އަބުރަށް ގެއްލުންވާ ކަމުގެ ޝަކުވާ، އެކަމަކު ޕެސްޓަށް ލުޔެއް ނުދިން

ޕެސްޓް: ބަންދުން ދޫނުކުރަން ވަނީ ނިންމާފައި -

ޕެސްޓް: ބަންދުން ދޫނުކުރަން ވަނީ ނިންމާފައި -

ރާއްޖޭގެ ރެޕް ކިންގުގެ ދަރަޖަ ދީފައިވާ، އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓު)ގެ ވަކީލް، ބަންދު މަޖިލީހުގައި މިއަދު ފާހަގަކުރީ އޭނާގެ "ސަކްސެސް ސްޓޯރީ"ގެ ވާހަކަ އެވެ. އެކަމުން އޭނާ ހޯދި "ރެޕިއުޓޭޝަނަށް" ދައުވާކޮށް ބަންދުކޮށްގެން ގެންގުޅޭތީ، ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ އެވެ. އެކަމަކު، އެ ވާހަކަތަކަށް ރައްދުދީ، ޕެސްޓް ބަންދުގައި ބަހައްޓަން ދައުލަތުން ކިޔައިދިނީ، ޕެސްޓްގެ "ޑްރަގް ސްޓޯރީ" އެވެ.

މިދިޔަ ފެބުރުއަރީ 13 ގައި ހައްޔަރުކޮށް، ފަސް ދައުވާއެއް އުފުލާފައިވާ ސިންބޮލިކް ރެކޯޑްސްގެ ރެޕް އާޓިސްޓު ޕެސްޓް ހުރީ، މީގެކުރިން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. މިއަދު އޮތީ އެ ބަންދު ރިވިއު ކުރުމުގެ އަޑު އެހުމެވެ.

އެ އަޑުއެހުމުގައި ވެސް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދުނީ ޕެސްޓަށް ލުޔެއް ނުދިނުމަށެވެ. ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރު ދަމަހައްޓައިދިނުމަށެވެ. އެގޮތަށް އެދެނީ އެކަށީގެންވާ ހެކި ހުރުމާއި ޕެސްޓުގެ ސަބަބުން މުޖުތަމައުއަށް ނުރައްކާވާ ހާލަތު އޮތް ކަމަށް ދައުލަތުން ގަބޫލުކުރާތީ އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި، ތުހުމަތު ކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ޕެސްޓްއާ ދެކޮޅަށް އެބަހުއްޓެވެ. އެއް ކަމަކަށް ދެއްކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޕެސްޓަށް ފުލުހުން ކުރާ ތުހުމަތެވެ.

ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި އޭނާއަކީ އިމްތިޒާމްވެގެން ރަށްރަށަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި މަސައްކަތް ކުރާ ފަރާތެއްކަން ހެކިތަކުން އެނގެ އެވެ. ބޯޓަކަށް އަރުވަން ޕެސްޓް ހިފައިގެން ދިޔަ ފަންކާއެއް ފުލުހުން ބެލިއިރު އޭގެން މަސްތުވާތަކެތި ފެނިފައިވާ ކަމާއި އެ ފަންކާ ހިފައިގެން އުޅޭ މަންޒަރު ސީސީޓީވީއަށް ވެސް އަރާފައިވާ ކަަމަށް ވަކީލް ވިދާޅުވި އެވެ.

ބޯޓަށް ފަންކާ ގެންދިޔަ ޕިކަޕްގެ ޑްރައިވަރު ވެސް ވަނީ ޕެސްޓް އައިޑެންޓިފައިކޮށްފައިކަން ވަކީލް ފާހަގަކުރެއްވި އެވެ.

މިއަދުގެ އަޑުއެހުމުގައި އޮންލައިންކޮށް ޕެސްޓް ބައިވެރިވަނީ
މިއަދުގެ އަޑުއެހުމުގައި އޮންލައިންކޮށް ޕެސްޓް ބައިވެރިވަނީ

މިއަދުގެ އަޑުއެހުމުގައި އޮންލައިންކޮށް ޕެސްޓް ބައިވެރިވަނީ

ދެން ވަކީލް ދެއްކެވީ އޭނާ ގޮސް އުޅޭ މަންޒަރު ފެންނަ، ރިހިވެލިގޭގެ ލޮކަރުން ޓްރެފިކިންގެ މިންގަނޑަށް ފެތޭ މިންވަރަށް މަސްތުވާތެކަތި ފެނިފައިވާ ކަމާއި، އެ ގެއިން ޕެސްޓްގެ އިނގިލީގެ ނިޝާން ވެސް ފެނިފައިވާ ކަމެވެ. އަދި، އެ ގެއަށް ވަދެ ނުކުމެ އުޅޭ މަންޒަރު ސީސީޓީވީ ފްޓޭޖަށް އަރާފައިވާ ކަން ވަކީލް ފާހަގަކުރެއްވި އެވެ.

ނަމަވެސް އެ ވީޑިއޯ މިހާތަނަށް ޝަރީއަތަށް ހުށައެއްނާޅަ އެވެ.

ވަކީލް ވިދާޅުވި ގޮތުގައި ވީޑިއޯ އެނާލިސިސް ރިޕޯޓާއި ޑީއެންއޭ ރިޕޯޓް ފުލުހުން ދަނީ ތައްޔާރުކުރަމުންނެވެ. އެހެންވެ، ވީޑިއޯތައް ހުށަހަޅާނީ އެ ރިޕޯޓާ އެކު ކަމަށް ވިދާޅުވި އެވެ.

ޕެސްޓްގެ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވި ގޮތުގައި ހުށަހަޅާފައި ނެތް އެއްޗަކަށް ރިއާޔަތްކޮށް ބަންދުގައި ބެހެއްޓޭނެ ގޮތެއް ނޯންނާނެ އެވެ.

ޝާއިރު ވިދާޅުވީ ހެކިތަކާ ވެސް ޕެސްޓާ ގުޅުވޭނެ ވަރެއް ނުވާނެ ކަމަށާއި އެގޮތުން، ރިހިވެލި ގޭގެ ވެރިފަރާތުން އޭނާއަކީ އެ ގެއަށްދާ މީހެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި، އިނގިލީގެ ނިޝާން ފެނުނު ކަމަށް ބުނާއިރު އެއީ ހަމައެކަނި ވާތުގައި ބޮޑުވާ އިނގިލި ކަމަށެވެ.

ޕެސްޓު އާއްމުކޮށް އެ ގެއަށް ގޮސް އުޅޭ ނަމަ، ފެންނާނީ އެންމެ އިނގިއްޔެއްގެ ނިޝާންތޯ ޝާއިރު ސުވާލު އުފެއްދެވި އެވެ. އަދި މަސްތުވާތަކެތީގެ ލޮކަރުން ވެސް އިނގިލީގެ ނިޝާން ފެނިފައި ނެތްކަން ފާހަގަ ކުރެއްވި އެވެ.

ވަކީލް އިތުރަށް ވިދާޅުވި ގޮތުގައި، އެ ގެއަކީ ތަޅުލާފައި ހުރި ގެއަކަށްވާއިރު އެ ގޭގެ ތެރެއިން ފެނުނު އެއްޗެއް ޒިންމާ، ގެއާ ގުޅުން ނެތް ޕެސްޓް އުފުލަން ނުޖެހޭނެ ކަމަށެވެ. އެ ގޭގެ ތަޅުދަނޑި ވެސް ޕެސްޓްގެ އަތުން ފެނިފައިނުވާއިރު ލޮކަރުގެ ތަޅުދަނޑި ވެސް ފުލުހުން ހޯދީ އެނދުމަތިންނެވެ.

"އެހެންވީމަ މިއީ އިފްހާމްގެ ހިޔާޒަތުގެ ދަށަށް ވަންނާނެ އެއްޗެއް ނޫން،" ވަކީލް ވިދާޅުވި އެވެ.

ވަކީލް ވިދާޅުވީ، ޕެސްޓުއަކީ އާމްދަނީ ހޯދަން މަސައްކަތް ކުރާ، ތަފާތު ހުނަރެއް ބޭނުންކުރާ ފަންނާނަކަށްވާއިރު މުޖުތަމައުއަށް އޭނާއަކީ ބޭނުންތެރި މީހެކެވެ. އެހެންކަމުން އޭނާގެ ބަންދުގައި އިތުރަށް ބަހައްޓާނެ ތަނެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ޕެސްޓްގެ އަނެއް ވަކީލް ޔާމީން ވެސް ވިދާޅުވި ގޮތުގައި މައްސަލާގައި ޕެސްޓްގެ އަބުރަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.

މި މަރުހަލާއަކީ ހަމައެކަނި ތުހުމަތުތަކެއް ކުރެވޭ މިންވަރަށް ހެކި ބޭނުންވާ މަރުހަލާއެއް ނޫން ކަމާއި ދައުވާއެއް ކޮށްފައި އޮތުމުން އެކަށީގެންވާ ހެކި، ބަންދު ކުރާ ނަމަ ހުންނަން ޖެހޭނެ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ ނިންމެވީ މައްސަލާގައި ހިމެނޭ ބައެއް ހެކިތައް ޝަރީއަތަށް ހުށަހަޅާނެ ކަމަށް ދައުލަތުން ބުނެފައިވާތީ މި ހާލަތަކީ ބަންދު ދޫކުރެވޭނެ ހާލަތެއް ނޫން ކަމަށެވެ. އެހެންވެ، އިތުރު 30 ދުވަހަށް ވަނީ ބަންދު އިތުރުކޮށްފަ އެވެ.

އަނެއްކާވެސް 30 ދުވަސްވުމުން ބަންދު އަލުން ރިވިއު ކުރާނެ އެވެ.

ޕެސްޓްއާ އެކު، މައްސަލާގައި ދެން ދައުވާ ލިބޭ ލ. ގަން-ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުއައިދުގެ ބަންދަށް ވެސް ޕެސްޓްގެ މައްސަލާގައި ފާހަގަކުރި ކަންކަމަށް ރިއާޔަތްކޮށް ވަނީ 30 ދުވަސް މިއަދު އިތުރުކޮށްފަ އެވެ.

މައްސަލާގައި ދެން ދައުވާ ލިބޭ ލ. ގަން-ތުނޑި، ހަނދުވަރީހިޔާ، އަހުމަދު ޝަމްއޫން މިހާރު ހުރީ ބަންދުން ދޫކޮށްލައިފަ އެވެ.

އޭނާ އާއި ޕެސްޓް އަދި ސުއައިދުގެ މައްޗަށް ކުރާ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ކުރިއަށްގެންދިޔަ އެވެ. ނަމަވެސް، ބައެއް ލިޔުންތައް އަދި ދައުވާ ލިބޭ ފަރާތްތަކަށް ލިބިފައިނުވާތީ އިބްތިދާއީ އެ އަޑުއެހުން ކުރިއަށް ނުގެންދެވުނެވެ.

މައްސަލާގައި ދެން ހިމެނޭ، މ. އަސަރީހަދާން، އާއިޝަތު ހަސްނާ ނާހިދު ވެސް ބަންދުން ދޫކޮށްފައިހުރިއިރު، ދައުވާ ލިބޭ ލ. ގަން-ތުނޑި، ރޯޝަންހިޔާ، އަހުމަދު ހުސާމް ހުރީ ބަންދުގަ އެވެ. އެއް މައްސަލާގައި ދައުވާ ލިބޭ މީހުންގެ ބަންދާ މެދު ހަމަހަމަ އުސޫލެއް ނެތް ކަމުގެ ކަންބޮޑުވުން ވެސް މިއަދު ކޯޓުގައި ވަކީލުން ފާޅުކުރެއްވި އެވެ. ނަމަވެސް، ގާޒީ ގޮތް ކަނޑައެޅުއްވީ އެކަމަށް ރިއާޔަތް ނުކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox