ސާމްޕަލް ނަގަން ބޮޑު ބެކްލޮގެއް، ފްލޫ ކްލިނިކަށް ދާން އިލްތިމާސް ކޮށްފި

އައިޖީއެމްއެޗް ލެބުގައި ކޮވިޑަށް ޓެސްޓުކުރަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އައިޖީއެމްއެޗް ލެބުގައި ކޮވިޑަށް ޓެސްޓުކުރަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކޮވިޑް-19ގެ އެންމެ ފަހުގެ، ހަތަރު ވަނަ ރާޅާ އެކު ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު، ބައްޔަށް ޓެސްޓު ކުރުމުގައި ގިނަ ދުވަސްތަކެއް ނަގާކަމުގެ ޝަކުވާތައް ބޮޑުވެއްޖެ އެވެ.

މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން، ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހާހަކަށް ވުރެ މަތިވެފައިވާއިރު، އެ ހުރިހާ މީހުންނާ ގުޅުންހުރި ޓެސްޓު ކުރަން އެޗްޕީއޭގެ އޮފިޝަލުންނަށް ނާދެވޭ ކަމުގެ ޝަކުވާތައް ސޯޝަލް މީޑިޔާއަށް ވަނީ ބަންޑުންވެފަ އެވެ.

އެގޮތުން، ސާމްޕަލް ނަގަން އަންނަން ގިނަ ދުވަސްތަކެއް ހޭދަވާއިރު، ސާމްޕަލް ނެގުމަށްފަހު ބަލި ހުރިކަން އެނގެން ކުރަންޖެހޭ އިންތިޒާރު ވެސް ހަތް ދުވަހަށް ވުރެ ގިނަ ދުވަހަށް ދިގުދެމިގެންދާކަމަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

އެކަމާ ގުޅިގެން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން މިއަދު "އަދަދު"އަށް ވިދާޅުވީ ޓެސްޓުކުރަންޖެހޭ ސާމްޕަލްތައް މާލޭގެ އިތުރުން އަތޮޅު ތެރެއިން ވެސް އަންނަމުންދާއިރު، މިވަގުތު ބޮޑު ބެކްލޮގެއް އެބަ އޮތް ކަމަށެވެ.

އެއާއެކު ސާމްޕަލް ނަގަން ފޮނުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ އެއްބަސްވެވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެން މިދަނީ އެ މަސައްކަތަށް [ސާމްޕަލް ނެގުމަށް] އޮފިޝަލުން އިތުރުކުރެވޭތޯ ބަލަމުން. އެބައުޅޭ ބޮޑު ބެކްލޮގެއް،" އޭނާ ވިދާޅުވި އެވެ.

ތަސްލީމާ ވިދާޅުވި ގޮތުގައި ސާމްޕަލް ނެގުމުގައި މިވަގުތު އިސްކަންދެނީ ބަލީގެ އެންމެ ނުރައްކާ ބޮޑު ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް ކަމަށެވެ.

އެހެންކަމުން، ބަލީގެ އަލާމާތްތައް ގޯސްވާ ހާލަތްތަކުގައި، ޓެސްޓު ކުރުން އަވަސް ކުރުމަށް ފްލޫ ކްލިނިކަށް ދިޔުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. އޭނާ އެގޮތަށް އެދިވަޑައިގަތަސް ފްލޫ ކްލިނިކްތައް ވެސް ތޮއްޖެހި، އެ ތަންތަނަށް ވެސް ނުކަތާވަރު ވަނީ ވެފަ އެވެ.

މި ދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން އާއްމު ރޯގާ ވެސް އިތުރުވެފައިވާ ދަނޑިވަޅެއްގައި، ކިޔޫތައް ދިގުވެ، ފްލޫ ކްލިނިކްތަކަކަށް ވަނީ ބާރު ބޮޑުވެފަ އެވެ.

މިގޮތުން، ކްލިނިކަކުން ސާމްޕަލް ނަގައި ޓެސްޓު ކުރަން، ތިން ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަކުރަންޖެހޭ ކަމުގެ ޝަކުވާތައް ދަނީ އިތުރުވަމުންނެވެ.

ފްލޫ ކްލިނިކްތަކުގެ އިތުރުން، މި ބަލިމަޑުކަމާއި ގުޅިގެން އެޗްޕީއޭއިން ގާއިމުކޮށްފައިވާ ހޮޓްލައިނުން ޖަވާބު ނުދޭ ކަމާއި، ހާލުބަލަން ގާއިމުކޮށްފައިވާ ޕޯޓަލު ވެސް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާތައް ވެސް އަންނަނީ ފުނިޖެހެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox