ބެކަމްގެ ޓީމު ދެ މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

May 29, 2021, 5:12 AM
ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ބެކަމް އިންޓަ މިއާމީ ދަނޑުގައި.

ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ބެކަމް އިންޓަ މިއާމީ ދަނޑުގައި.

މިއާމީ (މެއި 29) - މަޝްހޫރު ފުޓްބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ އެމެރިކާގެ ކްލަބް އިންޓަ މިއާމީ އެފްސީން މިދިޔަ އަހަރު ފްރާންސްގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީގެ ސޮއި ހޯދިއިރު، ގަވައިދާ ހިލާފަށް ހަރަދުކޮށް އޭނާ ރަޖިސްޓްރީ ކުރުމުގައި އޮޅުވާލި މައްސަލައިގައި އެ ޓީމު ދެ މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

މިއީ އެމެރިކާގެ ފުޓްބޯޅަ ލީގު އެމްއެލްއެސް ފްރެންޗައިސްގެ ދަށުން ފެށި ފަހުން ކްލަބަކަށް ދިން އެންމެ ބޮޑު އަދަބެވެ.

ޔުވެންޓަސް ދޫކޮށް މަޓުއިޑީ އިންޓަ މިއާމީ އަށް ބަދަލުވީ މިދިޔަ އަހަރު އެވެ. ގަވާއިދާ ހިލާފަށް ހަރަދުކުރި އެ މައްސަލައިގެ ތަހުގީގުތައް ފެށީ މިދިޔަ މަހު އެވެ.

އެމެރިކާ ލީގު އެމްއެލްއެސްގެ ބިދޭސީ ކުޅުންތެރިންގެ ގަވައިދުގައިވާ ގޮތުން ބޮޑު ހަރަދުކޮށްފައި ހާއްސަ ތިން ޖާގަ އަކަށް ތިން ކުޅުންތެރިއަކު ގެނެވިދާނެ އެވެ. އެ ކުޅުންތެރިންނަށް މުސާރައިގެ ލިމިޓެއް ނޯންނާނެ އެވެ. މި ގަވައިދަކީ 2007 ވަނަ އަހަރު ބެކަމް އެމެރިކާގެ ގެލެކްސީ އަށް ސޮއިކުރިއިރު، އުސޫލެއް ހެދުމުގެ ގޮތުން "ބެކަމް ރޫލް" ގެ ނަމުގައި އެމްއެލްއެސް އިން އެކުލަވާލި ގަވާއިދެކެވެ.

އެމްއެލްއެސް ޑިސިޕްލިނަރީ ކޮމިޓީން ބެލި ބެލުމުގައި އުމުރުން 34 އަހަރުގެ މަޓުއިޑީގެ ހަރަދު އޮޅުވާލައި އޭނާ ރަޖިސްޓްރީ ކުރުމުގައި ވެސް ގޯސް ހަދާފައިވުމުގެ އިތުރުން އެ ޓީމަށް ކުރިން ކުޅުނު ކޮލަމްބިއާގެ ޑިފެންޑަރު އަންދްރޭ ރެޔެސް ވެސް އިނީ ނުބައިކޮށް ރަޖިސްޓްރީ ކޮށްފަ އެވެ.

މި މައްސަލަތަކަށް ބަލައި ޑިސިޕްލިނަރީ ކޮމިޓީން ވަނީ އިންޓަ މިއާމީ އަށް 2022 އާއި 2023 ވަަނަ އަހަރުގައި ކުޅުންތެރިން ހޯދަން ކުރާ ހޭދަ އިން 2.2 މިލިއަން ޑޮލަރު އުނިކުރަން އަންގައި އެ ކްލަބްގެ މެނޭޖްމަންޓްގެ އިސް ވެރިޔާ ޖޯޖް މާސް 250،000 ޑޮލަރުން ޖޫރިމަނާ ކޮށްފަ އެވެ. އޭގެ އިތުރުން އިންޓަ މިއާމީގެ ކުރީގެ ޗީފް އެގްޒެކްޓިވް އަދި ސްޕޯޓިން ޑިރެކްޓަރު ޕޯލް މެކްޑޮނައުގް 2022 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް ސަސްޕެންޑްކޮށްފަ އެވެ.

ޑިސިޕްލިނަރީ ކޮމިޓީން ވަނީ އެއްވެސް ކުޅުންތެރިއެއްގެ މައްސަލަ ނުބަލަން ނިންމައިފަ އެވެ.

އިންޓަ މިއާމީގެ ކޯޗަކީ މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން އަދި އިންގްލްންޑް ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ފިލިޕް ނެވިލް އެވެ. ފިލިޕް ނެވިލް އެންމެ ފަހުން ހަވާލުވެ ހުރީ އިންގްލެންޑްގެ އަންހެން ޓީމާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox