ވިލާގެ އެހީގައި ކިޔެވި ސިއްހީ ހިދުމަތްތެރިންގެ ލޯނު މާފުކޮށްދީފި

ގާސިމް އިބްރާހިމް: ލޯނުތައް ވަނީ މާފުކޮށްދެއްވާފައި

ގާސިމް އިބްރާހިމް: ލޯނުތައް ވަނީ މާފުކޮށްދެއްވާފައި

ވިލާ ފައުންޑޭޝަނާއި އެތަނުގެ ވެރިޔާ ގާސިމް އިބްރާހިމްގެ އެހީގެ ދަށުން މަތީ ތައުލީމް ހާސިލް ކޮށްފައިވާ މީހުންގެ ނުދެއްކި ހުރި ލޯނުތައް މާފުކޮށްދެއްވައިފި އެވެ.

ގާސިމް އިބްރާހިމްގެ ވިލާ ފައުންޑޭޝަންގެ "ސްކޮލަޝިޕް ސްކީމް"ގެ ދަށުންނާއި ލޯނު އެހީގެ ދަށުން އަދި އެނޫން ވެސް ގޮތަކުން ގިނަ އަދަދެއްގެ މީހުން ރާއްޖޭން ބޭރުން މަތީ ހާސިލްކޮށްފައިވެ އެވެ. އަދި މިހާރު ވެސް ބައެއް މީހުން އަންނަނީ ކިޔަވަމުންނެވެ.

އޭގެތެރޭގައި ސިއްހީ ދައިރާއިން ޑޮކްޓަރުކަމާއި ނަރުސްކަމާއި ފާމަސިސްޓުންނާއި ލެބޯޓްރީ ޓެކްނީޝިއަނުން، އަދި މެޑިކަލް ސައިންސްގެ ރޮގުން ކިޔަވައިގެން ތިބި މީހުން ގިނަ އެވެ. މީގެ ތެރޭގައި ރާއްޖެ އާއި ރާއްޖޭން ބޭރުގައި މިހާރު މަސައްކަތް ކުރަމުންދާ މީހުން ހިމެނެ އެވެ.

ގާސިމް އިބްރާހިމް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވިލާ ފައުންޑޭޝަނަށް އަދި އެ ނޫން ގޮތަކުން ދޫކުރި ލޯނަކަށް ވެސް ނުދެއްކި ފައިސާއެއް ވާނަމަ، އެ ފައިސާއެއް މާފުކޮށްދެއްވާ ކަމަށެވެ. އެއީ ކިތަންމެ ބޮޑު އަދަދެއްގެ ފައިސާއެއް ކަމަށްވީ ނަމަވެސް، މާފުކޮށްދެއްވީ ކަމަށް ވިދާޅުވި އެވެ.

"ކޮރޯނާ ބަލިމަޑުކަމުގެ ސަބަބުން މިފައުންޑޭޝަނަށާއި ވިލާ ކުންފުންޏަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ވަމުންދިޔަކަމުގައި ވިޔަސް، މި ދަނޑިވަޅަކީ މުޅި ދުނިޔެއަށާއި މި ދިވެހި ގައުމަށް ދިމާވެފައިވާ މިނުރައްކާތެރި ބަލިމަޑުކަމުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުންނާއި އަދި މެޑިކަލް ދާއިރާގެ ސްޓާފުން ވަރައް ބުރަކޮށް އަދި އެހައިމެ އަވަދިނެތި ވަރަށްގިނަ ވަގުތު މަސަތްކަތްތަކެއް ދަނީ ކުރަމުން،" ގާސިމް ވިދާޅުވި އެވެ.

އެހެންވެ، އެކަމުގެ އަގުވަޒަންކުރުމުގެ ލޯނުތައް މާފުކޮށްދެއްވުމަށް ވިލާ ފައުންޑޭޝަނުން ނިންމީ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މިދިޔަ ދޮޅު އަހަރެއްހާ ދުވަހު ވަރުބަލިކަމެއް ނެތި ކުރައްވަމުންގެންދާ ބުރަ މަސައްކަތްތައް އުފަލާ އެކު ބަލައިގަންނަ ކަމަށާއި ސިއްހީ ހިދުމަތްތެރިންނަށް އިލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާ ކަމަށެވެ.

"ތިޔަ ހުރިހާ ބޭފުޅުން މި ނާޒުކު ދަނޑިވަޅުގައި ދިވެހި ގައުމަށް ހިދްމަތްކޮށްދެއްވުމުގައި އިހުނަށް ވުރެ ބޮޑަށް ސާބިތުވެ ތިއްބަވާނެކަން އެއްވެސް ޝައްކެއްނެތި އަޅުގަނޑު ހިތުގެއަޑިން ޔަގީން ކުރަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި މިއަދަކީ އެންމެން އެކަކު އަނެކަކަށް މަދަދުވެރިވެ ކެތްތެރިކަމާ އެއްބައިވަންތަކަމާއެކު މަސައްކަތްކުރަންވީ ދުވަސް ކަމަށާއި، އެގޮތުން ސަރުކާރާ ރައްޔިތުން އެކުގައި ކުރަމުންގެންދާ މިންނެތް މަސައްކަތްތަކުގައި ރަހުމަތް ލައްވަވައި، ކޮރޯނާގެ ވަބާއިން ގައުމުގެ އެންމެހައި ރައްޔިތުން ސަލާމަތްކުރުމަށް ދައުވާ ދަންނަވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox