އިޒްރޭލުން ހިންގަނީ ހަނގުރާމައިގެ ޖަރީމާ ކަމަށް ބެލެވިދާނެ: އދ

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އިސްވެރިޔާ މިޝޭލް ބެޝެލެޓް.-- ފޮޓޯ: އޭޕީ

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އިސްވެރިޔާ މިޝޭލް ބެޝެލެޓް.-- ފޮޓޯ: އޭޕީ

އިޒްރޭލުން ގާޒާއަށް ހަމަލާ ދިނީ ހާލަތާ ނުބައްދަލު މިންވަރަށް ކަމަށް ދައްކައިފި ނަމަ އެއީ ހަނގުރާމައިގެ ޖަރީމާގެ ގޮތުގައި ބެލެވިދާނެ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އެންމެ އިސްވެރިޔާ މިޝޭލް ބެޝެލެޓް ވިދާޅުވެއްޖެ އެވެ.

އދ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިއަދު ވަނީ ޕާކިސްތާނާއި ފަލަސްތީނުގެ އެދުމުގެ މަތިން ހާއްސަ ބައްދަލުވުމެއް ފަށާފަ އެވެ. އެ ކައުންސިލުގެ ބައްދަލުވުމެއް ބާއްވައި ދިނުމަށް އެދުނީ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ރުހުމާ އެކު އެވެ.

ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން ބެޝެލެޓް ވިދާޅުވީ އިޒްރޭލުން ހަމަލާ ދިން ގާޒާގެ އާއްމުން ދިރިއުޅޭ އިމާރަތްތަކަކީ އަސްކަރީ އެއްވެސް ކަމަކާ ގުޅުމެއް އޮތް އިމާރާތެއް ކަމަށް ދޭހަވާ އެއްވެސް ހެއްކެއް މިހާތަނަށް ނެތް ކަމަށެވެ.

"ހާލަތާ ނުބައްދަލު ކަމަށް ކަނޑައަޅައިފި ނަމަ، މިފަދަ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާގެ ގޮތުގައި ބެލެވޭނެ،" 47 މެމްބަރު ގައުމާއެކު ސްވިޓްޒަލޭންޑުގެ ޖެނީވާގައި ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ގާޒާ ކޮންޓްރޯލް ކުރާ ހަމާސް ގްރޫޕުން ވެސް ބެލުމެއް ނެތި އިޒްރޭލަށް ރޮކެޓު ހަމަލާ ފޮނުވުން ހުއްޓާލުމަށް ބެޝެލެޓް ގޮވާލެއްވި އެވެ.

މޭ 10 ވަނަ ދުވަހުން ފެށިގެން 11 ދުވަސް ވަންދެން އިޒްރޭލާއި ހަމާސްއާ ދެމެދު ހަމަލާ ބަދަލު ކުރުމުގެ ސަބަބުން ފަލަސްތީނުގެ 66 ކުދިންނާއެކު 253 މީހުން މަރުވެ، 1،900 އަށް ވުރެ ގިނަ މީހުން ޒަހަމްވި ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

ހަމާސްއިން ފޮނުވި ރޮކެޓު ހަމަލާތަކުގައި އިޒްރޭލުން މަރުވީ 12 މީހުންނެވެ. އެއީ ތިން ބިދޭސީ މަސައްކަތްތެރިންނާއި ދެ ކުދިން ހިމެނޭ ގޮތަށެވެ.

އޯއައިސީން ބާރު އަޅައިގެން އދ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ހާއްސަ ޖަލްސާއެއް ފެށީ ގާޒާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާއި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅޭ ބައިނަލްއަގްވާމީ ތަހުގީގެއް ހިންގުމަށް ގޮވާލާ ގަރާރެއްގެ ބަހުސް ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox