ކަނޑޫދޫ ކައުންސިލް މެންބަރުން ހުވާކުރުން ފަސްކުރަން އަމުރުކޮށްފި

ހައިކޯޓު: ކަނޑޫދޫ ކައުންސިލަރުން ހުވާކުރުން ފަސްކުރަން ވަނީ އަމުރުކޮށްފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ހައިކޯޓު: ކަނޑޫދޫ ކައުންސިލަރުން ހުވާކުރުން ފަސްކުރަން ވަނީ އަމުރުކޮށްފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ތ. ކަނޑޫދޫ ކައުންސިލްގެ މެންބަރުން ހުވައި ކުރުން ފަސްކުރުމަށް ހައިކޯޓުން މިރޭ އަމުރުކޮށްފި އެވެ.

ހައިކޯޓުން އެގޮތަށް އަމުރުކޮށްފައި ވަނީ އެ އިންތިހާބާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން، އެ ޝަކުވާއާ މެދު ކޯޓުން ގޮތެއް ކަނޑައެޅެންދެނެވެ.

"އިންތިހާބީ ޝަކުވާގެ މައްސަލަ ނިމުމުގެ ކުރިން ކައުންސިލް ރައީސްގެ މަގާމުގެ ގާނޫނީ ހުވާކުރުމަކީ އެ ވޯޓާ ގުޅިގެން މައްސަލަ ހުށަހަޅާފައިވާ ފަރާތާއި އިންތިހާބުގައި ވާދަކުރި އެހެން ފަރާތްތަކުގެ ހައްގަށް އުނިކަމެއް އަތުވެދާނެ ކަމެއް ކަމަށް ބެލެވޭ،" އަމުރުގައި ބުނެފައިވެ އެވެ.

ކަނޑޫދޫގެ އިންތިހާބީ ޝަކުވާގައި ބުނެފައިވަނީ އެ ރަށު ކައުންސިލަށް މެންބަރުންނަށް ހޮވުމަށް ބޭއްވި އިންތިހާބަކީ ގާނޫނު އަސާސީއާ ހިލާފަށް ހާއްސަކޮށް، 171 ވަނަ މާއްދާއާ ހިލާފުވާ ގޮތަށް ކުރިއަށް ދިޔަ އިންތިހާބެއް ކަމަށެވެ.

އެ މާއްދާގައި ބުނަނީ، އިލެކްޝަންސް ކޮމިޝަނުގެ ބެލުމުގެ ދަށުން ބާއްވާ އިންތިހާބުތަކާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ނަގާނީ ސިއްރު ވޯޓެއް ކަމެވެ.

އަދި ކޮންމެ ވޯޓެއް ނަގައި ނިމުމާ އެކު، ވޯޓުލާ ކޮންމެ މަރުކަޒެއްގައިމެ، އިލެކްޝަންސް ކޮމިޝަނުން އެ މަރުކަޒެއް ހަވާލުކޮށްފައިވާ މީހަކު، ކުރިމަތިލީ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތިބި ނަމަ، އެ ބައެއްގެ ހާޒިރުގައި އަދި އެ ވޯޓެއް ގުނުމުގެ ކަންތައްތައް ބެލުމަށް ގާނޫނު ހުއްދަކުރާ އެ ނޫން ވެސް ބައެއްގެ ހާޒިރުގައި އެ މަރުކަޒެއްގެ ވޯޓު ގުނައި، ކޮންމެ ކެންޑިޑޭޓަކަށް އެ މަރުކަޒަކުން ލިބުނު ވޯޓުގެ އަދަދު ނުވަތަ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް ހުށަހެޅިފައިވާ ސުވާލަށް ލިބިފައިވާ ވޯޓުގެ އަދަދު ލިޔެ ބަލަހައްޓައި، އެ މަރުކަޒެއްގައި ނެގުނު ވޯޓުގެ ނަތީޖާ އެ މަރުކަޒެއްގައި އިއުލާން ކުރަން ވާނެ ކަމެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ކައިރިވެފައިވަނިކޮށް ވެސް ކަނޑޫދޫގެ ރައްޔިތުންގެ ފަރާތުން ކަމަށް ބުނެ ހައި ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލަ ހުށަހެޅީ، އެ ރަށު ކައުންސިލްގެ ރައީސް ހޮވުމަށް ރައްޔިތުންނަށް ފުރުސަތު ނުލިބޭތީ އެއީ ޑިމޮކްރަޓިކް އުސޫލެއް ނޫން ކަމަށް ބުނެ އެވެ.

ނަމަވެސް، އެ މައްސަލަ ހައިކޯޓުން ބަލައެއް ނުގަތެވެ.

އެ މައްސަލަ އުފަންވީ، ރަށު ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީޕީއެމްގެ ކެންޑިޑެންސީ ސުޕްރީމް ކޯޓުން ބާތިލް ކުރުމާއެކު، އެމްޑީޕީގެ ކެންޑިޑޭޓް އޮޓޯއިން އިންތިހާބުވުމުންނެވެ.

މިދިޔަ އޭޕްރީލް މަހު ބޭއްވި އިންތިހާބުން އިންތިހާބުވި ކައުންސިލަރުން މާދަމާ ހުވާކުރުމަށް ހަމަޖެހިފައި ވަނީ މީގެކުރިން ވަނީ ގއ. ކޮނޑޭ އާއި ހއ. ފިއްލަދޫ އަދި ލ. މާބައިދޫގެ އިންތިހާބީ ރައީސުން ހުވާކުރުން ވެސް ހައިކޯޓުން ހުއްޓުވައިފަ އެވެ.

ހައިކޯޓުގައި އިންތިހާބީ ހަތް ޝަކުވާއެއްގެ މައްސަލަ ކުރިއަށްދެ އެވެ. އެއީ، ކަނޑޫދޫ އާއި މާބައިދޫ އާއި ކޮނޑޭ އަދި ފިއްލަދޫގެ އިތުރުން ލ. މާވަށު، ކ. ތުލުސްދޫ، ށ. ބިލެއްފަހި އަދި ތ. ކަނޑޫދޫ ދާއިރާއާ ގުޅޭ އެއް އިންތިހާބީ ޝަކުވާތަކެވެ.

ގާނޫނުގައިވާ ގޮތުން، އިންތިހާބީ ޝަކުވާތައް ހައިކޯޓާ ހަަމައަށް ދަނީ އެ ޝަކުވާ އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމަށްފަހު، އެ ކޮމިޝަންގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އެވެ.

ކައުންސިލް އިންތިހާބާ ގުޅިގެން އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ގިނަ ޝަކުވާތައް އެ ކޮމިޝަނުން ބަލައިގެންފައެއް ނުވާއިރު، އިންތިހާބުގެ ރަސްމީ ނަތީޖާ މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox