ކުޅުނު ކޮންމެ ގައުމެއްގައި އަހަންނަކީ ޗެމްޕިއަނެއް: ރޮނާލްޑޯ

May 25, 2021, 4:50 AM
ކުޅުނު ކޮންމެ ގައުމެއްގައި އަހަންނަކީ ޗެމްޕިއަނެއް: ރޮނާލްޑޯ

ޓިއުރިން (މެއި 25) - ޕްރޮފެޝަނަލް ފުޓްބޯޅައިގައި އޭނާ އަކީ ކުޅުނު ކޮންމެ ގައުމެއްގައި ވެސް ޗެމްޕިއަނެއް ކަމަށް ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

އުމުރުން 36 އަހަރުގެ ރޮނާލްޑޯ މިހެން ބުނެފައި މިވަނީ މި ސީޒަނަށް ފަހު އޭނާ ޔުވެންޓަސް ދޫކޮށްލަން އުޅޭ ކަމަށް މީޑިއާގައި ވާހަކަ ދެކެވެމުން ދަނިކޮށެވެ. ރޮނާލްޑޯ ރޭ ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނަށް ހާއްސަކޮށް ދިގު މެސެޖެއް ދޫކޮށްލައިފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިއީ ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލުުމުގެ ކުރިން ލިޔުނު ޕޯސްޓެކެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯ ބުނީ މޮޅު ކުޅުންތެރިއެއްގެ ހަޔާތުގައި ދަށްކޮށް ދާ ދުވަސްތަކާއި ވަރަށް ރަނގަޅު ވަގުތުތައް އަންނާނެ ކަމަށާއި ވަރަށް މޮޅު ޓީމުތަކަށް ވަރަށް ރަނގަޅު ލެވަލެއްގައި ކުޅޭ ހާލަތްތައް ވެސް އަންނާނެ ކަމަށެވެ.

ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އިން ކެރިއަރު ފެށި ރޮނާލްޑޯގެ ވިދުން ގަދަވީ އޭނާ މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު ހިސާބުންނެވެ. އޭގެ ފަހުން 2009 ވަނަ އަހަރު ރެއާލް މެޑްރިޑަށް ބަދަލުވުމަށް ފަހު މިހާރު ކުޅެމުން އަންނަ ޔުވެންޓަސްއާ ގުޅުނީ 2018 ވަނަ އަހަރު އެވެ.

ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް މި ސީޒަނުގައި ޖެހި ގޯލުތަކާ އެކު ޖުމްލަ އެއްކޮށް އެ ޓީމަށް 100 ގޯލު ހަމަކޮށްފަ އެެވެ. މިއާ އެކު އޭނާ ވެފައިވަނީ ޔޫރަޕްގެ ތިން ކްލަބަކާއި ގައުމީ ޓީމަށް 100 ގޯލު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. އަދި ޔުވެންޓަސްއާ އެކު މި ސީޒަނުގައި އިޓާލިއަން ސުޕަ ކަޕާއި އިޓާލިއަން ކަޕް ކާމިޔާބުު ކުރިއިރު، ރޮނާލްޑޯ އަކީ ތަފާތު ތިން ގައުމެއްގައި ލީގާއި ދެ ކަޕް ޗެމްޕިއަންކަން ހޯދި މަދު ކުޅުންތެރިންގެ ތެރެއިން އެކަކެވެ. އިޓާލިއަން ލީގު ހޯދީ މިދިޔަ ދެ ސީޒަނުގަ އެވެ.

"އަހަރެން އަބަދުވެސް ބުނާ ވާހަކައެއް އަހަންނަކީ ރެކޯޑް ފަހަތުން ދުވާ މީހެއް ނޫން. އަހަރެން ފަހަތުން ރެކޯޑް އަންނާނެ. މިކަން ރަނގަޅަށް ނޭނގޭ މީހުންނަށް ބުނެލަން އޮތީ ފުޓްބޯޅަ އަކީ ކަލެކްޓިވް ގޭމެއް. މީގެ ވަކިވަކި އިންޑިވިޖުއަލް މީހުން ކުރާ ކަންކަމުން މިކަން މި ހާސިލްވަނީ. އެހެންވީމަ މީގެ ޓީމު ހޯދާ ތަށި އެއް ކުޅުންތެރިއަކާ މި ގުޅެނީ އެ ކުޅުންތެރިޔާގެ ވެސް ހިއްސާ އޮތީމަ،" ރޮނާލްޑޯ ބުންޏެވެ.

"އަހަރެން ވަރަށް ފަހުރުވެރިވާ ކަންތައްތައް އެބަހުރި. އަހަންނަކީ އިންގްލެންޑާއި ސްޕެއިން އަދި އިޓަލީގެ ޗެމްޕިއަނެއް. އިޓަލީ އާއި ސްޕެއިން އަދި އިންގްލެންޑްގެ ކަޕާއި ސުޕަ ކަޕްގެ ވެސް ޗެމްޕިއަނެއް. އިންގްލެންޑާއި ސްޕެއިން އަދި އިޓަލީގެ ސީޒަނެއްގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ. ތިން ކްލަބަކާއި ގައުމީ ޓީމަށް 100 ގޯލު ޖެހި ކުޅުންތެރިއެއް. އަަހަރެން ކުޅުނު ކޮންމެ ގައުމެއްގައި އަހަރެންގެ ނަން ހިނގާނެ. މިކަން މިހެން އޮތުމުން އަހަންނަށް ލިބޭ އުފާ ވަރަށް ހާއްސަ،"

ރޮނާލްޑޯ ބުނީ ފުޓްބޯޅަ ކެރިއަރުގައި ކުރިއަށް އޮތްތަނުގައި ވެސް ކުރިއަށްދާން ބޭނުންވަނީ ކާމިޔާބު ހޯދުމުގެ އަމާޒުގައި ކަމަށެވެ.

މި ފަހަރު އިޓާލިއަން ލީގު ތަށި ޔުވެންޓަސް އަށް ދިފާއު ނުކުރެވުމަކީ ދެރައެއް ކަމަށާއި އެކަމަކު ގަބޫލުކުރަން ޖެހޭ ކަމަކީ އިޓަލީ އަކީ އެއްވެސް މުބާރާތެއް ކާމިޔާބު ކުރަން ފަސޭހަ ގައުމެއް ނޫން ކަމަށް ރޮނާލްޑޯ ބުންޏެވެ. އަދި އެ ފަދަ ގައުމެއްގައި މި ސީޒަން ވެސް ޔުވެންޓަސް ނިންމާލީ ދެ ތަށްޓާ އެކު ކަމަށާއި އެހެންކަމުން މިއީ ވެސް ކާމިޔާބެއްގެ ގޮތުގައި ދެކުމަށް ރޮނާލްޑޯ އެދުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox