އިޓަލީ ޓީމަކާ ހަވާލުވުމުގެ ޝައުގުވެރިކަން އެބަހުރި: ގާޑިއޯލާ

May 24, 2021, 11:44 AM
އިޓަލީ ޓީމަކާ ހަވާލުވުމުގެ ޝައުގުވެރިކަން އެބަހުރި: ގާޑިއޯލާ

މެންޗެސްޓާ (މެއި 24) - މުސްތަގުބަލުގައި އިޓަލީ ޓީމަކާ ހަވާލުވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ފަހުގެ ޖީލުގެ އެންމެ ކާމިޔާބު ކޯޗު ކަމަށްވާ ގާޑިއޯލާ ވަނީ މިހާތަނަށް ސްޕެއިނުގެ ބާސެލޯނާ އާއި ޖަރުމަނުގެ ބަޔާން މިއުނިކްގައި ކޯޗުކަށް ކޮށްފަ އެވެ. އޭނާ މިހާރު ކޯޗުކަން ކޮށްދޭ ސިޓީއާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުގައި ގާޑިއޯލާ ވަނީ ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުން 2023 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އާ ކޮށްފަ އެވެ.

ސިޓީއާ އެކު އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހޯދުމަށް ފަހު ރޭ އިޓަލީގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުނީ ބަޔާންއާ 2013 ވަނަަ އަހަރު ހަވާލުވިއިރާއި އޭގެ ތިން އަހަރު ފަހުން ސިޓީއާ އެކު ފުރަތަމަ މެޗުތަކުގައި އުނދަގޫ ކަންތައްތަކެއް ކުރިމަތިވި ކަމަށެވެ.

"ބާސެލޯނާގައި ވަރަށް ފަސޭހަ. ފޯވާޑުން ބޭނުން ކުރުމުގައި އަހަންނަށް އުނދަގޫވި ބަޔާން އާއި ސިޓީގައި. އެ އުނދަގޫވާނެ އަހަރެން އިޓަލީގައި މަސައްކަތްކުރާ ދުވަހެއްގައި ވެސް. އިޓަލީގައި އޮތީ އަހަރެން ޝައުގުވެރިވާ ލީގެއް. (ކޮންމެ ވެސް ދުވަހެއްގައި) އެ ތަނުގައި ވެސް މަސައްކަތް ކުރުމުގެ ވިސްނުން އެބަހުރި،" ފުޓްބޯޅަ ކެރިއަރުގައި ބްރެޝިއާ އަށް ކުޅުނު ގާޑިއޯލާ ބުންޏެވެ.

ކުރީގެ މިޑްފީލްޑަރު ގާޑިއޯލާ ކޯޗިން ކެރިއަރު ފެށީ 2007 ވަނަ އަހަރު ބާސެލޯނާގެ ބީ ޓީމުންނެވެ. އޭގެ އެއް އަހަރު ފަހުން ބާސެލޯނާގެ ސީނިއާ ޓީމުން ގާޑިއޯލާ އަށް ފުރުސަތު ލިބުނުއިރު، އެ ޓީމުގައި ހޭދަކުރި ހަތަރު އަހަރު ތެރޭގައި ޔޫރަޕްގެ ފުޓްބޯޅައިގައި އެ ޓީމުން ރަސްކަން ކުރި އެވެ. އެ ޓީމާ އެކު ގާޑިއޯލާ ޖުމްލަ 14 ޓްރޮފީ ހާސިލްކުރި އެވެ.

ޕާސިން ފުޓްބޯޅަ ކުޅުވާ ކޯޗެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ގާޑިއޯލާ ވަނީ އޭނާގެ ފިލޯސަފީގައި ބާސެލޯނާގެ އިތުރުން ބަޔާން އަދި ސިޓީގައި ވެސް ކާމިޔާބީ ތަކުރާރުކޮށްފަ އެވެ. ބަޔާންގައި ހަތް ތަށި އުފުލާލިިއިރު، ސިޓީގައި މިހާތަނަށް އަށް ޓްރޮފީ ވަނީ ހާސިލްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox