ދަރަވަންދޫން ހައްޔަރުކުރީ ނަޝީދަށް ދިން ހަމަލާއާ ގުޅުންހުރި މީހެއް

މިރޭ ދަރަވަންދޫ އިން ހައްޔަރުކުރި ފާތިހު: އޭނާ އަކީ ރައީސް ނަޝީދަށް ހަމަލާދޭން ބޮމެއް ގޮއްވާލި މައްސަލައާ ގުޅުންހުރި މީހެއް ކަމަށް ތުހުމަތުކުރޭ. -ގްރެފިކްސް: އަބްދުﷲ ޝަފީއު/ އަދަދު

މިރޭ ދަރަވަންދޫ އިން ހައްޔަރުކުރި ފާތިހު: އޭނާ އަކީ ރައީސް ނަޝީދަށް ހަމަލާދޭން ބޮމެއް ގޮއްވާލި މައްސަލައާ ގުޅުންހުރި މީހެއް ކަމަށް ތުހުމަތުކުރޭ. -ގްރެފިކްސް: އަބްދުﷲ ޝަފީއު/ އަދަދު

ބ. ދަރަވަންދޫ އިން ފުލުހުން ބުދަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ސައިކަލެއް ގޮއްވާލި މައްސަލައާ ގުޅުން ހުރި މީހެއްކަން 'އަދަދު' އަށް ކަށަވަރުވެއްޖެ އެވެ.

މިހާތަނަށް ފުލުހުން މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ބާރުގަދަ އައީޑީ ސައިކަލްގެ ތެރެއަށް ލައި ގޮއްވާލީ ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރަށް އަރާވަޑައިގަންނަވާ ވަގުތުކޮޅާ ދިމާކޮށެވެ. އެ ސައިކަލް ބަހައްޓާފައިހުރީ ކެނެރީގޭ ހުންނަ ނީލޯފަރުހިނގުން، މަޖީދީ މަގާ ވީ ކަންމަތީގަ އެވެ.

ދަރަވަންދޫގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އިތުރު މައުލޫމާތެއް އަދި ނުދެ އެވެ. ހައްޔަރުކުރި މިހާގެ ވަނަވަރު ވެސް އަދި ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

"އަދަދު" އަށް ޔަގީންވެފައިވާ ގޮތުގައި ފުލުހުން އެ ރަށުން ހައްޔަރުކޮށްފައިވަނީ ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ ރައީސް ނަޝީދު އަވަހާރަކޮށްލަން ސައިކަލެއް ގޮއްވާލި މައްސަލައާ ގުޅުންހުރި މީހެއްކަންވެސް ވަނީ ކަށަވަރުވެފަ އެވެ.

ލ. ކަޅައިދޫ އަށް އުފަން ފާތިހު ފަހުން އެ އަތޮޅު ގަމަށް ބަދަލުވެފައިވާއިރު، އޭނާ ދަރަވަންދޫއަށް ގޮސްފައިވަނީ އެރަށު މީހަކާ ކައިވެނިކުރުމަަށް ކަމަށް އޭނާއާ ހަވާލާދީ އެރަށު ބައެއް މީހުން ބުނެފައި ވެއެވެ. އޭނާ ކައިވެނި ކުރީ އޮންލައިންކޮށް ކަމަށް އެނގިފައިވާކަމަށް ބައެއް މީހުން ބުނި ނަމަވެސް އެ މައުލޫމާތުގެ ސައްހަކަން އަދި ކަށަވަރުކުރެވިފައެއް ނުވެ އެވެ.

ކުރިން ކެބިން ކްރޫއެއްގެ ވަޒީފާގައި އުޅުނު ފާތިހު, ހަރުކަށި ފިކުރުގެ މީހުންނާއެކު އުޅެން ފަށައި، ބަދަލުވާން ފެށި ވިސްނުމާއެކު އޭނާ ވަނީ ވަޒީފާއިންވެސް ވަކިވެފަ އެވެ.

މި މަހުގެ 10 ވަނަ ދުވަހު އެރަށަށް ދިޔަ ފާތިހު ހައްޔަރުކުރީ ކަރަންޓީނުގައި ހުއްޓައިކަމަށް ވެސް "އަދަދު"އަށް ވަނީ އެނގިފަ އެވެ. އޭނާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުން އެ އަތޮޅު އޭދަފުށްޓަށް ގެންގޮސްފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާދަމާ އޭދަފުށި މެޖިސްޓްރޭޓް ކޯޓަށް ގެންދާނެ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ފާތިހު ހިމެނޭ ގޮތުން ޖުމްލަ ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

އެއީ ބޮންގޮއްވާލުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ.

ggg
ggg

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މީގެ ކުރިން ހައްޔަރުކުރި ތިން މީހުން: ކވ: މުޖާޒް، އަދުހަމް، ތަހުމީން. -ގްރެފިކްސް: އަބްދުﷲ ޝަފީއު/ އަދަދު

އޭގެ ތެރެއިން ތަހުމީނަކީ ސައިކަލުގެ ވެރި މީހާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ ތިން މީހުންނަކީ ވެސް ހަރުކަށި ފިކުރާ ގުޅުން އޮތް މީހުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު، ފުލުހުން ގެންދަނީ ހަރުކަށި ފިކުރާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. ސިފައިން ދަނީ މާލޭ ތެރޭގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.

ހަރުކަށި ފިކުރުގެ ވިސްނުން ފެތުރުމުގައި އިސްކޮށް އުޅޭ ކަމުގެ ތުހުމަތަށް ރޭ ވެސް ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.

އއ. ހިމަންދޫގައި ހިންގި ހަމަނުޖެހުމާ ގުޅިގެން މީގެ ކުރިން ޖަލަށްލާފައިވާ އުމުރުން 43 އަހަރުގެ އަބްދުﷲ އަލީ މަނިކު މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މީގެ އިތުރުން، އައްޑޫ ސިޓީގައި ވެސް ފުލުހުން އޮޕަރޭޝަނެއް ހިންގައި އައިއެސް ޖަމާއަތާ ގުޅުން އޮތް ހަތް މީހަކު ހައްޔަރުކޮށް ވަނީ ބަންދު ޖަހާފަ އެވެ. އޭގެ ފަހުން ކ. ގުރައިދޫއާ އިންވެގެން އޮންނަ ކުޑަ ފަޅު ރަށެއް ކަމަށްވާ ޅޮސްފުށި ވެސް ފުލުހުން ވަނީ ބަލާފާސްކޮށްފަ އެވެ.

މި އޮޕަރޭޝަންތަކާ ގުޅޭ ތަފްސީލީ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ނަމަވެސް، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ރައީސް ނަޝީދުގެ ހަމަލާއާ ގުޅުން އޮތް އެންމެ ހައްޔަރުކޮށް، އެކަމަށް ފަންޑުކުރި މީހުންނާއި އަޑީގައި ތިބި މީހުން ވެސް ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ނަޝީދަށް ހަމަލާ ދިނުމަށް ގޮއްވާލި އައިޑީގެ ތެރެއަށް އަޅާފައިވާ ރޭޒާ ފުއްތައް ބާރުގަދަ ގޮވުމާއެކު ރައީސް ނަޝީދުގެ ހަށިކޮޅުގެ އެކި ތަންތަން ފޫއަޅުވައިލި އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުން ޓީމަކުން 16 ގަޑިއިރުގެ ގިނަ ސާޖަރީތަކަކަށްފަހު އާއްމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެމަނިކުފާނު ސަލާމަތްވީ ހަމަ ކިރިޔާ އެވެ.

ރައީސް ނަޝީދު މިވަގުތު ގެންދަވަނީ ޖަރުމަނުގައި އިތުރު ފަރުވާ ހޯއްދަވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox