ކޮވިޑަށް ފަރުވާއެއް ކަމަށް ބުނެ ދިވެހި ބޭހެއް ވިއްކާ މައްސަލަ ބަލަނީ

ކޮވިޑަށް ފަރުވާއެއް ކަމަށް ބުނެ ވިއްކަމުން ދާ ދިވެހި ބޭސް: އެ ވިއްކުން ހުއްޓާލަން އަންގައި މައްސަލަ ދަނީ ބަލަމުން--

ކޮވިޑަށް ފަރުވާއެއް ކަމަށް ބުނެ ވިއްކަމުން ދާ ދިވެހި ބޭސް: އެ ވިއްކުން ހުއްޓާލަން އަންގައި މައްސަލަ ދަނީ ބަލަމުން--

މިހާތަނަށް ހާއްސަ ބޭހެއް އުފެއްދިފައި ނުވާ ކޮވިޑް ބައްޔަށް ފަރުވާއެއް ކަމަށް ބުނެ ދިވެހި ބޭހެއް ހަދައިގެން ވިއްކަމުން ދަނިކޮށް އެކަން ހުއްޓާލުމަށް އަންގައި އެ މައްސަލަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބަލަން ފަށައިފި އެވެ.

އެ ބޭސް ހަދައިގެން ވިއްކަމުން ދަނީ ސެންޓާ ފޯ ޓްރެޑިޝަނަލް މެޑިސިން ކިޔާ ދިވެހި ބޭސް ފިހާރައަކުންނެވެ. "ހާބަލް ކޮވިޑް ކެއާ"ގެ ނަން ދީފައިވާ އެ ދިޔާ ބޭހުގެ 400 އެމްއެލް ފުޅިއެއް ވިއްކަނީ 80 ރުފިޔާއަށެވެ.

އެކަމާ ގުޅޭގޮތުން "އަދަދު"ން ސުވާލު ކުރުމުން އެމްއެފްޑީއޭގެ ޑައިރެކްޓާ އޮފް ފާމަސޫޓިކަލްސް މުހައްމަދު ފަޒީން ވިދާޅުވީ، އެ ބޭހަކީ މިހާތަނަށް ހުއްދަ ދީފައިވާ ބޭހެއް ނޫން ކަމަށާއި އެ ބޭސް ވިއްކުން ވަގުތުން ހުއްޓާލަން އަންގައި އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

"އެއީ ހުއްދަ ބޭހެއް ވެސް ނޫން ރަޖިސްޓާ ކުރެވިފައިވާ ބޭހެއް ވެސް ނޫން. އެ ލޭބަލްއަކީ ވެސް އެޕްރޫވް ކުރެވިފައިވާ ލޭބަލްއެއް ނޫން." އޭނާ ވިދާޅުވި އެވެ.

ގަވައިދު ބުނާގޮތުން ރާއްޖޭގައި ދިވެހި ބޭހެއްވެސް ވިއްކޭނީ އެމްއެފްޑީއޭން ފާސް ކުރުމަށް ފަހުގަ އެވެ. ދިވެހި ބޭސްވެސް ވިއްކުމުގެ ހުއްދަ ދެނީ ސައިންޓިފިކް ރިސާޗަށް ފަހުގަ އެވެ.

ފަޒީން ވިދާޅުވީ ހުއްދަ ނެތި އެފަދަ ބޭހެއް ވިއްކި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ބޭސް ވިއްކުން ހުއްޓާލަން އަންގާފައިވީ ނަމަވެސް، މިހާރު ވެސް އެ ފިހާރައިން ބޭސް ވިއްކަމުން އެބަދެ އެވެ. އަދި، އެ ފިހާރައިން މައުލޫމާތު ދޭ ގޮތުގައި ބޭހަށް ޑިމާންޑް ވެސް ބޮޑެވެ. ނަމަވެސް، ކޮވިޑުގެ ފަރުވާއަށް މިފަދަ ބޭސްތައް ބޭނުން ނުކުރުމަށް ޑޮކްޓަރުން މީގެކުރިން ވެސް އިރުޝާދު ދެއްވާފައިވެ އެވެ.

އެގޮތުން، ޑރ. ނަޒްލާ ރަފީގާއި ޑރ. އަލީ ލަތީފް ވަނީ މާލޭގައި ކޮވިޑް ފެތެރެން ފެށުމާއެކު ވެސް ދިވެހި ބޭސް ބަލީގެ ފަރުވާއަށް ބޭނުން ނުކުރުމަށް އެދިވަޑައިގެންފައިވެ އެވެ. މިފަދަ ބޭސްތައް ޑޮކްޓަރެއްގެ ލަފާއާ ނުލާ ބޭނުން ކުރުމަކީ ނޭދެވޭ އަސަރުތަކެއް ހާއްސަކޮށް ހައިރިސްކު މީހުންނަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.

އެ ބޭސް ފިހާރައިން ފޯނު ނެގި މީހަކު ބުނީ އެއީ ކޮވިޑަށް ހާއްސަކޮށްގެން އެ މީހުން ތައްޔާރުކޮށްގެން އުޅޭ ބޭހެއް ކަމަށެވެ. އެ ބޭސް ބޭނުން ކުރާ މީހުން ހޮސްޕިޓަލުގައި އެޑްމިޓް ނުކޮށް ކޮވިޑުން ރަނގަޅު ކުރެވޭ ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ބުރަ މަސައްކަތެއް މިއީ ރެއާއި ދުވާލު ހޭލާތިބެ މި ތައްޔާރުކޮށް ކަންކަން ކުރުމަށް،" އޭނާ ބުންޏެވެ.

"ކޮވިޑް ޖެހުނު ވަރަށް ގިނަ މީހުން އެބަހުރި މި ބޭސް ބޭނުންކޮށްގެން ރަނގަޅު ވެފައިވެސް."

އެ ބޭހަކީ އެމްއެފްޑީއޭން ހުއްދަ ކޮށްފައިވާ ބޭހެއްތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ ފިހާރައިން ވިއްކަނީ މުޅިންވެސް ހުއްދަ ކޮށްފައިވާ ބޭސް ކަމަށެވެ.

އޭނާ ބުނީ ދުވާލެއްގެ މައްޗަށް 100 އަށް ވުރެން ގިނަ ފުޅި ވިކޭ ކަމަށެވެ. އެމްއެފްޑީއޭން މިއަދު އެބޭސް ނުވިއްކަން އަންގާފައިވީ ނަމަވެސް މިރޭ ވެސް އެ ބޭސް ވިއްކަމުން ދާ ކަމަށް ފިހާރައިން ބުންޏެވެ.

މިހާތަނަށް ކޮވިޑް އެއްކޮށް ރަނގަޅު ކުރެވޭނެ ނުވަތަ ނުޖެހޭނެ އެއްވެސް ގޮތެއް ފެނިފައެއް ނުވެ އެވެ. ނަމަވެސް، އިންޑިއާގައި މުޅިން އަލަށް އުފެއްދި ބޭހެއް ކޮވިޑަށް ފަރުވާ ދޭން އެމެޖެންސީ ހާލަތުގައި މިހާރު ވަނީ ބޭނުން ކުރަން ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox