ކޮންމެ ކަމެއް ވަރިހަމަވުން: މިއީ ކަމުދާ ގޮތެއްތަ؟

އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)

އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)

އެއްވެސް ޒަމާނެއްގައި އަހަރެމެން ދިވެހިންނަކީ ދިވެހީންގެ ކަންކަމުގައި ބަސްބުނަން ޖެހިލުންވާ ބައެއް ނޫނެވެ. އުތީމު ތިން ބަދަވީންގެ ޖިހާދު، މޮޓަރުބޯޓު ގަޑުބަޑު، ކަޅު ހުކުރު، ފެބްރުއަރީ ހަތެއް އަދި މި ނޫން ވެސް ދިވެހިންގެ ވެރިކަމުގެ ނިޒާމަށް ގެނައި ކޮންމެ ބޮޑު ބަދަލެއް އެއީ، ދިވެހިންނަކީ "އެޅިހާ ބަތަކަށް ރިހަ" ކިޔައިގެން ތިބޭނޭ ބައެއް ނޫންކަން ދައްކުވައިދޭ މިސާލުތަކެވެ.

ދިވެހިންގެ ސިޔާސީ މުރާލިކަމަށް ތާރީހު ހެކިދިންކަމުގައި ވިޔަސް، އަދި ދިވެހިންގެ ސިޔާސީ މައިދާން ދިވެހި ތާރީހު ދުވަހަކު ނުދެކޭ މިންވަރަށް މިއަދު ހަރަކާތްތެރިވެފައިވާ ނަމަވެސް، ދިވެހި އާބާދީގެ ކޮންމެވެސް މިންވަރަކަށް، މިޒާތުގެ މުރާލިކަން ކަމުނުދާކަމީ މިއަދު ފެންނާން އޮތް ހަގީގަތެކެވެ. މި ދައްކަނީ، "ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް އަހަރެމެންނަށް ވާ ފައިދާއެއް ކޮބައިހޭ؟" ސުވާލުކުރާ އާބާދީގެ ވާހަކަ އެވެ. ވޯޓުލާން ނުނިކުންނަ އާބާދީގެ ވާހަކަ އެވެ. ދިވެހިންގެ ހައްގުތަކާއި ބޭނުންތަކާއި ހާލަތައް އަންނަ އަދި ގެންނަ ބަދަލުތައް "ވަރިހަމަ"ވާ އާބާދީގެ ވާހަކަ އެވެ.

ދެ ހާހުގެ އަހަރުތަކަށް ބަލާލަމާތޯ އެވެ. މަތިމަތިން ނަޒަރު ހިންގާލާނަމަ އެއީ، މިހާރު ދިރިތިބި ގިނަ ދިވެހިން ދުއް އެންމެ އަމާން ދުވަސްތަކެވެ. ދިވެހިން ދިޔައީ ހަރު ދުވެއްޔެއްގައި ތަރައްގީގެ ބޮންތީގައި ހިފުމަށް ތައްޔާރުވަމުންނެވެ. ބަލިމަޑުކަން މަދު، ކުށް މަދު، އެއްބައިވަންތަ މުޖުތަމައެކެވެ. އެންމެ ސުލްހަވެރި މުޖުތަމައުތަކުގައި ކަން ހިނގާނޭހެން، ފަންނުވެރިކަމާއި އަދަބިއްޔާތު ދިޔައީ ފަރިވެ ފައްކާވުމުންނެވެ. އެހެން ނަމަވެސް ހިތާމަވެރި ހަގީގަތަކީ އޭރު ދިވެހިން ތިބީ ވެރިން އެޅުވި އަނދުނެއް އަޅައިގެން، އެޅިހާ ބަތަކަށް ރިހަ ކިޔައިގެން، އަމިއްލަ ހައްގުތަކަށް ޖާހިލުވެ، ނާއިންސާފަށް ބީރު ކަންފަތެއް ދީގެން، އެ "މަތި އޮމާންކޮށްފައިވާ" އަމާންކަމުގައި ރެނދެއް ލައްވާލަން ކަންނެތްވެފައިކަމެވެ.

އަހަރެމެން އޭރު އެ ގޮތަށް ތިބި ނަމަ، ކަޅު ހުކުރު ނައި ނަމަ، މޯލްޑިވިއަން އަންޑަ ގްރައުންޑް ހަރަކާތްތައް ބިން ފަޅައި ނުނިކުތްނަމަ، އަދިވެސް އަހަރުމެން ތިބީހީ އެ ކަންނެތްކަން މަތީ ވަރިހަމަވެފަ އެވެ. އެ ހާލާތުގައި ދެމި ތިބެން ދިވެހިން ރުހުނު ނަމަ، މިއަދު ގައުމު މި ދެކޭ އިންސާނީ ތަރައްގީ އާއި އިޖުތިމާއީ މިނިވަންކަން ފެނުނީސްތޯ ސުވާލު އުފައްދަން އެބަ މަޖުބޫރުވެ އެވެ.

މި ބުނި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ދިވެހިން އުފަންކުރި ފެހި ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައިވެ އެވެ.

"ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގަ އެވެ."

ކަންމިހެން އޮތް އިރު، މިއަދު ގައުމީ މުހިއްމު ކަންކަމުގައި ވަރިހަމަވެގެން ވާން އެބައޮތްތޯ އަމިއްލަ ހިތާ ސުވާލުކޮށްލަން ޖެހެ އެވެ. ދިވެހި ދައުލަތުގެ ބާރުތައް ފެށެނީވެސް އަދި ދެމި އޮންނަނީވެސް ރައްޔިތުންގެ ކިބައިގައިކަމަށްވާއިރު، އެކަން ރައްޔިތުން ހަނދާން ނައްތާލައިގެން ފުދޭކަށް ނޯންނާނެ އެވެ. އެކި މަންސަތަކުގައި ރައްޔިތުން ތަމްސީލުކުރާނޭ އެކި މަންދޫބުން ހަމައެކަނި އިންތިހާބު ކުރުމުން ފުދުނީކީ ނޫނެވެ. އެ މަންދޫބުން ހަގީގަތުގައިވެސް އެ ފާޅުކުރަނީ ރައްޔިތުންގެ އިހުސާސްތައްތޯ، އެ ތަންފީޒުކުރަނީ ރައްޔިތުން އެދޭ ކަންކަންތޯ ބެލުމަކީ އަހަރެމެން ރައްޔިތުންގެ މަސްއޫލިއްޔަތެކެވެ.

ހޯމަ ދުވަހު ކައުންސިލްތަކުގެ މަގާމުތަކާއި ހުވާ ކުރި ކައުންސިލަރުންނަކީ، އިހުގައި ކައުންސިލްތަކަށް ނުލިބޭ ބާރާއި މުސްތަގިއްލުކަމާއެކު މަސްއޫލިއްޔަތުތަކާ ހަވާލުވި ރައްޔިތުންގެ މަންދޫބުންނެވެ. އެ މަންދޫބުންނަކީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާނޭ ސިޔާސީ ލީޑަރުންނެވެ. އަހަރެމެންގެ ރަށްތަކާއި އަތޮޅުތަކާއި ސިޓީތަކަށް އެ މަންދޫބުން ގެންގުޅުއްވާ ތަސައްވަރުތަކަކީ އަހަރެމެންގެ ތަސައްވަރު ނޫންކަމުގައިވާނަމަ، އެކަމާ ދެކޮޅަށް ހިޔާލުފާޅުކޮށް، އެ ޑަޔަލޮގު ފެއްޓުމަކީ އަހަރެމެންގެ ފަރުދީ ހައްގެކެވެ. އެ މަސްއޫލިއްޔަތައް އަހަރެމެން ކަންނެތް ވެއްޖެނަމަ، ނުވަތަ ކުރި ކޮންމެ ކަމެއް ވަރިހަމަ ކަމަށް ވެއްޖެ ނަމަ، ގާނޫނު އަސާސީން އަހަރެމެންނަށް ލިބިދޭ ބާރު އަހަރެމެންގެ އަމިއްލަ އިހުތިޔާރުގައި ދޫކޮށްލެވުނީ އެވެ.

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް، ގައުމުގައި ހިނގާ ކަންކަމަކީ ސީދާ އަހަރެމެންގެ މަސްލަހަތު އޮތް ކަންކަން ކަމަށް ދެކެން ދަތިވަނީ ކީއްވެގެންބާވަ އެވެ؟ އެކަންކަމާ ދެކޮޅަށް ބަސްބުނުމަކީ ވެރިންގެ "ބަސްނޭހުން" ނުވަތަ ޕާޓީއަށް ބޭވަފާވުން ކަމުގައި ބެލެވެނީ ކީއްވެގެންބާވަ އެވެ؟ ޒަމާނީ ޑިމޮކްރަސީގެ މަގްސަދަކީ ހިޔާލު ފާޅުކުރުމެއް ނޫންތޯ އެވެ؟

ތިމާ ނޫން މީހަކާ ދެކޮޅަށް ނާއިންސާފުން ކަމެއް ހިނގުމުން އެ ވާހަކަ ދައްކަނީ މަޝްހޫރުކަން ހޯދާކަށް ނޫނެވެ. ސޯޝަލް މީޑިއާ ކްލައުޓް ބޮޑުކުރާކަށް ވެސް ނޫނެވެ. އެހެންނަމަވެސް ތިމާ އަށް، ނުވަތަ ތިމާ ލޯބިވާ މީހަކަށް އެ ފަދަ ނާއިންސާފު ކަމެއް ހިނގިޔަ ނުދިނުމަށެވެ.

ހާއްސަކޮށް، ބަވަނަ ވެފައިވާ މި ދުނިޔޭގައި ބައެއް މީހުން ސިޔާސީ އަދި އިޖުތިމާއީ ކަންކަމުގައި ވަރިހަމަވެފައި ތިބޭ ތިބުން ކުށްވެރިކުރާނޭ ޖާގަ ވެސް އެމީހުންނަށް ތާއީދުކުރާ ފަރާތްތަކަށް ނެތެކޭ ނުދެންނެވޭނެ އެވެ. ގައުމުގައި މުހިއްމު ކަންކަން ހިނގާއިރު، "ސެލެބްރިޓީން"ނާއި ސޯޝަލް މީޑިއާގެ "އިންފްލުއެންސާސް" މި މަސްއޫލިއްޔަތު އަދާކުރަން އެބަ ޖެހެ އެވެ. އެ މީހުންނަށް ލިބިފައި އެވާ މަންސައިގެ ބޭނުން ހެޔޮގޮތުގައި ހިފަން އެބަ ޖެހެ އެވެ.

ބަވަނަ ވަމުންދާ މި ދުނިޔޭގައި މި ހަރަކާތްތެރިކަން ދައްކަންވީ ހަމައެކަނި ދާހިލީ ކަންކަމުގައެއް ނޫނެވެ. ދިވެހިންގެ މަސްލަހަތު އޮންނަ ބައިނަލްއަގްވާމީ މައްސަލަތަކުގައި ވެސް ފަރުދީ ފެންވަރެއްގައި ވެސް އަޑު އުފުލާންވީ އެވެ. ފަލަސްތީނާ އެކުގައި ދިވެހިން ވާކަން ދެއްކުމަށް، ދިވެހިން މިއަދު މިކުރާ ސޯޝަލް މީޑިއާ އިހުތިޖާޖަކީ މި ފަދަ ލާމަސީލު މިސާލެކެވެ. ދިވެހި ދައުލަތުން ފަލަސްތީނާއެކުވާކަން ރަސްމީ ސިފައެއްގައި ދެއްކުމުގެ އެތައް ދުވަހެއް ކުރިން، ސޯޝަލް މީޑިއާގައި އެކި ފެންވަރުގައި ވަކި ވަކި ފަރުދުން ކުރަމުންދިޔަ މަސައްކަތްތަކުން ސީދާ ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިންގެ ޝުއޫރުތައް ވަނީ އަންގައިދީފަ އެވެ. އަދި މިހާރު ވެސް ރަސްމީ ސިފައެއްގައި ގައުމީ ފެންވަރުގައި އިތުރު ކަންކަން ކުރުވުމަށް، އެ ޕްލެޓްފޯމުގައި ދައުލަތައް ޕްރެޝަރު ކުރަމުން އެދާ ދިއުމަކީ ރައްޔިތުންގެ ބާރު ބޭނުންކުރެވޭނޭ ގޮތުގެ ފުރިހަމަ މިސާލެކެވެ.

ސިޔާސީ އަދި އިޖުތިމާއީ ކަންކަމުގައި ވަރިހަމަވެފައި ތިބުމަކީ ކޮންމެ ކޮންމެ މީހަކަށް އޮންނަ އިހުތިޔާރެއް ނޫނެވެ. ނާއިންސާފާ ކުރިމަތިލާން އެދޭ، ނުވަތަ ތިމާގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރަން އެދި ވިރާސީ މުދަލުގައި އެކަން ކުރެވެން ނެތް ކޮންމެ މީހަކަށް ގައުމުގެ ކަންކަން ހަރުދަނާކުރުމުގައި ބައިވެރިވާން އެބަ މަޖުބޫރުވެ އެވެ. އެހެން ނަމަވެސް މި ކަން އެންމެ ފުރިހަމަ ގޮތުގައި ވާން އޮތީ، ވަރިހަމަވުމުގެ އިހުތިޔާރު އޮތް މީހުން ވެސް މިކަމުގައި ބައިވެރިވެގެންނެވެ. އަހަރެމެންނަށް މިއަދު ލިބިފައިވާ ހައްގުތަކާއި އިހުތިޔާރުތަކުގެ ހަގީގީ ބާރު އޮތީ، އެއާ އެކުލެވިގެންވާ ޒިންމާތަކާ އެކުގައިކަން މުޅި މުޖުތަމައު ވެސް ހަނދާންކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox