އާ ވަޒީރުންނާއި ވުޒާރާތަކަށް ގެނައި ބަދަލަށް މަޖިލީހުގެ ރުހުން ހޯދަން ފޮނުވައިފި

އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން. -:ފޮޓޯ: ރައީސް އޮފީސް

އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން. -:ފޮޓޯ: ރައީސް އޮފީސް

އެންވަޔަރަމެންޓް މިނިސްޓަރު ކަމުގެ މަގާމަށް އައިމިނަތު ޝައުނާ އާއި ފިޝަރީޒް މިނިސްޓަރު ކަމަށް ޑރ. ހުސެއިން ރަޝީދު ހަސަން އައްޔަނުކުރައްވާފައިވާއިރު، އެ ދެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފޮނުއްވައިފި އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ވަޒީރުންގެ މަޖިލީހަށް އަލަށް އައްޔަނުކުރެވުނު ދެ ވަޒީރަކަށް މަޖިލީހުން ރުހުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެން ފޮނުއްވާފައިވާ ކަމަށެވެ.

އެހެންކަމުން އީވާ ވަނީ އެކަން ދިރާސާ ކުރާ ކުރަން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވައިފަ އެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓްރީގެ މަގާމުގައި ހުންނެވި ޝައުނާއަށް އެންވަޔަރަމެންޓް މިނިސްޓަރުކަން ދެއްވާފައިވަނީ އެ މިނިސްޓްރީގެ މެންޑޭޓް ވެސް ވަރަށް ބޮޑަށް ފުޅާކުރުމަށްފަހު އެވެ.

އެގޮތުން، ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ މެންޑޭޓް އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށަށް ރައީސް ސޯލިހު ވަނީ ބަދަލު ކުރައްވާފަ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ ނަން މިހާރު ވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ބަދަލުކޮށްފަ އެވެ.

ވަޒީރުންނަށް ރުހުން ހޯދުމުގެ އިތުރުން، އެ މިނިސްޓްރީތަކަށާއިި މަސައްކަތުގެ ދާއިރާއަށް ގެނެވުނު ބަދަލު ވެސް މަޖިލީހުން ފާސްކުރުމަށް ރައީސް ސޯލިހު ވަނީ ފޮނުއްވައިފަ އެވެ.

އެ މައްސަލަ ވެސް މިއަދުގެ ޖަލްސާގައި ވަނީ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފަ އެވެ.

ޑރ. ހުސެއިން ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ، އެ މަގާމުގައި ހުންނެވި އެމްއާރްއެމްގެ ޒަހާ ވަހީދު ވަކި ކުރެއްވުމަށްފަހު އެވެ.

ފިޝަރީޒް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި، ޑރ. ހުސެއިން ވަނީ 2008 އަހަރުން 2013 ވަނަ އަހަރާ ހަމައަށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވައިފަ އެވެ. ލޭބާ މިނިސްޓްރީގައި ވެސް ހިދުމަތް ކުރެއްވި ޑރ. ހުސެއިނަކީ ގާނޫނު އަސާސީ އިސްލާހުކުރަން އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.

ޖުމްހޫރި ޕާޓީގެ ޑެޕިޔުޓީ ލީޑަރުގެ މަގާމުގައި ހުންނެވި، ޑރ، ހަސަން ވަނީ މަސްވެރިކަމުގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox