ބެޑްމިންޓަނަށް ގެންނަ ތާރީހީ ބަދަލުގައި ކުޑަކުޑަ ރާއްޖޭގެ ރޯލު ބޮޑު: މޫސަ

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ).

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ).

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ޕްރޮފެޝަނަލް ލެވަލްގައި ކުޅެމުން އަންނަ ކުޅިވަރެއް ކަމަށްވާ ބެޑްމިންޓަންގެ ސްކޯރިން ގަވާއިދަށް ބަދަލެއް ގެންނަން ކުރަމުން އަންނަ މަސައްކަތުގައި ކުޑަ ގައުމެއްގެ ގޮތުގައި އޮތް ނަމަވެސް ރާއްޖޭގެ ރޯލު ބޮޑު ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް)ގެ ރައީސް މޫސާ ނާޝިދު (މޫސަ) ވިދާޅުވެއްޖެ އެވެ.

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އަށް ސްކޯރިން ގަވާއިދަށް ބަދަލު ގެންނަން ހުށަހެޅީ ބީއޭއެމް އާއި އިންޑޮނީޝިއާގެ ބެޑްމިންޓަން އެސޯސިއޭޝަން ގުޅިގެންނެވެ. މިއީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނުން ބައިނަލްއަގުވާމީ ކުޅިވަރެއްގެ ގަވާއިދަކަށް އިސްލާހެއް ގެންނަން އިސްނަގައިގެން ބޮޑު މަސައްކަތެއްކުރާ ފުރަތަމަ ފަހަރެވެ.

މިދިޔަ މަހު ކުރީކޮޅުގައި ބެޑްމިންޓަންގެ ދުނިޔޭގެ ފެޑެރޭޝަނުން މީޑިއާ އަށް ވަނީ ރާއްޖެ އާއި އިންޑޮނީޝިއާ އިން އިސްވެ މި ހުށަހެޅި ސްކޯރިން ގަވާއިދަށް ގެންނަ ބަދަލު އިއުލާނުކޮށްފަ އެވެ. ހުށަހެޅިފައިވާ ގަވާއިދާ އެކު ބެޑްމިންޓަން މެޗުތައް ކުޅޭނީ ބެސްޓް އޮފް ފައިވްގެ އުސޫލުންނެވެ. އެއީ 11 ޕޮއިންޓުން ސެޓެއް ނިމޭ ގޮތަށެވެ. މިހާރު ކުޅެމުން އަންނަނީ ބެސްޓް އޮފް ތުރީގެ ގަވާއިދަށެވެ. އެ ގަވާއިދުގެ ދަށުން ސެޓެއް ނިމޭނީ 21 ޕޮއިންޓުންނެވެ.

ބެޑްމިންޓަނުގެ ދުނިޔޭގެ ފެޑެރޭޝަން ބީޑަބްލިއުއެފްގެ ކައުންސިލް މެމްބަރުކަމާއި ބެޑްމިންޓަން އޭޝިއާ އާއި ދެކުނު އޭޝިއާގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވަމުން އަންނަ މޫސަ މިއަދު "އަދަދު" އަށް ވިދާޅުވީ މި ބަދަލަކީ 2017 ވަނަ އަހަރު ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާގެ ކައުންސިލުން ގެންނަން ބޭނުންވި ބަދަލެއް ނަމަވެސް އެ ފަހަރު އެކަން ކުރެވޭގޮތް ނުވީ އޭޝިއާގެ ގައުމުތަކުގެ ތާއީދު އެކަމަށް ނެތުމުންނެވެ.

"އެ ފަހަރު ބެޑްމިންޓަން އޭޝިއާ ތެރޭގައި ވެސް މާ ބޮޑު ތާއީދެއް ނެތް މި ބަދަލަކަށް. އެއީ ހަގީގަތުގައި ފުރިހަމަ އަށް މި ރިސާޗްތައް ނުކުރެވި ކުރިއަށްދާން ބޭނުމެއް ނުވާތީ. އެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ ބެޑްމިންޓަން އޭޝިއާ އިން މިދިޔަ ހަތް ވަރަކަށް އަހަރު ދިޔައީ ރިސާޗްތަކެއް ކުރަމުން ސެލިން ޕޮއިންޓަށް ބަލާއިރު ބެޑްމިންޓަން އެހެން ބައްރުތަކުގައި ފުޅާކުރެވޭނެ ގޮތެއް ހަދަން. ރާއްޖޭގައި ވެސް 10 ވަރަކަށް އަހަރު އެކި ގޮތްގޮތުން މީގެ ކުރިއަށްދެވޭނެ ގޮތްތަކެއް ބަލަމުން އައީ،" މޫސަ ވިދާޅުވި އެވެ.

"މީގެ މަޝްވަރާކުރަން ޖެހޭ އެކި ފަރާތްތަކާ އެކު ކުރަމުން މި އަންނަނީ. އަޅުގަނޑު ބެޑްމިންޓަން އޭޝިއާގައި ހުރީމަ ވެސް ފަސޭހަތަކެއް ލިބިގެންދޭ،"

މޫސަ ވިދާޅުވީ އިންޑޮނީޝިއާ އަކީ އެންމެ ފޯރިގަދަކޮށް އެންމެ ގިނަ މީހުން ބައިވެރިވެގެން ބެޑްމިންޓަން ދުނިޔޭގެ ލެވަލްގައި ވެސް ކުޅޭތަން ކަމަށާއި އަނެއް ކޮޅުން ރާއްޖެ އަކީ ޑިވެލޮޕްމަންޓް ސައިޑުން ބަލާކަމަށްވާ ނަމަ ބެޑްމިންޓަން ކުރިއަރަމުން ސަޕޯޓް ވެސް ލިބެމުން އަންނަ ގައުމެއް ކަމަށެވެ.

"މި ދެބައި (ސަޕޯޓް ބޮޑު ގައުމާއި ކުޑަކޮށް އޮތް ނަމަވެސް ޑިވެލޮޕްމަންޓް އޮތް ގައުމު) އެއްވެގެން އައީމަ ވަރަށް ރަނގަޅު މިސާލެއް މި ދެއްކެނީ. މި ކޮމްބިނޭޝަން ރަނގަޅުވީމަ ސެލިން ޕޮއިންޓަށް ބަލާއިރު ފަސޭހަ އެބަވޭ އެހެން ގައުމުތަކަށް ކޮންވިންސް ކޮށްދެން (ޔަގީންކޮށްދެން). ދުނިޔޭގެ އެކި ގައުމުތަކަށް މި ނަގައިގަންނަން ވެސް ފަސޭހަ އެބަވޭ ހަގީގަތުގައި މި ގޮތަށް މި ފަހަރު މިކަން އައީމަ،" މޫސަ ވިދާޅުވި އެވެ.

"އެ މީހުން (ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަނުން) މީގެ ކްރެޑިޓް ރާއްޖެ އަށް ދޭނެ އެއް ކަމެއް ހަގީގަތުގައި އެއީ ކުޑަކުޑަ ރާއްޖޭން މި ހިސްޓޯރިކަލް (ތާރީހީ) ބަދަލަށް މި ކުރާ މަސައްކަތް. މިއީ ރާއްޖޭގެ ކުޅިވަރަށް ވެސް ލިބޭނެ ރީތި ނަމެއް،"

މީގެ ހަތަރު އަހަރު ކުރިން ބީޑަބްލިއުއެފް އިން ސްކޯރިން ގަވާއިދަށް ބަދަލެއް ގެންނަން ބޭނުންވި މިހާރު ހުށަހެޅިފައި އޮތް ބަދަލާ ކޮންމެ ވެސް ވަރަކަށް ތަފާތު ކަންތައްތަކެއް ހިމަނައިގެންނެވެ. ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަންގެ ރައީސް ޕޯލް-އެރިކް ހޯޔާ ލާސެން ވަނީ މީޑިއާގައި އެ ވާހަކަތައް ދައްކަވައިފަ އެވެ. އަލުން ސްކޯރިން ގަވާއިދަށް ރާއްޖެ އާއި އިންޑޮނީޝިއާ އިން ހުށަހެޅުނު މި ބަދަލަށް ދުނިޔޭގެ ފެޑެރޭޝަނުން ވެސް ވަނީ މަރުހަބާ ކިޔައިފަ އެވެ.

މޫސަ ވިދާޅުވީ ޔޫރަޕުން ވެސް މި ފަހަރު މި ބަދަލަށް މަރުހަބާކީ އެންމެ ބޮޑު ސަބަބަކީ މި ކުޅިވަރު ސަޕޯޓަރުންގެ ނަޒަރުން ކުރިއަރައިގެންދާން ބޮޑު ފުރުސަތެއް އޮތުމުން ކަމަށެވެ. އާ ސްކޯރިން ގަވާއިދު އައިސްފިނަމަ ކުރުކޮށް ސެޓްތައް ނިމޭ ގޮތަށް އޮތުމުން ސަޕޯޓަރުން މީގެ އަށް އޮންނަ ޝައުގުވެރިކަން ކުރިއަށް ވުރެ އިތުރުވެ ބެޑްމިންޓަން ކޮމިއުނިޓީ އިތުރަށް ފުޅާވެގެންދާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

"މިހާރު ޔޫރަޕާއި އޭޝިއާ މި އޮތީ މި ބަދަލު ގެންނަން އެއް ކޮޅަށް އާދެވިފައި ކަމަށް މިދެކެނީ. ދެން އެފްރިކާ އާއި ދެކުނު އެމެރިކާގެ ގައުމުތަކުން ވެސް ބެލެވޭ ރަނގަޅުވާނެ ކަމަށް. ދެން އޯޝެނިއާ އަށް ބަލާއިރު އެ ތަނުގައި އެކްޓިވްލީ ކުޅޭ ގައުމުތަކަށް މި އޮތީ އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑް. އެ ދެ ގައުމުގެ ވެސް ސަޕޯޓް އެބައޮތް ކަމަށް މި ދެކެނީ. އިރާދަކުރެއްވިއްޔާ މި ފަހަރު މިކަން ކުރެވޭނެ،" މޫސަ ވިދާޅުވި އެވެ.

އިއްޔެ ބެޑްމިންޓަން ޔޫރަޕުން ވެސް ވަނީ ހުށަހެޅިފައިވާ ސްކޯރިން ބަދަލަށް ތާއީދު އޮތްކަން ހާމަކޮށް ބަޔާނެއް ނެރެފަ އެވެ. އަދި އަންނަ ހޮނިހިރު ދުވަހު ބާއްވާ ބީޑަބްލިއުއެފްގެ އާންމު ޖަލްސާގައި މި ބަދަލު ގެންނަން ފާސްވޭތޯ ވޯޓެއް ނަގާނެ އެވެ. ފާސްވެއްޖެނަމަ މި އަހަރުގެ އޮލިމްޕިކްސް އަށް ފަހު ދެން އަމަލުކުރާނީ އާ ގަވާއިދަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox