ގޭގައި ތިއްބަވާ، ރެޑްވޭވުން ޑެލިވަރީ ކޮށްދޭނެ

ރެޑްވޭވް ޕްލާޒާ: މާލެ އާއި ހުޅުމާލޭގައި ރެޑްވޭވްގެ ފަސް ފިހާރައިން ޑެލިވަރީގެ ހިދުމަތް ދޭނެ -- ފޮޓޯ: ރެޑްވޭވް

ރެޑްވޭވް ޕްލާޒާ: މާލެ އާއި ހުޅުމާލޭގައި ރެޑްވޭވްގެ ފަސް ފިހާރައިން ޑެލިވަރީގެ ހިދުމަތް ދޭނެ -- ފޮޓޯ: ރެޑްވޭވް

މާލެ ސަރަހައްދުގައި ކާފިއު ވަގުތު އިތުރުކޮށް ބޭރު ތެރޭގައި އުޅެވޭ މީހުންގެ އަދަދުތައް މަދުކުރުމާއި ގުޅިގެން ރެޑްވޭވުން ކަސްޓަމަރުންނަށް ފަސޭހަ ކޮށްދޭން ޑެލިވަރީގެ ހިދުމަށް ފަށައިފި އެވެ.

ރެޑްވޭވުގެ ޑެލިވަރީ ހިދުމަތް މާލެ އާއި ހުޅުމާލޭގެ ހުރިހާ ގޭބިސީތަކަށް ލިބޭނެ އެވެ. އަދި ދޯނިފަހަރާ ހަމައަށް ވެސް ޑެލިވަރީ ކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ރެޑްވޭވުން ބުނީ އެ ކުންފުނީގެ ހުރިހާ ފިހާރައަކުން ވިއްކާ މުދާ ޑެލިވަރީ ކޮށްދޭނެ ކަމަށެވެ. ރެޑްވޭވުން ވިއްކާ މުދަލުގެ ތެރޭގައި ކާބޯތަކެތިން ފެށިގެން ގޮސް، އިލެކްޓްރޯނިކްސް އާއި ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނުގެ އިތުރުން ފަރުނީޗަރާއި ކޮސްމެޓިކްސް ހިމެނެ އެވެ.

ރެޑްވޭވުން އޯޑަރު ކުރުން

ރެޑްވޭވުގެ ވެބްސައިޓް މެދުވެރިކޮށް އަދި ވައިބާ ނަމްބަރުތަކަށް ލިސްޓު ފޮނުވައިގެން ކަސްޓަމަރުންނަށް އޯޑަރު ކުރެވޭނެ އެވެ.

މިގޮތަށް އޯޑަރު ލިސްޓުތައް ރެޑްވޭވްގެ އޯޑަރު ލިންކަށް ނުވަތަ ވައިބާ ނަމްބަރުތަކަށް ފޮނުވާނީ ތިރީގައިވާ ތަސްވީރުން ފެންނަ ފޯމެޓަށެވެ.

ރެޑްވޭވުން އޯޑަރު ކުރަން ލިސްޓު ފޮނުވާ ފޯމެޓް
ރެޑްވޭވުން އޯޑަރު ކުރަން ލިސްޓު ފޮނުވާ ފޯމެޓް

ރެޑްވޭވުން އޯޑަރު ކުރަން ލިސްޓު ފޮނުވާ ފޯމެޓް

ވައިބާއިން މާލޭގެ އޯޑަރުތައް ފޮނުވާނީ:

  • ރެޑްވޭވް ޕްލާޒާ (މައްޗަންގޯޅި) ނަމްބަރު 9116613
  • ރެޑްވޭވް ޒޯން (މާފަންނު) ނަމްބަރު 9193302
  • ރެޑްވޭވް މާޓް (ހެންވޭރު) ނަމްބަރު 9694499

ވައިބާއިން މާލޭގެ އޯޑަރުތައް ފޮނުވާނީ:

  • ރެޑްވޭވް މެގަމޯލް ނަމްބަރު 9193399
  • ރެޑްވޭވް ސިޓީސްކެއާ ނަމްބަރު 9636019

ރެޑްވޭވުން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ކޮންމެ ފިހާރައަކުން ވެސް 24 ގަޑިއިރުގެ ތެރޭ 100 އޯޑަރު ޑެލިވަރ ކޮށްދީ، 16:00ގެ ކުރިން އަންނަ ކޮންމެ އޯޑަރެއް ދުވަހުން ދުވަހަށް ޑެލިވަރީ ކޮށްދިނުމެވެ. ޑެލިވަރީގެ ހިދުމަތް ހެނދުނު 08:00 އިން ރޭގަނޑު 23:00 އަށް ކުރިއަށް ދާނެއެވެ.

ރެޑްވޭވްގެ އިލްތިމާސަކީ ކޮވިޑްގެ މި ހާލަތުގައި ރެޑްވޭވްގެ ހުރިހާ ކަސްޓަމަރުން ފަރުދީ ޒިންމާ އަދާކޮށް، ގޭގައި ތިއްބަވާ ރެޑްވޭވްގެ ޑެލިވަރީގެ ހިދުމަތް ބޭނުން ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox