ގައުމުގެ ހާލަތާ މެދު ޔާމީން ކަންބޮޑުވޭ: އިދިކޮޅު

2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް ޔާމީން ހުޅުމީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ: ގައުމުގެ ހާލަތާ މެދު ކަންބޮޑުވުންފާޅުކުރައްވާ ކަމަށް ވިދާޅުވި. -- ފޮޓޯ: ރައީސް އޮފީސް

2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް ޔާމީން ހުޅުމީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ: ގައުމުގެ ހާލަތާ މެދު ކަންބޮޑުވުންފާޅުކުރައްވާ ކަމަށް ވިދާޅުވި. -- ފޮޓޯ: ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީނާ ބައްދަލު ކުރެއްވުމުން ގައުމުގެ ހާލަތާމެދު ކަންބޮޑުވުން ފާޅު ކުރެއްވި ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

ޔާމީން ގޭ ބަންދަށް ބަދަލުކުރި ފަހުން ފުރަތަމަ ފަހަރަށް މިދިޔަ ހޮނިހިރު ދުވަހު ވަނީ އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕާ ބައްދަލު ކުރައްވައިފަ އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޑެޕިޔުޓީ ލީޑަރު އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެ ދުވަހު ދެ ގަޑިއިރަށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ގައުމުއޮތް ހާލަތާ މެދު ކަންބޮޑުވާ ކަމަށް ޔާމީން ވިދާޅުވި ކަމަށެވެ.

"ހާއްސަގޮތެއްގައި ކޮވިޑުގެ މި ހާލަތުގައި ގައުމުގެ ކަންތައްތައް ހުރި ގޮތާއި ކަންތައްތައް މެނޭޖް ކުރަމުންދާ ގޮތާ ދޭތެރޭގައި ވެސް އެމަނިކުފާނުގެ ކަންބޮޑުވުންތައް ހުރި،" ލީޑާޝިޕްގެ އެހެން ބޭފުޅުންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވާހަކަ ދައްކަވަނީ: ތަފްސީލް ދެއްވީ ޔާމީނާއެކު ބޭއްވި ބައްދަލުވުމަކާ ގުޅޭ ގޮތުން-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު
ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވާހަކަ ދައްކަވަނީ: ތަފްސީލް ދެއްވީ ޔާމީނާއެކު ބޭއްވި ބައްދަލުވުމަކާ ގުޅޭ ގޮތުން-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވާހަކަ ދައްކަވަނީ: ތަފްސީލް ދެއްވީ ޔާމީނާއެކު ބޭއްވި ބައްދަލުވުމަކާ ގުޅޭ ގޮތުން-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ޝިޔާމް ވިދާޅުވީ ކޮވިޑުގެ މިހާލަތުގައި ވެސް ރައްޔިތުންގެ ފައިސާ ނުރަނގަޅު ގޮތުގައި ބޭނުން ކުރަމުން ދާ ކަމަށެވެ. އަދި ހިޔާނާތްތައް ހިނގާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

ކޮވިޑުގެ ސަބަބުން ރާއްޖެއަށް އިގްތިސާދީ ގޮތުންނާއި އެހެން ގޮތްގޮތުން ވެސް ކުރިމަތިވާ ގޮންޖެހުންތައް ހައްލު ކުރެވޭނެ ލީޑަރަކީ ޔާމީން ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެހެން ކަމުން ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާފަދަ ކަންތައްތައް ވަމުންދާއިރު އިދިކޮޅު ކޯލިޝަނުން އެކަންކަން ރައްޔިތުންނަށް ބޮޑަށް ހާމަ ކުރަން ޔާމީން އިރުޝާދު ދެއްވި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ސިޔާސީ ގޮތުން ހުރި ގޮންޖެހުންތަކާއި އެ ކޯލިޝަން އިތުރަށް ކުރިއެރުވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް ޔާމީން ލަފާ ދެއްވި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ވިދާޅުވި ސާބިތުކަމާއެކީގައި މަސައްކަތް ކޮށްދެއްވާށޭ. ތިމަން މަނިކުފާން މި ހުންނެވީ ވަރަށް ސާބިތުކަމާއެކީގައޭ. ގައުމަށް ހިދުމަތް ކުރުމުގެ ވިސްނުންފުޅުގައި އަބަދުވެސް އޭރުވެސް، މިހާރު ވެސް އަދި މާދަން ވެސް އެމަނިކުފާން އެ ހުންނެވީ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އެ ބައްދަލުވުމުގެ ސަބަބުން އިތުރު ސިޔާސީ މަސައްކަތްތަކަށް ހިތްވަރު ލިބިގެން ގޮސްފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox