އަމިއްލަ އޮފީސްތަކަށް ދާން ޑިއުޓީ ޕާމިޓް ދޫކުރުން ހުއްޓާލަނީ، ދެން ޖެހޭނީ ފާސް ހައްދަން

ފުލުހުން ދީފައިވާ ހުއްދައެއް މަގުމަތި ބަލަހައްޓާ ސިފައިންގެ މީހަކަށް ދައްކަނީ: މާދަމާއިން ފެށިގެން ޑިޔުޓީ ޕާމިޓް ދޫ ނުކުރޭ- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ފުލުހުން ދީފައިވާ ހުއްދައެއް މަގުމަތި ބަލަހައްޓާ ސިފައިންގެ މީހަކަށް ދައްކަނީ: މާދަމާއިން ފެށިގެން ޑިޔުޓީ ޕާމިޓް ދޫ ނުކުރޭ- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ކާފިއު ގަޑީގައި ވަޒީފާއަށް ދިއުމަށް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް މިހާރު ދޫކުރަމުން އަންނަ "ޑިޔުޓީ ޕާމިޓް" މާދަމާއިން ފެށިގެން ދޫކުރުން ހުއްޓާލާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާދަމާއިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު ހިންގަން ވަނީ ނިންމައިފަ އެވެ. ކާފިއު ނޫން ގަޑިތަކުގައި ވެސް ގެއިން ބޭރަށް ނުކުމެވޭނީ ކޮންމެ ގެއަކަށް ދޫކޮށްފައިވާ ދެ ފާހުގެ ތެރެއިން ފާހެއް ހިފައިގެންނެވެ.

ކޮވިޑްގެ ހާލަތު ގޯސްވުމާއެކު ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި އަމިއްލަ އޮފީސްތައް ވެސް ގޭގައި ތިބެގެން ހިންގުމަށް ސަރުކާރުން ވަނީ އަންގައިފަ އެވެ.

ފުލުހުންގެ ޕާޓިޓް ސެންޓަރާ ހަވާލުވެ ހުންނެވި އިންފެކްސްޕެކްޓާ އޮފް ޕޮލިސް ޝިފާން ރަޝީދު، "އަދަދު" އަށް ވިދާޅުވީ އަމިއްލަ އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މާދަމާއިން ފެށިގެން ކޮންމެހެން ޑިޔުޓީތަކަށް ދާން ޖެހޭނަމަ ޖެހޭނީ އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ފާހެއް ހޯދުމަށް ކަމަށެވެ.

"މިހާރު ޑިޔުޓީތަކަށް ދާން ޕޯޓަލްއިން މި ދޫކުރާ ޑިޔުޓީ ޕާމިޓް މާދަމާއިން ފެށިގެން ދުލެއް ނުކުރާނެ. ޑިޔުޓީތަކަށް ދާ މުވައްޒަފުން ޖެހޭނީ މިނިސްޓްރީން ފާސް ހައްދަން،" ޝިފާން ވިދާޅުވި އެވެ.

ޒަރޫރީ ހިދުމަތް ދެމުން އަންނަ ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް އެ ކުންފުންޏެއްގެ ޔުނީފޯމާއެކު އޮފީސް ކާޑް ދެއްކުމުން ޑިޔުޓީއަށް ދެވޭނެ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

ހޮސްޕިޓަލްތަކަށް ދިއުމަށާއި ޑިޔުޓީތަކަށް މީހުން ލައިދޭންށާއި ބަލައި ދިއުމަށް ވަކި ހުއްދައެއް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް މާދަމާއިން ފެށިގެން ދޫކުރާނެ ކަމަށް ޝިފާން ވިދާޅުވި އެވެ.

މާދަމާ އިން ފެށިގެން ހަރުކަށި ކުރާ ފިޔަވަޅުތައް

  • ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު.
  • ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރަށް ނުކުމެވޭނީ ފާސް އޮންނަ މީހުން.
  • ކޮންމެ ގޭބީސީއަކަށް ދޫކުރެވޭނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ދެ ފާސް.
  • ކާފިއު ގަޑިތަކުގައި ޑެލިވަރީ ފިޔަވައި އެހެން ހިދުމަތެއް ދިނުން މަނާ.
  • ޑެލިވަރީ ހިދުމަތް ދެވޭނީ ހެނދުނު 6:00 އިން ދަންވަރު 12:00 އަށް
  • ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތް ކުރުން ދެ ހަފްތާއަށް ހުއްޓާލުން.
  • ފާސް ނެތް މީހަކަށް ކަސްރަތު ކުރަން ބޭރަށް ނުކުތުން މަނާ.
  • ހުއްދަ ދޭ އަމިއްލަ އޮފީސްތައް ފިޔަވައި އެހެން ތަންތަން ބަންދުކުރުން.

އަދި ގޭގޭގައި ތިބި ބަލި މީހުންނަށް އެހީތެރިވުމަށް އެހެން ގޭގެއިން ދާ މީހުންނަށް ވެސް ވަކި ހުއްދައެއް ޕޯޓަލްއިން ދޫކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިހާރަތަކާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުން ވެސް ޑެލިވަރީގެ ހިދުމަތް އެކަނި ދޭގޮތަށް ވަނީ ބަދަލުކޮށްފަ އެވެ. ޑެލިވަރީ ކުރުމަށާއި އެތަންތަނުގެ ވަޒީފާއަށް ދާ މީހުންނަށް ވަކި ފާސްތަކެއް ފުލުހުން ވަނީ ދޫކޮށްފަ އެވެ.

ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން އިންތިހާއަށް އިތުރުވެ ބަލީގައި ގިނަ ބަޔަކު ދަނީ މަރުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox