އަންހެނުން ބާރުވެރިކުރަން މޮމްސް އާއި އެފްއޭއެމް އެއްބަސްވުމަކަށް

May 19, 2021, 7:18 AM
މޮމްސް އާއި އެފްއޭއެމްގެ ދެމެދު ވެވުނު އެއްބަސްވުމަށް ފަހު.

މޮމްސް އާއި އެފްއޭއެމްގެ ދެމެދު ވެވުނު އެއްބަސްވުމަށް ފަހު.

އަންހެނުން ބާރުވެރިކުރަން މޮމްސް އޮފަރިން މޮމްސް ސަޕޯޓް (މޮމްސް)އިން ކުރާ މަސައްކަތުގައި ބައިވެރިވާން އެ ޖަމިއްޔާއާ އެކު އެފްއޭއެމުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 27 ވަނަ ދުވަހު ލޯންޗްކުރި އެފްއޭއެމްގެ ފައުންޑޭޝަންގެ ދަށުން ވެވިގެންދިޔަ އެއްބަސްވުމެކެވެ. އެފްއޭއެމް ފައުންޑޭޝަނަކީ ފުޓްބޯޅައިގެ ތެރެއިން އިޖުތިމާއީ ކަންކަމުގައި ވީހާވެސް ބޮޑަށް މަސައްކަތްކުރުމުގެ ވިސްނުމުގައި އެފްއޭއެމުން އޭއެފްސީއާ ވެސް ގުޅިގެން ފެށި ޕްރޮގްރާމެކެެވެ.

މި އެއްބަސްވުމުގެ ދަށުން އެފްއޭއެމާއި މޮމްސް އިން ގުޅިގެން އަންހެނުންނާއި ކުޑަކުދިންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ކަންކަން ޕްރޮމޯޓްކުރުމާއި ޖެންޑާ އީކުއަލިޓީ ޕްރޮގްރާމްތަކުގައި ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން އަންހެނުން ބާރުވެރިކުރަން ކުރާ ކަންކަމުގައި އެފްއޭއެމުން ބައިވެރިވާނެ އެވެ.

މޮމްސް އަކީ އަންހެނުންނާއި ކުޑަކުދިންގެ ނަފްސާނީ ގޮތުން ދުޅަހެޔޮކަން އިތުރު ކުރުމާއި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް 2016 ވަނަ އަހަރު ފެށުނު މަސައްކަތެކެވެ. އެ ކަމުގައި ރަސްމީ ސިފަ ޖެހި ޖަމިއްޔާއެއްގެ ގޮތުގައި ހިނގައިގަތީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ޖަމިއްޔާ އިން އިސްވެ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

އެފްއޭއެމް ފައުންޑޭޝަން ޕާޓްނަރުންގެ ގޮތުގައި އެންމެ ފުރަތަމަ ހަމަޖައްސާފައިވަނީ ސްޕެޝިއަލް އޮލިމްޕިކްސް މޯލްޑިވްސް އާއި އެޑްވަކޭޓިން ރައިޓްސް އޮފް ޗިލްޑްރެން (އާކް) އެވެ. ފައުންޑޭޝަނުން ވަނީ މީގެ ކުރިން އެ ޖަމިއްޔާއާ ގުޅިގެން އެކި ހަރާކާތްތައް ކުރިއަށްގެންގޮސްފަ އެވެ. ކުރިއަށް އޮތްތަނުގައި މޮމްސްއާ ގުޅިގެން ވެސް އެފްއޭއެމުން އެކި ޕްރޮގްރާމްތައް ހިންގާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox