ބާސެލޯނާއާ މަޝްވަރާ ކުރި ނަމަވެސް ފްލިކް ޖަރުމަނު ގައުމީ ޓީމާ ހަވާލުވާން ނިންމައިފި

May 25, 2021, 5:20 PM
ބަޔާންގެ ކޯޗު ހަންސީ ފްލިކް.-- ފޮޓޯ: އޭއެފްޕީ

ބަޔާންގެ ކޯޗު ހަންސީ ފްލިކް.-- ފޮޓޯ: އޭއެފްޕީ

މިއުނިކް (މެއި 25) - ބާސެލޯނާއާ އެކު މަޝްވަރާތަކެއް ބޭއްވި ނަމަވެސް ބަޔާން މިއުނިކާ އެކު މިދިޔަ ދޮޅު އަހަރެއްހާ ދުވަހު ގިނަ ކާމިޔާބީތަކެއް ހޯދި ކޯޗު ހަންސީ ފްލިކް ޔޫރޯ އަށް ފަހު ޖަރުމަނު ގައުމީ ޓީމާ ހަވާލުވާން އެއްބަސްވެއްޖެ އެވެ.

ޔޫރޯ އަށް ފަހު ޖަރުމަނު ގައުމީ ޓީމުގެ ކޯޗުކަން 14 އަހަރަށް ފަހު ދޫކޮށްލަން ޔަކީމް ލޯ ނިންމާފައިވާއިރު، ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ވަގުތުން ފްލިކް ގެންދަން މަސައްކަތް ފަށައިފަ އެވެ. އެންމެ ފުރަތަމަ ފްލިކަށް ހުށަހެޅުމެއް ލިބުނު ނަމަވެސް ބަޔާނުން އޭނާ ދޫނުކުރާނެ ކަމަށް އެ ކްލަބްގެ ޗީފް އެގްޒެކްޓިވް ކާލް-ހެއިންޒް ރުމެނިގާ ވިދާޅުވި އެވެ. އެކަމަކު ފަހުން ޖެހުނީ ނިންމުން ބަދަލުކުރާށެވެ.

ބަޔާނާ އެކު 2023 ވަަނަ އަހަރާ ހަމައަށް ފްލިކް ހަދާފައި އޮތް އެއްބަސްވުން އުވާލީ ވަކި މާއްދާ އަކަށް ބެލުމަށް ފަހު އެވެ. ބަޔާނުން ފްލިކް ބަދަލުވާން ނިންމުމާ އެކު އޭނާއާ އެކު ދެ ކްލަބަކުން ވާހަކަ ދެއްކި އެވެ. އެއީ ޓޮޓެންހަމް ހޮޓްސްޕާސް އާއި ބާސެލޯނާ އެވެ.

ސްޕެއިނާއި ޖަރުމަނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފްލިކް އެންމެ ބޮޑަށް މަޝްވަރާކުރީ ބާސެލޯނާއާ އެވެ. އެކަމަކު އެންމެ ފުރަތަމަ ވެސް ފްލިކްގެ ވިސްނުން ހުރީ ޖަރުމަނު ގައުމީ ޓީމުގެ ފުރުސަތު އޭނާ ބޭނުންވާ ގޮތަށް ނުލިބިއްޖެނަމަ ކްލަބަކާ ގުޅޭށެވެ. ކްލަބަކާ ގުޅެން ފްލިކް ނިންމި ނަމަ އޭނާ އިހުތިޔާރުކުރާނެ ކްލަބަކީ ބާސެލޯނާ ކަމަަށް ޖަރުމަނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

2014 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތެރެއިން ލޯ (ކ) އާއި ފްލިކް.-- ފޮޓޯ: ގެޓީއިމޭޖަސް

އުމުރުން 56 އަހަރުގެ ފްލިކް މިއަދު ޖަރުމަނު ޓީމާ އެކު ކޮންޓްރެކްޓްގައި ސޮއިކުރީ 2024 ވަނަ އަހަރާ ހަމައަށެވެ.

"އަހަރެެން ވަރަށް އުފަލުން މިހުރީ. ޖަރުމަނުގައި އަހަރެން ބޭނުންވާ ސިިސްޓަމަށް ކުޅެން ވަރަށް ގިނަ ޒުވާން ކުޅުންތެރިން އެބަތިބި. ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް،" ފްލިކާ ހަވާލާދީ ބިލްޑުން ރިޕޯޓްކޮށްފައިވެ އެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޖަރުމަނު ގައުމީ ޓީމުގެ އެސިސްޓަންޓަކަށް ހުރީ ފްލިކް އެވެ. ފްލިކް ވަނީ 2014 އިން 2017 އަށް ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުގެ ސްޕޯޓިން ޑިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. އެ ދެ ރޯލުގައި އޭނާ ކުރި މަސައްކަތް ރަނގަޅުވުމަކީ ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން އޭނާއާ ޓީމު ހަވާލުކުރަން ނިންމި އެންމެ ބޮޑު އެއް ސަބަބެވެ.

ނިކޯ ކޮވަޗް ބަޔާންގެ ހެޑްކޯޗަކަށް ހުރިއިރު އެ ޓީމުގެ އެސިސްޓަންޓަކަށް ހުރި ފްލިކް، ހެޑް ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރު އެ ޓީމު ވަރަށް ބޮޑަށް ނުތަނަވަސްކަމެއްގެ ތެރޭގައި އޮއްވަ އެވެ. ޓީމުގެ ހާލަތު ބަދަލުކޮށް އޭނާ ވަނީ މިދިޔަ ސީޒަނުގައި ބަޔާނަށް ޖަރުމަނު ލީގާއި ކަޕް އަދި ޗެމްޕިއަންސް ލީގު ހޯދައިދީފަ އެވެ. އަދި ފަހުން ޖަރުމަނު ސުޕަ ކަޕާއި ޔުއެފާ ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ވެސް ހޯދައިދިނެވެ. ބަޔާނުން ވަނީ މި ފަހަރުގެ ޖަރުމަނު ލީގު ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

ބަޔާނުން ފްލިކްގެ ބަދަލުގައި ކޯޗަކަށް ހަމަޖެއްސީ އާރްބީ ލައިޕްޒިގުގައި ހުރި ޒުވާން ކޯޗު ހޫލިއަން ނާގަލްސްމަން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox