ގޮލްފް ކުޅެން ބޭނުންވާތީ ބޭލް ޔޫރޯ އަށް ފަހު ރިޓަޔާކުރާ ވާހަކަ އަކީ ދޮގެއް

May 27, 2021, 5:35 AM
ބޭލް ގޮލްފް މެޗެއްގެ ތެރެއިން.

ބޭލް ގޮލްފް މެޗެއްގެ ތެރެއިން.

ލަންޑަން (މެއި 27) - ގޮލްފް ކުޅެން ހާއްސަވުމުގެ ގޮތުން ވޭލްސްގެ ފުޓްބޯޅަ ތަރި ގެރެތު ބޭލް މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ރިޓަޔާކުރަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަ އަކީ ދޮގެއް ކަމަށް ބޭލްގެ އޭޖެންޓް ޖޮނަތަން ބާނެޓް ބުނެފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ފަހަރުގެ ޔޫރޯ އަށް ފަހު އުމުރުން 31 އަހަރުގެ ބޭލް ފުޓްބޯޅަ ކުޅުން ހުއްޓާލައި ޕްރޮފެޝަނަލްކޮށް ގޮލްފް ކުޅެން ހުސްވާނެ އެވެ. އަދި އެ ގޮތަށް ބޭލް ކަންތައް ކުރާނީ ރެއާލް މެޑްރިޑާ އެކު ބޭލް ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަަހަރު އޮއްވައި އެ ކޮންޓްރެކްޓް ކެންސަލްކުރުމަށް ފަހު ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.

ޓޯކްސްޕޯޓްސްގެ ފުޓްބޯޅަ ޝޯ އަށް ދިން އިންޓަވިއުއެއްގައި ބާނެޓް ބުނީ ބޭލް އަދިވެސް ހުރީ ފުޓްބޯޅައިން ކުރިއަށްދާން ކަމަށާއި މީޑިއާގައި ބޭލްއާ ބެހޭގޮތުން އަބަދު ވެސް އެކި ގޮތްގޮތަށް ވާހަކަ ދެކެވޭ ކަމަށެވެ.

"ބައެއް މީހުންނަށް މީޑިއާގައި ބޭލްގެ ވާހަކަ ދައްކާލުން މާ ބޮޑަށް ފަސޭހަވެފައި އޮތީ. ބޭލް ފުޓްބޯޅައިން ރިޓަޔާކުރާނެ އިރެއް ނުނިންމާ،" ބާނެޓް ބުންޏެވެ.

ޓޮޓެންހަމް ދޫކޮށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 86 މިލިއަން ޕައުންޑަށް ރެއާލަށް ބަދަލުވުމަށް ފަހު ބޭލް ވަނީ އެ ޓީމާ އެކު ހަތަރު ޗެމްޕިއަންސް ލީގާއި ދެ ލަލީގާ ކާމިޔާބުކޮށްފަ އެވެ. އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން ބޭލް މި ސީޒަނުގައި ޓޮޓެންހަމަށް ކުޅެ މުހިއްމު ގޯލުތަކެއް ޖެހި އެވެ.

ޓޮޓެންހަމްގައި ލޯން އެއްބަސްވުމުގެ ދަށުން ކުޅުނު ނަމަވެސް ބޭލްގެ އަހަރެއްގެ މުސާރައިގެ ދެބައިކުޅަ އެއްބައި ދިނީ ރެއާލުންނެވެ. ބޭލް އަށް އަހަރަކު މުސާރައިގެ ގޮތުގައި 30 މިލިއަން ޔޫރޯ ލިބެ އެވެ. ބޭލް ރެއާލާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބައޮތެވެ.

މި ސީޒަނުގައި ޓޮޓެންހަަމަށް ގޯލެއް ޖަހައިދިނުމަށް ފަހު ބޭލް އުފާފާޅުކުރަނީ.

ދާދި ފަހުން ބޭލް ވަނީ އަންނަ ސީޒަނުގައި ކުޅޭނެ ތަނެއް ނިންމާފައިވާ ކަމަށް ވެސް ބުނެފަ އެވެ. އިތުރު އަހަރަކަށް ލޯން އެއްބަސްވުމެއްގެ ދަށުން ބޭލް ގެންނަން ޓޮޓެންހަމް އިން ޝައުގުވެރިވެ އެވެ. އެކަަމަކު އެއީ މި ސީޒަނުގައި ކުޅުނު ވަރަށް ވުރެ ކުޑަ މުސާރަ އަކަށެވެ.

ރެއާލްގައި ބޭލް ހޭދަކުރި ފަހު ސީޒަންތަކުގައި އެ ކްލަބްގެ ކޯޗު ޒިނެދިން ޒިދާން އާއި ބޭލްގެ ގުޅުން އެންމެ ރަނގަޅެއް ނޫނެވެ. އަދި ރެއާލް ސަޕޯޓަރުންގެ މެދުގައި ވެސް ބޭލްއާ މެދު ހިތްހަމަނުޖެހުން ބޮޑެވެ. އެއީ ވޭލްސް އަށް ކުޅުނު މެޗެއްގެ ތެރޭގައި ބޭލް ގެންގުޅުނު ބެނާއެއްގައި ޖަހާފައިވާ ލިޔުމެއްގެ ސަބަބުންނެވެ.

ޔޫރޯ ކޮލިފައިންގައި 2019 ވަނަ އަހަރު ބޭލް ހިފައިގެން ހުރި އެ ދިދައިގައި ޖަހާފައިވަނީ "ވޭލްސް. ގޮލްފް، މެޑްރިޑް. އިން ދެޓް އޯޑާ" މިހެންނެވެ. ބޭލް އަކީ ހުސް ވަގުތުތަކުގައި ގޮލްފް ކުޅެން ފޯރި ހުންނަ ކުޅުންތެރިއެކެވެ.

ބޭލް ހޯދަން އެކި ކްލަބްތަކުން މީގެ ކުރިން ރެއާލަށް ވަނީ ބިޑްތަކެއް ކޮށްފަ އެވެ. ގިނަ ކްލަބްތަކަށް ނޫނެކޭ ބުނީ ބޭލް އެވެ. ބޭލް، ރެއާލް ދޫކޮށް ޗައިނާގެ ކްލަބަކާ ގުޅުމާ ގާތަށް 2019 ވަަނަ އަހަރު ޖުލައި މަހު ޖެހިލި އެވެ. އެ ފަހަރު މުސާރައިގެ ގޮތުގައި ހަފުތާ އަކު އެއް މިލިއަން ޕައުންޑް (1.1 މިލިއަން ޑޮލަރު) ލިބޭ ގޮތަށް ޗައިނާގެ ޖިއާންސޫ ސަނިން އަށް ބޭލް ސޮއިކުރަން ހުރިހާ ކަމެއް ނިމިފައި އޮއްވައި ފަހު ވަގުތު ރެއާލިުން އެ ޑީލް ހުއްޓުވީ އޭރު އެ ކްލަބްގެ ގިނަ ކުޅުންތެރިންތަކަކަށް ސީރިއަސް އަނިޔާތަކެއްވެފައި ވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox