ފްލައިން ސްކޫލްގެ ދަރިވަރުންގެ ބީއެމްއެލް ލޯނުތައް ބަދަލުކުރަން ފަށައި، ހުއްދަ ދޭން އެދިއްޖެ

އައްޑޫ ފްލައިން ސްކޫލްގައި ބޭނުންކުރާ ބައެއް މަތިންދާބޯޓުތައް. -ފޮޓޯ: އޭއޭއޭ ސްޓޫޑެންޓްސް ޔޫނިއަން

އައްޑޫ ފްލައިން ސްކޫލްގައި ބޭނުންކުރާ ބައެއް މަތިންދާބޯޓުތައް. -ފޮޓޯ: އޭއޭއޭ ސްޓޫޑެންޓްސް ޔޫނިއަން

އައްޑޫގައި ހިނގަމުންދާ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނަގާފައިވާ ލޯނުތައް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއަށް ބަދަލުކުރުމުގެ މަސައްކަތް ފަށައި، އެކަމުގެ ހުއްދަ ދިނުމަށް ދަރިވަރުންގެ ކިބައިން އެދިއްޖެ އެވެ.

ފްލައިން ސްކޫލްގެ މެނޭޖްމަންޓުގެ ބޮޑެތި އިހުމާލުތަކާއެކު އެ ތަނުގައި ކިޔަވަމުންދާ 178 ކުދިންނަށް ކޯސް ފުރިހަމަ ނުކުރެވި ހަތަރު އަހަރެއްހާ ދުވަސްވެ ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި ދަރިވަރުންނަށް ދަތިތައް ކުރިމަތިވި އެވެ.

އެ ޝަކުވާތައް ކުރަން ފެށުމުން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ސަރުކާރުން ދޫކޮށްފައިވާ ލޯނުތަކުގެ މުއްދަތު އިތުރުކޮށްދީފަ އެވެ.

Advertisement

ނަމަވެސް، ބީއެމްއެލް މެދުވެރިކޮށް ލޯނު ނަގާފައިވާ ދަރިވަރުންނަށް ހައްލު ނުލިބޭތީ، އެ ލޯނުތައް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވައިފަ އެވެ.

އެ ނިންމުމާ ގުޅޭ ގޮތުން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނީ ލޯނުތައް ބަދަލުކުރުމުގެ މަޝްވަރާތައް ފިނޭންސް މިނިސްޓްރީ އާއި ބީއެމްއެލުން ކުރެވިފައިވާ ކަމަށެވެ. އެ މަޝްވަރާތަކަށް ފަހު ލޯނުތައް ބަދަލުކުރުމުގެ މަސައްކަތް ފަށައި، އެކަމަށް ބޭނުންވާ ހުއްދަ ދިނުމަށް ދަރިވަރުންނަށް އީމެއިލް މެދުވެރިކޮށް އަންގާފައިވާކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"އެ އީމެއިލަށް މާދަމާގެ ނިޔަލަށް ޖަވާބު ދިނުމަށް އެދެން،" މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުންޏެވެ.

ފްލައިން ސްކޫލުގެ މައްސަލަ ބޮޑުވެގެން މިދިޔަ ފެބްރުއަރީ މަހު މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީން ވަރަށް ފުޅާކޮށް އެ މައްސަލަ ބެލި އެވެ. ކަމާގުޅޭ ހުރިހާ މުއައްސަސާތަކުގެ ވެރިން ހާޒިރުކޮށް ނިންމުންތަކެއް ވެސް ނިންމި އެވެ.

އޭގެ ތެރޭގައި ސްކޫލަށް ފިޔަވަޅު އެޅުމާއި، ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރެވޭނެ ގޮތްތައް ހޯދައި ދިނުން ހިމެނެ އެވެ.

އަދި އޭގެ ފަހުން މި މަހު ކުރީކޮޅު ރައީސް ސޯލިހު ވެސް ވަނީ އެ މައްސަލައިގައި ގިނަ ފިޔަވަޅުތަކެއް އަޅުއްވައިފަ އެވެ.

މިގޮތުން، އައްޑޫ ފްލައިން ސުކޫލް އޮޑިޓްކޮށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން އެ ސުކޫލްގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިން ކެޕްޓަން ސުރަންޖަން ޑީ ސިލްވަ އާއި އެކައުންޓެބަލް މެނޭޖަރު އަލީ އަކްބަރު ޖީވަންޖީގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އަޅަން ރައީސް އެންގެވި އެވެ.

އެއާއެކު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އައްޑޫ ފްލައިން ސްކޫލްގެ ޓްރެއިނިން ހެޑްގެ ހުއްދަ އަތުލަން ނިންމައިފަ އެވެ.

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން އޮޕަރޭޓު ކުރަމުން އަންނަ ސްކޫލުގައި ގެންގުޅުނު 14 ބޯޓު ވެސް އޮތީ ހަލާކުވެފަ އެވެ.

އެ ބޯޓުތައް މަރާމާތުކުރަން ތިބި ހުރިހާ އިންޖިއަނަރުންނަށް ކޮވިޑް-19ގެ ބަހަނާގައި މުސާރާ ނުދޭތީ އިސްތިއުފާ ދީފައިވާއިރު، އިންސްޓްރަކްޓަރުންނަށް ރަނގަޅަށް މުސާރަ ނުދޭތާ ވެސް އެތައް މަހެއް ވެއްޖެ ކަމަށްވެ އެވެ.

އެހެންކަމުން އެ ބޯޓުތައް މަރާމާތުކުރެވޭނެ ދުވަހެއް ނޭނގި، ދެން ވެސް ކޯސް ފުރިހަމަކުރެވޭނެ ތާރީހެއް ނޭނގޭކަމަށް ދަރިވަރުން ދަނީ ބުނަމުންނެވެ.

އެއާއެކު ސަރުކާރުން އިސްނަގައިގެން ފްލައިން ސްކޫލުގެ ހިންގުން އެހެން ބަޔަކާ ހަވާލުކުރަން ވެސް ދަރިވަރުން މިހާރު ވަނީ ގޮވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox