ޔުނައިޓެޑަކީ ތަށި ހޯދަން ޖެހޭ ޓީމެއް: ސޯލްޝެއާ

May 26, 2021, 5:25 AM
ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ.-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ.-- ފޮޓޯ: އޭއެފްޕީ

ގަޑާންސްކް، ޕޮލެންޑް (މެއި 26) - މެންޗެސްޓާ ޔުނައިޓެޑަކީ ތަށި ހޯދަން ޖެހޭ ޓީމެއް ކަމަށާއި ޔޫރޮޕާ ލީގުގެ ފައިނަލުގައި މިރޭ ވިޔަރެއާލާ ދެކޮޅަށް ނުކުންނައިރު، މިއީ އޭނާގެ ކޯޗިން ކެރިއަރުގައި ޔުނައިޓެޑް ގޮވައިގެން އެއް ހަރުފަތް މައްޗަށް ޖެހިލަން ލިބޭ ފުރުސަތެއް ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ޔުނައިޓެޑާ 2018 ވަނަ އަހަރު ޑިސެމްބަރު މަހު ހަވާލުވި ފަހުން ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑް ވަނީ ހަތަރު ސެމީ ފައިނަލުގައި ކުޅެ ބަލިވެފަ އެވެ. މިރޭ އެ ޓީމު ނުކުންނާނީ ހަތަރު ވަރަކަށް އަހަރު ތެރޭ ފުރަތަމަ ފައިނަލަށެވެ. ޔުނައިޓެޑުން އެންމެ ފަހުން ކާމިޔާބުކުރީ 2017 ވަނަ އަހަރުގެ ޔޫރޮޕާ ލީގެވެ. އޭރު ކޯޗަކީ ހޯސޭ މޮރީނިއޯ އެވެ.

އޭގެ ފަހުން މި ނިމުނު ތިން ސީޒަން ވެސް ޔުނައިޓެޑުން ނިންމާލީ ހުސްއަތާ އެވެ. ޔުނައިޓެޑުން އެންމެ ފަހުން ތަށްޓެއް ނުހޯދައި ހަތަރު ސީޒަން ނިންމާލަން ޖެހުނީ 1980ގެ އަހަރުތަކުގަ އެވެ. އޭރު އެ ޓީމުގެ ކޯޗަކަށް ހުރީ ޔުނައިޓެޑްގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗު އެލެކްސް ފާގަސަން އެވެ. މިރޭ ޔޫރޮޕާ ލީގު ފައިނަލަށް ދަތުރުކުރި ޔުނައިޓެޑް ޓީމާ އެކު ހާއްސަ މެމްބަރެއްގެ ގޮތުގައި ފާގަސަން ވެސް ބައިވެރިވި އެވެ.

"މިއީ އަހަރެމެން މިދިޔަ އަހަރުތަކުގައި ބިނާކުރަމުން އައި ޓީމެއް. މި ފަހަރު (ޔޫރޮޕާ ލީގުގެ ފައިނަލް) ގައި މި އޮތީ އެއް ފިޔަވަޅު މައްޗަށް ޖެހިލައި އަހަރެމެން ޓީމެއްގެ ގޮތުގައި ކުރިއަރަން ފުރުސަތު ލިބިފައި،" ފައިނަލުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސޯލްޝެއާ ބުންޏެވެ.

"ޔުނައިޓެޑަކީ ތަށި ހޯދަންޖެހޭ ޓީމެއް. ދުނިޔޭގެ އެންމެ ބޮޑު ޓީމެއްގެ ގޮތުގައި ޔުނައިޓެޑް ބާއްވަން ކުރަން ޖެހޭނެ ކަމަކީ ވެސް ތަށި ހޯދުން. އެހެންވީމަ މި ކްލަބަށް ކޯޗަކު އަޔަސް ކުޅުންތެރިއަކު ކުޅުނަސް އެ ޕްރެޝަރު އޮންނާނެ،"

ޔުނައިޓެޑުން މިިދިޔަ އަހަރުގެ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގައި ބަލިވީ ސްޕެއިނުގެ ސެވިއްޔާ އަތުންނެވެ. ސޯލްޝެއާ ބުނީ އެ މެޗުން ކަންތައްތަކެއް ދަސްވެފައިވާ ކަމަށާއި އެކަމަކު ސެވިއްޔާއާ އަޅާކިޔާއިރު، ވިޔަރެއާލް ތަފާތު ކަމަށެވެ.

"ގަބޫލުކުރަން ޖެހެނީ މީގެ ފައިނަލެއްގައި ކޮންމެ ޓީމަކަށް ވެސް އޮންނާނީ ހަމަހަމަ ފުރުސަތެއް. އަހަރެން ދެކެނީ 50-50 ކޮށް އޮތް މެޗެއް ކަމަށް. ފުރަތަމަ ގޯލު ޖެހުމަކީ މޮޅުވާނެކަން ޔަގީންވުމެއް ނޫން،" ސޯލްޝެއާ ބުންޏެވެ.

ޔުނައިޓެޑާ އެކު ފައިނަލް މެޗަށް ޕޮލެންޑަށް ދަތުރުކުރި ސްކޮޑުގައި އެ ޓީމުގެ ކެޕްޓަން ހެރީ މެގުއާ ހިމެނެ އެވެ. އަނިޔާއަކަށް ފަރުވާ ހޯދަމުން އަންނަ މެގުއާ މި މެޗުގައި ކުޅުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. އިއްޔެ ޔުނައިޓެޑުން ބޭއްވި އެންމެ ފަހުގެ ޓްރެއިނިން ސެޝަންގައި މެގުއާ ފުރިހަމަ އަށް ބައިވެރިނުވެ އެވެ. އަނިޔާގެ ސަބަބުން ޔުނައިޓެޑްގެ ފްރާންސް ފޯވާޑް އެންތަނީ މާޝިއަލް ޓީމާ އެކު ދަތުރުނުކުރެ އެވެ.

މީގެ 22 އަހަރު ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޔުނައިޓެޑުން ފަހު ވަގުތު ދެ ގޯލު ޖަހައިގެން މުބާރާތް ކާމިޔާބުކުރިއިރު, މޮޅުވި ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސޯލްޝެއާ އެވެ.

ސޯލްޝެއާ ބުނީ މިރޭގެ ފައިނަލުގައި ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރަން ތިބޭ ކުޅުންތެރިންނަށް އެ ފަދަ ވާހަކަތައް ހިއްސާކުރާނެ ކަމަށާއި ކޮންމެ ކުޅުންތެރިއަކަށް ކޮންމެ ވަގުތެއްގައި ވެސް ޓީމަށް އެހީތެރިވެވިދާނެ ކަމަށެވެ.

"އަހަރެން ހަވާލުވި ފަހުން ވެސް ގިނަ މެޗުތަކެއްގައި ބަދަލު ކުޅުންތެރިން އަރައި ތަފާތު ދައްކާފައި އެބަހުރި. އެހެންވީމަ މި ޓީމުގައި ތިބި ކުޅުންތެރިންނަށް ވެސް ކޮންމެ ވަގުތެއްގައި ޓީމަށް އެހީވެވިދާނެ ކަން އެބަ އެނގޭ،" ސޯލްޝެއާ ބުންޏެވެ.

މިއީ ޔުނައިޓެޑުން ޔޫރަޕްގައި ކުޅޭނެ އަށް ވަނަ ފައިނަލެވެ. މީގެ ކުރިން ވިޔަރެއާލާ ދެކޮޅަށް ޔޫރޮޕްގައި ޔުނައިޓެޑުން ކުޅުނު ހަތަރު މެޗު ވެސް ނިމުނީ ދެ ޓީމަށް ވެސް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެއީ ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުތަކެވެ.

ޔުނައިޓެޑާއި ވިޔަރެއާލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox