ކޮވިޑު އުފެދުނު ގޮތް ހޯދަން އަވަސް ތަހުގީގަކަށް ބައިޑެން އަމުރުކުރައްވައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން.-- ފޮޓޯ: އީޕީއޭ

އެމެރިކާގެ ރައީސް ޖޯ ބައިޑެން.-- ފޮޓޯ: އީޕީއޭ

ކޮވިޑް ވައިރަސް އުފެދުނު ގޮތް ހޯދަން ކުރާ މަސައްކަތް ދެ ގުނަކޮށް އަވަސް ތަހުގީގެއް ހިންގުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ޖާސޫސީ އޮފިޝަލުންނަށް އަންގަވައިފި އެވެ.

ބައިޑެން ވިދާޅުވީ މި ވައިރަހަކީ ޗައިނާގެ ވޫހާނުގެ ލެބޯޓަރީން ލީކުވި އެއްޗެއް ކަމަށް ބައެއް ޖާސޫސީ އޮފިޝަލުން ބުނި ނަމަވެސް އަނެއް ބައި އޮފިޝަލުން ބުނަނީ މިއީ ގުދުރަތީ ގޮތުން ޖަނަވާރުންގެ ގައިން އިންސާނުންނަށް ވާސިލްވި ވައިރަހެއް ކަމަށެވެ.

ވައިރަހުގެ ހަގީގަތް ހޯދަން ކުރާ މަސައްކަތަށް ދެ އަހަރު ވާން ކައިރިވެފައި ވާއިރު، ބައިޑެން މިއަދު އަމުރު ކުރެއްވީ 90 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައިގެން ރިޕޯޓު ހުށަހެޅުމަށެވެ.

އެމެރިކާގައި ހުންނަ ޗައިނާ އެމްބަސީން ބުނީ ވައިރަހުގެ ހަގީގަތް ހޯދަން ކަމަށް ބުނެ، މިކަން ސިޔާސީ ނުކުރުމަށް ގޮވާލާ ކަމަށެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން އެންމެ ފުރަތަމަ އަލަށް ފެނުނު ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް ބައްޔަށް މިހާތަނަށް 168 މިލިއަން މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. މި ބަލީގައި މިހާތަނަށް 3.5 މިލިއަން މީހުން މަރުވެފައި ވެއެވެ.

ކަމާ ބެހޭ އިދާރާތަކުން އެންމެ ފުރަތަމަ ބުނީ ވައިރަސް ފެތުރެން ފެށީ ވޫހާންގެ ސީފުޑް މާކެޓަކުން ކަމަށެވެ. އެހެންކަމުން ސައިންސްވެރިން ބުނީ މިއީ ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް އެރި ވައިރަހެއް ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް އެމެރިކާގެ މީޑިއާތަކުން މިހާރު ރިޕޯޓު ކުރާ ގޮތުގައި ވޫހާންގެ ލެބުގައި ވައިރަސް އުފެއްދައިގެން ތަހުލީލުތަކެއް ކުރަނިކޮށް، ބޭރަށް ވައިރަސް ލީކުވެ ދުނިޔެއަށް ފެތުރެން ފެށީ ކަމަށް ބެލެވޭނެ ގިނަ ހެކިތަކެއް ދަނީ ފެންނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox