ރެއާލް ދޫކޮށްލާނަމަ ހަޒާޑް ބޭނުމީ އަލުން ޗެލްސީއާ ގުޅެން

May 25, 2021, 5:10 AM
ޗެމްޕިއަންސް ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ހަޒާޑް (ކ) ޗެލްސީގެ މައުންޓާ ސަލާމްކުރަނީ.

ޗެމްޕިއަންސް ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ހަޒާޑް (ކ) ޗެލްސީގެ މައުންޓާ ސަލާމްކުރަނީ.

މެޑްރިޑް (މެއި 25) - ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ރެއާލް މެޑްރިޑް ދޫކޮށްލަން ޖެހިއްޖެނަަމަ އެޑެން ހަޒާޑް ބޭނުންވަނީ އޭނާ ކުރިން ކުޅުނު ޗެލްސީއާ ގުޅެން ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޗެލްސީ ދޫކޮށް ހަޒާޑް ރެއާލަށް ބަދަލުވީ 2019 ވަނަ އަހަރު 100 މިލިއަން ޔޫރޯ އަށެވެ. ހަޒާޑް ރެއާލްގައި ދައްކާ ކުޅުމަށް ބަލައި އިތުރު 40 މިލިއަން ޔޫރޯ ދޭ ގޮތަށް އެ އެއްބަސްވުމުގައި ހިމަނާފައިވެ އެވެ. އެކަމަކު މިހާތަނަށް ހަޒާޑް ރެއާލަށް ކުޅެދިން 43 މެޗުން ޖެހުނީ ފަސް ގޯލެވެ. ދެ ސީޒަނު ރެއާލްގައި ހޭދަކުރިއިރު ހަޒާޑަށް އަނިޔާގެ ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އުމުރުން 30 އަހަރުގެ ހަޒާޑް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރެއާލް ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ. އެއީ ރެއާލުން ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ ހޯދަން ކުރާ މަސައްކަތަށް ފަންޑް ހޯދުމަށެވެ.

ހަޒާޑްގެ އިތުރުން ރެއާލުން ގެރެތު ބޭލް ވެސް ދޫކޮށްލާނެ އެވެ. ރެއާލުން ހަޒާޑް ދޫކޮށްލަން ނިންމައިފިނަމަ އޭނާ އެދޭނީ އެހެން ކްލަބްތަކާ މަޝްވަރާ ނުކޮށް ޗެލްސީ އަށް ބަދަލުވާށެވެ. އެކަމަކު ޗެލްސީން ހަޒާޑް އަލުން ގެންދިއުމާ މެދު ގޮތެއް ނިންމާނީ އެ ކްލަބްގެ ބޯޑުންނެވެ. މީގެ ކުރިން ޗެލްސީ އަށް ކުޅެފައި އެ ޓީމު ދޫކޮށްލި ބައެއް ކުޅުންތެރިން ވަނީ އަލުން އެ ޓީމާ ގުޅިފަ އެވެ.

ރެއާލަށް ބަދަލުވުމަށް ފަހު ބެލްޖިއަމްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ހަޒާޑް ވަނީ ފުޓްބޯޅަ ކެރިއަރު ނިންމާލުމުގެ ކުރިން އަދި އެއް ފަހަރު ޗެލްސީ އަށް ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި ކެރިއަރުގެ ގިނަ ކަންކަން ހާސިލްވީ ޗެލްސީގައި ހުރެ ކަމަށްވާތީ އަދި އެއް ފަަހަރު އެ ޓީމަށް ކޮންމެވެސް ހިދުމަތެއް ކޮށްދިނުމަކީ އަމާޒެއް ކަމަށް ހަޒާޑް ބުންޏެެވެ.

ފްރާންސްގެ ލިލް އިން ވިދާލި ހަޒާޑް ޗެލްސީއާ ގުޅުނީ 2012 ވަނަ އަހަރު 40 މިލިއަން ޔޫރޯ އަށެވެ. ހަޒާޑް ވަނީ ޗެލްސީ އަށް ކުޅެމުން އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރާއި ޔޫރޮޕާ ލީގު ދެ ފަހަރު އެފްއޭ ކަޕާއި ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ. ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެއް ފަހަރު ހޯދިއިރު، ޗެލްސީގެ މޮޅު ކުޅުންތެރިއަކަށް ދެ ފަހަރު ހޮވުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox