ކޮވިޑުގައި މިއަދުގެ މިހާތަނަށް ފަސް މީހުން މަރުވެއްޖެ

May 24, 2021, 6:05 AM
ހުޅުމާލެ ސަހަރާ: މިއަދު މިހާތަނަށް ވެސް ވަނީ ފަސް މީހަކު މަރުވެފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ހުޅުމާލެ ސަހަރާ: މިއަދު މިހާތަނަށް ވެސް ވަނީ ފަސް މީހަކު މަރުވެފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ކޮވިޑްގެ ހާލަތު ގޯސްވެ، މިއަދުގެ މިހާތަނަށް ވެސް ރާއްޖޭން ކޮވިޑް ބަލީގައި ފަސް މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަދު މަރުވެފައިވަނީ ފަސް ފިރިހެނުންނެވެ. އެއީ، 81، 58، 77، 93 އަދި 85 އަހަރުގެ މީހެކެވެ.

މިއަދުގެ ފަސް މަރާއެކު މި މަހު އެކަނި ވެސް ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 61 އަކަށް އަރާފަ އެވެ. ބަލީގައި ރާއްޖޭން ޖުމްލަ މަރުވި މީހުންގެ އަދަދު 134 އަކަށް އަރަ އެވެ.

ކޮވިޑް ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި މަހެއްގެ ގޮތުގައި މެއި މަސް ރިކޯޑް ކުރެވިފައިވާއިރު، އެހެން މަސްތަކާ އަޅާބަލާއިރު މަރުގެ ނިސްބަތް އުޅެނީ ވަރަށް މަތީގަ އެވެ.

މި އަހަރަށް ބަލާއިރު، ޖެނުއަރީ މަހު ކޮވިޑް ބަލީގައި ހަތަރު މީހަކު މަރުވިއިރު ފެބުރުއަރީ މަހު މަރުވެފައިވަނީ 10 މީހުންނެވެ. މާޗް މަހު ފަސް މީހުން މަރުވިއިރު، އޭޕްރީލް މަހު ބަލީގައި މަރުވި މީހުންގެ އަދަދަކީ ހައެކެވެ.

މީހުން މަރުވާ މިންވަރު އިތުރުވެފައިމިވަނީ ކޮވިޑަށް ރައްކާތެރިވުމުގެ ވެކްސިން ވެސް ޖަހަން ފަށާފައިވަނިކޮށެވެ. ކޮވިޑް ވެކްސިނަކީ، ބަލީގައި ހާލު ބޮޑުވުމުން ދުރުކޮށްދޭ އެއްޗެކެވެ. ނަމަވެސް، ގިނަ ބަޔަކަށް ކޮވިޑްގެ ދެވަނަ ޑޯޒު ވެކްސިން ނެތުމުގެ ސަބަބުން ވަނީ ނުޖެހި އެވެ.

އެޗްޕީއޭއިން މީގެ ފަސް ދުވަސް ކުރިން ހާމަކުރި ގޮތުގައި މި މަހުގެ އެހާތަނަށް މަރުވި މީހުންގެ ތެރެއިން 64 ޕަސަންޓު މީހުން ކޮވިޑު ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހަ އެވެ. އެ ތަފާސްހިސާބު ހާމަކުރި މި މަހު މަރުވެފައިވަނީ 39 މީހުންނެވެ.

އޭގެ ތެރެއިން، 20 ޕަސަންޓު އެއް ޑޯޒް ޖަހާފައިވާއިރު، ވެކްސިން ފުރިހަމަކޮށްފައިވަނީ އެންމެ 12 ޕަސަންޓް މީހުންކަން އެޗްޕީއޭއިން ހާމަކޮށްފައިވެ އެވެ.

ރާއްޖޭގައި ހަތަރު ވަނަ ރާޅަކާ ހަނގުރާމަ ކުރަމުންދާއިރު، ސިއްހީ ހިދުމަތްތެރިން ބުރަކޮށް މަސައްކަތް ކުރަން ޖެހުމުގެ ކަންބޮޑުވުން ވެސް އެބަ އޮތެވެ. ކޮވިޑް ފެސިލިޓީތަކާއި އައިސީޔޫތައް ވެސް ފުރިފައިވާއިރު، އެތަންތަނުގައި ބަލި މީހުން ބެލުމަށް އިންސާނީ ވަސީލަތްތައް މަދެވެ.

އެހެންނަމަވެސް، ބަލި މީހުންގެ ފަރުވާއަށް އެއްވެސް އިހުމާލެއް ނޯންނާނެ ކަމުގެ ޔަގީންކަން އެޗްޕީއޭ އިން ދެ އެވެ.

ކޮވިޑު ބަލީގައި މަރުވާ މީހުން، ހުޅުމާލޭ ސަހަރާގައި ވަޅުލަމުންދާއިރު އާއިލާއަށް ރަނގަޅަށް ޖަނާޒާ ވެސް ކުރިއަށް ނުގެންދެ އެވެ. އެއީ، ހިތްދަތި ތަޖުރިބާއެއް ކަމަށް ކޮވިޑް ބަލީގައި މަރުވާ މީހުންގެ އާއިލާތަކުން ދަނީ ބުނަމުންނެވެ. އަދި، ސަހަރާގައި މަސައްކަތް ކުރާ މީހުންނަށް ވެސް ކޮންމެ ދުވަހަކު އެތައް ބަޔަކު ވަޅުލާން ޖެހުމުން ވަނީ އަސަރުތަކެއް ކުރުވާފަ އެވެ.

ބަލީގެ ނުރައްކާ ބޮޑުވެފައި އޮތުމުން ފިޔަވަޅުތައް ވެސް ވަނީ ހަރުކަށިކޮށްފަ އެވެ. މާލޭގައި މިހާރު ކޮންމެ ދުވަހަކު ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް އޮތީ ކާފިއު އިއުލާންކޮށްފަ އެވެ. ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ގޭގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފައިވާ އިރު ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox