ހަރުކަށި ފިކުރުގެ ވިސްނުމާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ މީހަކު ހުޅުމާލޭން މިއަދު ހައްޔަރުކޮށްފި އެވެ.
ހައްދުފަހަނައަޅާފައިވާ، ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންދާ އޮޕަރޭޝަނުގައި ހައްޔަރުކުރީ ފުލުހުން ބުނި ގޮތުގައި، 27 އަހަރުގެ މީހެކެވެ.
މީހާގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މީގެކުރިން ފުލުހުން ވަނީ މާލޭން ވެސް އެ ފިކުރުގެ ބޮޑެއް ކަމަށް ތުހުމަތުވާ މީހަކު ހައްޔަރުކޮށްފަ އެވެ. އައްޑޫ ސިޓީން ވެސް ނުވަ މީހަކު ހައްޔަރުކޮށްފައިވެ އެވެ.
މި އޮޕަރޭޝަން ފުލުހުން ފަށާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދިނުމާ ގުޅިގެންނެވެ. އެ ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތަށް ވެސް ފުލުހުން މިހާތަނަށް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ.

އެ ހަތަރު މީހުންގެ ވެސް ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، އެމީހުންނަކީ ހަރުކަށި ފިކުރާ ގުޅުން އޮތް ބައެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.













