އެންމެ ވަރުގަދަކޮށް އޮތީ އިނގިރޭސި ޕްރިމިއާ ލީގު: ސިމިއޯނީ

May 25, 2021, 12:08 PM
އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ.

އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ.

މެޑްރިޑް (މެއި 25) - ޔޫރަޕްގެ އެހެން ލީގުތަކާ އަޅާކިޔާއިރު އެންމެ ވަރުގަދަކޮށް އޮތީ އިނގިރޭސި ޕްރިމިއާ ލީގު ކަމަށް ދާދި ފަހުން އެތުލެޓިކޯ މެޑްރިޑަށް ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދައިދިން ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.

ސިމިއޯނީ އެތުލެޓިކޯގެ ކޯޗުކަމާ ހަވާލުވީ 2011 ވަނަ އަހަރު އެވެ. އެ ފަހުން އެ ޓީމަށް ވަނީ ނުވަ ތަށި ހޯދައިދީފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ދެ ފަހަރު އަދި ޔޫރޮޕާ ލީގު ދެ ފަހަރު ހިމެނެ އެވެ. އެތުލެޓިކޯ އިން މި ފަހަރު ލީގު ޗެމްޕިއަންކަން ހޯދީ ހަތް އަހަރު ފަހުންނެވެ.

ސްޕެނިޝް ލީގުގައި މި ފަހަރު އެތުލެޓިކޯގެ ރެކޯޑް ރަނގަޅު ނަމަވެސް ޗެމްޕިއަންސް ލީގުގެ ނޮކައުޓް ފުރަަތަމަ ބުރުގައި ދެ މެޗުގައި ވެސް ޗެލްސީ އަތުން ބަލިވެ ކެޓީ އެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި އިންގްލެންޑްގެ ދެ ޓީމު ކަމަށްވާ ޗެލްސީ އާއި މެންޗެސްޓާ ސިޓީ ވާދަކުރާތީ އެކަމަށް އިޝާރާތްކޮށް ސިމިއޯނީ ބުނީ ޔޫރަޕްގައި އިނގިރޭސި ލީގު ވަރުގެ ވާދަވެރި ލީގެއް ނެތް ކަމަށެވެ.

"އަހަރެން ގަބޫލުކުރަނީ އެ ގޮތަށް. އެންމެ ވަރުގަދަކޮށް އޮތީ އިނގިރޭސި ޕްރިމިއާ ލީގު. ފުރަތަމަ ކަމަަށް މާލީ ގޮތުން ބަލާއިރު ވެސް އިނގިރޭސި ޕްރިމިއާ ލީގު ވަރުގަދަވީމަ ކޮންމެ ޓީމަކަށް ވެސް ރަނގަޅަށް އިންވެސްޓް ކުރެވޭނެ. ރަނގަޅަށް އިންވެސްޓްކޮށް ކުޅުންތެރިން ގަންނަންޏާ ވަރަށް އެއްވަރުކޮށް ވަރުގަދަވެފައި އެ ލީގުގެ ޓީމުތައް އޮންނާނީ،" އީއެސްޕީއެން އަށް ސިމިއޯނީ ބުންޏެވެ.

"އެހެން ލީގުތަކުގައި އޮންނަނީ އެއް ޓީމެއް ނޫނީ ދެ ޓީމެއް އެހެން. ޕެރިސް (ޕީއެސްޖީ) އާއި ބަޔާން ދެން ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް މުޅި ލީގުގެ ޗެލެންޖެއް ނޯންނާނެ. އެކަމަކު އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ، ލިވަޕޫލް ދެން ޗެލްސީ، ޔުނައިޓެޑް ކަހަލަ ޓީމުތަކަށް އެއްވެސް މެޗެއް ފަސޭހަކަމަކަށް ނުފެނޭ،"

އެހެން ލީގުތަކާ އަޅާކިޔާއިރު ޕްރިމިއާ ލީގަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ ޓީވީ ރައިޓްސް ޑީލްގެ ތެރެއިން ލިބޭ ފައިސާ އާއި މަގާމުތަކުގައި ނިންމައިގެން ލިބޭ ފައިސާގެ އިނާމް ވެސް އެހެން ލީގުތަކަށް ވުރެ އެތައް ގުނައެއް ބޮޑުވުމެވެ. ކޮވިޑް-19ގެ ސަބަބުން ގިނަ ގައުމުތަކުގެ ލީގުތަކުގެ ޓީވީ ރައިޓްސް ޑީލްގެ އަގުތަކަށް ބަދަލުގެނައި ނަމަވެސް ޕްރިމިއާ ލީގުން ވަނީ އެކަށީގެންވާ އުސޫލެއްގެ ތެރެއިން އަގުތައް ކޮންޓްރޯލް ކޮށްފަ އެވެ. އެއީ ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެން ޖެހުމުން މާލީ ގޮތުން ކްލަބްތަކަށް ލިބޭ ގެއްލުން ކުޑަ ކުރުމުގެ ގޮތުންނެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުގެ ލީގު ޗެމްޕިއަނުންނަށް ވުރެ ގިނައިން ޕްރިމިއާ ލީގުގެ ގަދަ 10 ތެރޭގައި ހިމެނޭ ޓީމުތަކަށް އާމްދަނީ ލިބެ އެވެ. އަދި ބައެއް ލީގުތަކުގެ ގަދަ 10 ގައި ނިންމާ ޓީމުތަކަށް ވުރެ ޕްރިމިއާ ލީގުން ރެލިގޭޓްވާ ޓީމުތަކުގެ އިނާމް ފައިސާ އާއި ޓީވީ ރައިޓްސް އިން ޖުމްލަ އެއްކޮށް ލިބޭ އާމްދަނީ ގިނަ އެވެ. ޕްރިމިއާ ލީގުގެ ގަދަ 10 ގައި ނިންމާ ޓީމުތަކުގެ އާމްދަނީ އެވްރެޖްކޮށް އުޅޭނީ 25 މިލިއަން ޑޮލަރާއި 50 މިލިއަން ޑޮލަރާ ދެމެދުގަ އެވެ. ރެލިގޭޓްވާ ޓީމުތަކަށް ވެސް އާންމު ގޮތެއްގައި ފަސް މިލިއަން ޑޮލަރާއި 10 މިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީ އެއް ޖުމްލަ އެއްކޮށް ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox