އަންނަ މަހުގެ 8 އާ ހަމައަށް ސަރުކާރު އޮފީސްތައް ބަންދުކޮށްފި

ސަރުކާރުގެ ގިނަ އޮފީސްތައް ހިންގާ ވެލާނާގޭ އިމާރާތް: ސަރުކާރުގެ އޮފީސްތައް އަންނަ މަހުގެ އަށް ވަނަ ދުވަހާ ހަމައަށް ވަނީ ބަންދުކޮށްފައި.

ސަރުކާރުގެ ގިނަ އޮފީސްތައް ހިންގާ ވެލާނާގޭ އިމާރާތް: ސަރުކާރުގެ އޮފީސްތައް އަންނަ މަހުގެ އަށް ވަނަ ދުވަހާ ހަމައަށް ވަނީ ބަންދުކޮށްފައި.

ކޮވިޑުގެ ސަބަބުން މާލޭގެ ހާލަތު ގޯސްވެފައިވާތީ އަންނަ މަހުގެ އަށް ވަނަ ދުވަހާ ހަމައަށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ގޭގައި މަސައްކަތްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ކޮންޓްރޯލް ނުވެ ބަލި ފެތުރެމުންދާތީ މިހާރު ވެސް އޮފީސްތައް ހުޅުވައިގެން މަސައްކަތެެއް ނުކުރެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ ހާލަތު ރަނގަޅު ނުވާތީ އަންނަ މަހުގެ އަށަކާ ހަމައަށް ވެސް، މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ކުރަން ޖެހޭނީ ގޭގައި ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހައިި ހިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށް ރައީސް ވަނީ އަންގަވައިފަ އެވެ.

އެކަމަކު އިދާރާއަކުން ދޭ އަސާސީ ހިދުމަތެއް ދޭން ކޮންމެހެން އޮފީސް ހުޅުވަން ޖެހިއްޖެ ނަމަ އެ އިދާރާއެއްގެ އިސްވެރިޔާ އަންގާ ގޮތެއްގެ މަތިން އަމަލުކުރެވިދާނެ ކަމަށް ދެންނެވުމުގައިވެ އެވެ.

މިގޮތަށް މަސައްކަތް ކުރާ އިރު ބަލިން ރައްކާތެރިވުމަށް އެޗްޕީއޭ އިން އާއްމުކޮށްފައި އުސޫލްތަކަށް ތަބާވާން ރައީސް އިލްތިމާސްރެއްވި އެވެ.

މާދަމާއިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު ހިންގަން ވަނީ ނިންމައިފަ އެވެ. ކާފިއު ނޫން ގަޑިތަކުގައި ވެސް ގެއިން ބޭރަށް ނުކުމެވޭނީ ކޮންމެ ގެއަކަށް ދޫކޮށްފައިވާ ދެ ފާހުގެ ތެރެއިން ފާހެއް ހިފައިގެންނެވެ.

މާދަމާ އިން ފެށިގެން ހަރުކަށި ކުރާ ފިޔަވަޅުތައް

  • ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު.
  • ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރަށް ނުކުމެވޭނީ ފާސް އޮންނަ މީހުން.
  • ކޮންމެ ގޭބީސީއަކަށް ދޫކުރެވޭނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ދެ ފާސް.
  • ކާފިއު ގަޑިތަކުގައި ޑެލިވަރީ ފިޔަވައި އެހެން ހިދުމަތެއް ދިނުން މަނާ.
  • ޑެލިވަރީ ހިދުމަތް ދެވޭނީ ހެނދުނު 6:00 އިން ދަންވަރު 12:00 އަށް
  • ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތް ކުރުން ދެ ހަފްތާއަށް ހުއްޓާލުން.
  • ފާސް ނެތް މީހަކަށް ކަސްރަތު ކުރަން ބޭރަށް ނުކުތުން މަނާ.
  • ހުއްދަ ދޭ އަމިއްލަ އޮފީސްތައް ފިޔަވައި އެހެން ތަންތަން ބަންދުކުރުން.

ކާފިއު ގަޑިތަކުގައި އަމިއްލެ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ބޭރަށް ދާން ހުއްދަ ލިބެނީ އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ފާހެއް ލިބުމުންނެވެ.

ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން އިންތިހާއަށް އިތުރުވެ ބަލީގައި ގިނަ ބަޔަކު ދަނީ މަރުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox