް ކެނޑިގެން ގޮސްފައިވަނީ މުސާރައިގެ އެއް ބައި ދިވެހި ރުފިޔާއިން ދިނުމުން އެކަމާ ހިތްހަމަނުޖެހިގެން ކަމަށްވެ އެވެ.

އެހެން އިންޖިނިއަރުން ބޭރުން ގެންނަން މަސައްކަތް ކުރި ނަމަވެސް، އަންނަ ޖުލައި މަހުގެ ނިޔަލަށް ސްކޫލް ހިންގަން ދީފައިވާ އެއްބަސްވުން ހަމަވާތީ އެކަން ވެސް އިކޮނޮމިކް މިނިސްޓްރީގެ ތެރެއިން ވާގޮތް ނުވެފައިވާކަމަށް އެނގިފައިވެ އެވެ.

އެއްބަސްވުމުގެ ސަބަބުން ހިންގުމަށް އެޅިފައިވާ ހުރަސްތަކަށް ހައްލެއް ހޯދަން ސްކޫލުން މިހާރު ދަނީ ރާއްޖޭގައި ހިންގަމުންދާ ކޮލެޖެއްގެ ދަށަށް ގެންދަން މަޝްވަރާތައް ދަނީ ކުރެވެމުންނެވެ.

ސްކޫލުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދު "އަދަދު"އަށް ވިދާޅުވީ އެ ނެގޯޝިއޭޝަންގެ ކަންތައް ވަރަށް ބާރު ސްޕީޑުގައި ކުރެވެމުންދާ ކަމަށާއި، ދަރިވަރުންގެ ކަންކަން ކުރިއަށްގެންދާނެ ގޮތެއް ހިއްސާ ކުރާނެ ކަމަށެވެ.

"ރާއްޖޭގެ ކޮލެޖެއްގެ ދަށަށް ފްލައިން ސްކޫލް ބަދަލުވުމާއެކު ކުދިންނަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުވެ ކުދިންނަށް ވަރަށް ބޮޑެތި ރަނގަޅުތަކެއް ލިބިގެންދާނެ. މިއީ ހަމައެކަނި ތޮށިގަނޑު ބަދަލުކޮށްލުމެއް ނޫން،" ފަޒީލް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ސްކޫލްގެ މެނޭޖުމަންޓު ބަދަލުކުރާނީ ހަވާލުވާ ކޮލެޖަކުން ހުރިހާ ޒިންމާއެއް ނަގާގޮތަށް ކަމަށެވެ.

ނަމަވެސް، މަޝްވަރާ ކުރަމުންދަނީ ކޮން ކޮލެޖަކާ ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

މައްސަލަ ހައްލު ނުވާނެ ކަމުގެ ކަންބޮޑުވުން

ނަމަވެސް، އެ ބަދަލުން މިހާރު ހުރި މައްސަލަތައް ހައްލުނުވާނެ ކަމުގެ ކަންބޮޑުވުން ދަރިވަރުންގެ މެދުގައި ބޮޑެވެ.

ފްލައިން ސްކޫލެއް ފަދަ ޓެކްނިކަލް ތަނެއް ހިންގުމުގެ ތަޖުރިބާ މިހާރު ހިންގާ އެއްވެސް ކޮލެޖެއްގައި ނެތް ކަން އެ ސްކޫލްގެ ދަރިވަރެއް ކަމަށްވާ އަހުމަދު އަހަދު ފާހަގަކުރި އެވެ.

އަދި މުޅީން ހުއްޓިފައި އޮތް ސްކޫލަކާ އެކަމުގެ ފަންނީ ގާބިލުކަމާއި އެތަނަށް ބޭނުންވާ އިކުއިޕްމަންޓް ނެތް ކޮލެޖަކުން ހަވާލުވެގެން ކައިރި މުސްތަގުބަލެއްގައި ކިޔެވުން ފެށޭނެ ކަމާމެދު އޭނާ ސުވާލު އުފެއްދި އެވެ.

"މިސާލަކަށް ދަންނަވަންޏާ އެތަނުގެ ބޯޓުތައް ވެސް މިހާރު ހުރީ ހަލާކުވެފަ. ދެން އެހެން ކޮލެޖަކުން ހަވާލުވިޔަސް އެ އެއްޗެހި މަރާމާތުކޮށްގެން ކޮން އިރަކުންތޯ ކިޔެވުން އަލުން ފެށޭނީ. ސަބަބަކީ އެފަދަ ކަމެއް ކުރާ ކޮލެޖެއް ގައިމުވެސް ރާއްޖެއަކު ނޫޅޭތީ،" އޭނާ ބުންޏެވެ.

ނަމަވެސް އެކަމުގައި ސްކޫލްގެ ވިސްނުން ފަޒީލް ވަރަށް ސާފުކޮށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮލެޖުގެ ދަށަށް ބަދަލުވެގެންދާނީ މިހާރު ތަނުގައި ހުރި މުވައްޒަފުންނާއި އާލަތްތަކާ އެކުގަ އެވެ.

އޭގެ ތެރޭގައި މިހާރު ހަލާކުވެފައި ހުރި ބޯޓުތަކަށް ގެނައި ސްޕެއާ ޕާޓްސްތައް ވެސް ހިމެނެ އެވެ.

އެހެންކަމުން، އެއްބަސްވުމާ ހެދި އިންޖިނިއަރުން ނުގެނެވި އޮތް މައްސަލަ ވެސް އަލަށް ހަވާލުވާ ކޮލެޖު މެދުވެރިވެގެން ހައްލުކުރެވޭނެ ކަމަށެވެ.

އޭރުން ބޯޓުތައް އަވަހަށް މަރާމާތުކުރެވި، ފްލައިން އަވާސް ހަމަނުކުރެވިފައި ތިބި ކުދިންނަށް ކޯސް ފުރިހަމަ ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެދުމަކީ އަދި އާދޭހަކީވެސް ސަރުކާރުން މި ކަންކަމާ ހަވާލުވާ ކޮލެޖަށް އެއްބާރުލުން ދެއްވައިގެން މި ސްކޫލް ހިންގުމަށް ދެވެން އޮތް އެންމެ ރަނގަޅު ފުރުސަތެއް ދެއްވުން،" ފަޒީލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox