އެންމެ ވޯޓެއް މަދުވެ ރާއްޖޭން ބައިވެރިވި ބެޑްމިންޓަން ސްކޯރިން ގަވާއިދު ފާހެއް ނުވި

2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ މެޗެއްގެ ތެރެއިން ގައުމީ ބެޑްމިންޓަން ޓީމުގެ ނަބާހާ ޝަޓްލް ފޮނުވާލަނީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ މެޗެއްގެ ތެރެއިން ގައުމީ ބެޑްމިންޓަން ޓީމުގެ ނަބާހާ ޝަޓްލް ފޮނުވާލަނީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މަގުބޫލް ކުޅިވަރެއް ކަމަށްވާ ބެޑްމިންޓަންގެ ސްކޯރިން ގަވައިދަށް ބަދަލު ގެންނަން ރާއްޖެ އާއި އިންޑޮނީޝިއާ އިން ހުށަހެޅި ޕްރޮޕޯސަލް މިއަދު ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ ބީޑަބްލިއުއެފްގެ އާންމު ޖަލްސާގައި ކުޑަ ފަރަގަކުން ފާހެއްނުވި އެވެ.

ޖަލްސާގައި ބައިވެރިވާ ތިން ބައިކުޅަ ދެބައިގެ ތާއީދާ އެކު ފާސްކުރެވޭ މި ގަވާއިދަށް ލިބުނީ 66.31 ޕަސެންޓް ވޯޓެވެ. ފާސްކުރަން ބޭނުންވަނީ 67 ޕަސެންޓް ވޯޓެވެ. އިތުރަށް އެންމެ ގައުމެއްގެ ވޯޓު ލިބުނަސް މިއަދު އާ ގަވާއިދު އޮތީ ފާސްވާ ގޮތަށެވެ.

ހުށަހެޅުނު އާ ސްކޯރިން ގަވާއިދުގައިވާ ގޮތުން ބެޑްމިންޓަން މެޗުތައް ކުޅޭނީ ބެސްޓް އޮފް ފައިވްގެ އުސޫލުންނެވެ. އެއީ 11 ޕޮއިންޓުން ސެޓެއް ނިމޭ ގޮތަށެވެ. އެކަމަކު މިއަދުގެ ވޯޓާ އެކު ދެން ވެސް ބެޑްމިންޓަން ކުޅޭނީ ކުރިން ކުޅެމުން އައި ގަވާއިދަށް ބެސްޓް އޮފް ތުރީ އަށެވެ. އެ ގަވާއިދުގެ ދަށުން ސެޓެއް ނިމޭނީ 21 ޕޮއިންޓުންނެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސް މޫސާ ނާޝިދު (މޫސަ) މިއަދު "އަދަދު" އަށް ވިދާޅުވީ މިއީ ވަރަށް ކައިރި ކައިރިން ދިޔަ ވޯޓެއް ކަމަށެވެ. އަދި އެންމެ ވޯޓެއްގެ ފަރަގުން ގަވާއިދު ފާސްނުވެ ދިއުމަކީ ބެޑްމިންޓަން އިން ބޭނުންވާ ކުރިމަގު ހާސިލްކުރަން ބަލާއިރު ދެރައެއްގެ ގޮތުގައި ދެކޭ ކަމަށް މޫސަ ސިފަކުރެއްވި އެވެ.

"ބީޑަބްލިއުއެފް އިން ރުހުންދީފައި ބެޑްމިންޓަން އޭޝިއާ އިން ވެސް އަދި ޔޫރަޕުން ވެސް ތާއީދުކޮށްފައި އޮތް ސްކޯރިން ގަވާއިދެއް މި ފާސްނުވެ މިދިޔައީ. މީގެ އައި ވާޗުއަލްކޮށް މި ކޮންގްރެސް ކުރިއަށް ގޮސް ވޯޓިން ވެސް އެ ގޮތަށް އޮތީމަ އައި ކަންކަން ވެސް. ސިއްރު ވޯޓެއް ނެގުނީ އެކަމަކު ވާޗުއަލްކޮށް ވީމަ މީގެ ކޮންޓްރޯލް މި އަންނަނީ އެކަނި އެކަކަން. ދެން މި ގެއްލުނީ އަނެއްކާ ވެސް މި ވަގުތަށް ފުރުސަތުތަކެއް ބެޑްމިންޓަން ގްރޯވާން (ކުރިއަރާން)،" މޫސަ ވިދާޅުވި އެވެ.

ބެޑްމިންޓަނުގެ ދުނިޔޭގެ ފެޑެރޭޝަން ބީޑަބްލިއުއެފްގެ ކައުންސިލް މެމްބަރުކަމާއި ބެޑްމިންޓަން އޭޝިއާ އާއި ދެކުނު އޭޝިއާގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވަމުން އަންނަ މޫސަ ވިދާޅުވީ ރާއްޖޭންނާއި ބެޑްމިންޓަން އޭޝިއާ އިން ބޭނުންވި ގޮތަށް ނުދިޔަ ހަަމައެކަނި ކަމަކީ އާ ސްކޯރިން ގަވާއިދު ފާސްވުން ކަމަށާއި އެހެން ކަންކަން ދިޔައީ ރަނގަޅަށް ކަމަށެވެ.

ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަންގެ ރައީސް ޕޯލް-އެރިކް ހޯޔާ ލާސެން ވިދާޅުވީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ވެސް ބެޑްމިންޓަން ސްކޯރިން ގަވާއިދަށް ބަދަލު ގެންނަން ހުށަހެޅި ޕްރޮޕޯސަލް ފާސްނުވި ގޮތަށް މި ފަހަރު ވެސް އެ ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ކަމަށެވެ. އެކަމަކު މި ފަހަރު ކުރިއަށް ވުރެ އާ ގަވާއިދު ފާސްކުރަން ލިބުނު ވޯޓުތައް ގިނަވުމަކީ ހޯޔާ އަށް ހިތްހަމަޖެހުމެކެވެ.

"ހުށަހެޅިފައި އޮތް ސްކޯރިން ގަވާއިދަކީ އަހަރެންގެ ވިޝަންގައި ވެސް ހިމެނޭ ކަމެއް. އެ ގޮތަށް ބެޑްމިންޓަން ބަދަލު ކުރެވިއްޖެނަމަ ވަރަށް ގިނަ ބަޔަކަށް މި ކުޅިވަރު އިތުރަށް ޝައުގުވެރިވެ ކުރިއަރާނެ. މިއަދު މިހެންވިޔަސް އަހަރެމެން 2023-2024 ގެ ސްޓްރެޓީޖިކް ޕްލޭނަށް ދާއިރު ޝައުގުވެރި ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރިއަށްދާނެ،" 1996 ވަނަ އަހަރު އޮލިމްޕިކުން ރަން މެޑަލް ހޯދި ހޯޔާ ވިދާޅުވި އެވެ.

އާ ސްކޯރިން ގަވާއިދު ފާސްކުރަން ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަލްބިއުއެފާއި ބެޑްމިންޓަން އޭޝިއާ އަދި ޔޫރަޕުން އެއްބަސްވެގެން ބުރަ މަސައްކަތްތަކެއް ކޮށް މި ފަހަރު މިކަން ހާސިލްކުރެވޭނެ ކަމަށް ވަރަށް ގިނަ ބަޔަކު ޔަގީންކުރި އެވެ. އެކަމަކު އާ ސްކޯރިން ގަވާއިދު ފާސްނުވެދިޔައީ އަދިވެސް ބައެއް ވަރުގަދަ ގައުމުތަކުން މި ބަދަލުކުރަން ބޭނުންނުވުމުންނެވެ. ބަދަލަކަށް ވޯޓު ނުދޭ ގައުމުތައް ގިނައީ އެފްރިކާ އާއި ދެކުނު އެމެރިކާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox