ކޮވިޑް ވެކްސިންގައި ރާއްޖެ އޮތީ ގައުމުތަކުގެ ކުރީ ސަފުގައި: ރައީސް

ވެކްސިން ޖަހަން ބަޔަކު ކިއޫގައި: ރާއްޖެ ހިމެނެނީ ވެކްސިން ދިނުމުގެ ކުރީ ސަފުގައި ކަމަށް ރައީސް ވިދާޅުވި. -- ފޮޓޯ/އަދަދު

ވެކްސިން ޖަހަން ބަޔަކު ކިއޫގައި: ރާއްޖެ ހިމެނެނީ ވެކްސިން ދިނުމުގެ ކުރީ ސަފުގައި ކަމަށް ރައީސް ވިދާޅުވި. -- ފޮޓޯ/އަދަދު

ކޮވިޑުން ދިފާއުވުމުގެ ވެކްސިންގެ އެންމެ ޑޯޒެއް ވެސް އަދި ނުޖަހާ ގައުމުތައް ހުރިއިރު، އާބާދީގެ ބޮޑު ބަޔަކަށް ފުރަތަމަ ޑޯޒު ނިންމައި ރާއްޖެ ހިމެނެނީ ވެކްސިން ޖެހުމުގެ ކުރީ ސަފުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ކޮވިޑުގެ ގޯސްވެފައިވާ ހާލަތާ ގުޅޭ ގޮތުން ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ ސުވާލުތައް އަމާޒުވީ ރާއްޖޭގައި މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ފެށި ވެކްސިނޭޝަން ޕްރޮގްރާމް މެދުކެނޑިފައި އޮތް ސަބަބާ ގުޅޭ ގޮތުންނެވެ. އާއްމުކޮށް ޖެހި ކޮވިޝީލްޑް ހުސްވެ ރާއްޖެ އިން ގަތް ވެކްސިން ވެސް މިހާތަނަށް ނުލިބި ލަސްވާތީ މިހާރު ދެމުން އަންނަނީ ޗައިނާގެ ސިނޯފާމް އެކަންޏެވެ.

އާބާދީގެ ބޮޑު ބަޔަކަށް ދެ ޑޯޒު ފުރިހަމަ ކުރެވޭ ވަރަށް ރާއްޖެ އަށް ވެކްސިން ޔަގީންވާނެ ކަމުގެ ވާހަކަތަކާ އެކު ފެށި ވެކްސިނޭޝަން ޕްރޮގްރާމް މެދުކެނޑުނު ސަބަބާ ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް ވިދާޅުވީ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެ އަދިވެސް އޮތީ ކުރީގައި ކަމަށެވެ. އާބާދީގެ ބޮޑު ބައަކަށް ފުރަތަމަ ޑޯޒު ދީފައިވާ ކަން ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖެއަށް ވެކްސިން ހޯދަން އުޅުނުއިރު ލަފާ ލިބުނީ އެންމެ އަވަހަށް ލިބުނު ވެކްސިނުން އެއް ޑޯޒު ނަމަވެސް ވީހާވެސް ގިނަ ރައްޔިތުންނަށް ދެވޭތޯ ބެލުމެވެ. ފުރަތަމަ ޑޯޒު 69 ޕަސެންޓަށް ޖެހިއިރު ދެވަނަ ޑޯޒު 35 ޕަސެންޓުގެ މީހުންނަށް ޖަހާފައިވާ ކަމަށް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަ ދައްކަވަނީ: ކޮވިޑް ވެކްސިން ރާއްޖެއަށް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި. -- ފޮޓޯ/ ރައީސް އޮފީސް

"ތި ހުރިހާ ބޭފުޅުން ވެސް ގަބޫލުކުރައްވަންވީ އެއް ކަމަކީ ދުނިޔޭގައި އަދިވެސް ގިނައީ އެންމެ ޑޯޒެއް ވެސް ނުލިބޭ ގައުމުތައް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާބާދީގެ 69 ޕަސެންޓަށް ފުރަތަމަ ޑޯޒު ޖަހާ ނިމިގެން މި ތިބީ،" ރައީސް ވިދާޅުވި އެވެ.

"ވަރަށް ބޮޑު އަދަދެއް އެއީ، އޭގެ ސަބަބުން ވެސް ރާއްޖެ އަށް ވެކްސިން ފޯރުކޮށްދިނުމުގައި މަޑުޖެހުމެއް އެބައާދޭ."

ރައީސް ވިދާޅުވީ ވެކްސިން ހޯދުމަށް އެކުވެރި ގިނަ ގައުމުތަކާ އެކުގައި މަސައްކަތް ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން އެމެރިކާ އާއި ކެނެޑާ އާއި މަޝްވަރާކޮށް އޮސްޓްރޭލިއާ ވެސް ވާހަކަ ދައްކަމުން އަންނަ ކަމަށާއި މިހާތަނަށް ލިބުނު ޖަވާބަކީ އެއް ގައުމުން އަނެއް ގައުމަށް ވެކްސިން ދޭން މިހާތަނަށް ނިންމާފައި ނުވުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ގައުމުތަކުން ވެކްސިން ފޯރުކޮށްދޭން ނިންމާފައި އޮތީ ޑަބްލިއުއެޗްއޯ އަށެވެ.

ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ރަޝިއާގެ ވެކްސިންގެ 200،000 ޑޯޒް ގަތުމަށެވެ. އެ ގައުމުން ސްޕަޓްނިކް ވީ ހޯދަން ވަގުތުން މަސައްކަތް ޖެހިފައި ވަނީ އެ ވެކްސިން ވެސް ނުލިބިދާނެ ކަަމުގެ ބިރަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ވެކްސިނޭޝަން ޕްރޮގްރާމް މިދިޔަ ފެބުރުއަރީގައި ފެށީ އިންޑިއާއިން ރާއްޖެ އަށް ހަދިޔާކުރީ 200،000 ޑޯޒުންނެވެ. ޗައިނާ އިން ވެސް 200،000 ޑޯޒާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ވެސް ވެކްސިން ލިބުނެވެ. އޭގެ އިތުރަށް ރާއްޖެ އިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާ ޒެނިކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ.

މީގެ ތެރެއިން ރާއްޖެއަށް ލިބުނީ އިންޑިއާއަށް ފައިސާ ދެއްކި ވެކްސިންގެ ތެރެއިން 100،000 ޑޯޒެވެ. ބާކީ 200،000 އިންޑިއާ އިން ވެސް ލިބޭނެ ދުވަހެއް ނޭނގެ އެވެ.

ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވީ އެސްޓްރާޒެނިކާގެ ވެކްސިން އަންނަ މަހުގެ ތެރޭގައި ލިބޭނެ ކަަމަށެވެ. އެކަމަކު ސީދާ ތާރީހެއް ވިދާޅެއް ނުވެ އެވެ.

ސަރުކާރުން އުއްމީދުކުރި ގޮތަށް ވެކްސިން ލިބުމުގައި ތާށިވީ، އިންޑިއާއަށް ކޮވިޑްގެ ދެވަނަ ރާޅެއް އަރައި ހާލަތު ވަރަށް ބޮޑަށް ގޯސްވުމާއެކު އެހެން ގައުމުތަކަށް އިންޑިއާއިން ވެކްސިން ފޯރުކޮށްދިނުމަށް ނުކުޅެދުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox