މާލެ ސިޓީ ކައުންސިލަރުން ހުވާ ކުރުން ސަލްޓަން ޕާކުގައި

މާލޭ މޭޔަރު ކަމަށް އިންތިހާބުވި ޑރ. މުހައްމަދު މުއިއްޒު: މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން ހުވާ ކުރުން އޮތީ ސަލްޓަން ޕާކްގައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

މާލޭ މޭޔަރު ކަމަށް އިންތިހާބުވި ޑރ. މުހައްމަދު މުއިއްޒު: މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން ހުވާ ކުރުން އޮތީ ސަލްޓަން ޕާކްގައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރުން ސަލްޓަން ޕާކްގައި ބޭއްވުމަށް ނިންމައިފި އެވެ.

ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ކައުންސިލަރުން ހުވާ ކުރުން އޮންނާނީ މާދަމާ ހެނދުނު ނުވައެއް ޖަހާއިރު ކަމަށެވެ. ސަލްޓަން ޕާކްގައި އެ ރަސްމިއްޔާތު ބޭއްވި ނަމަވެސް ކޮވިޑުގެ ސަބަބުން އާއްމުންނަށް ނުވަދެވޭނެ ކަމަށް އިއުލާންގައިވެ އެވެ.

ކައުންސިލަރުން ހުވާ ކުރުމުގެ އިތުރުން މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ހޮވުނު މެމްބަރުން އިގުރާރުގައި ސޮއިކުރުން ވެސް މާދަމާގެ ރަސްމިއްޔާތުގައި އޮވެ އެވެ.

އެ ރަސްމިއްޔާތު ޓީވީއެމްއިން ލައިވް ކުރަން ވަނީ ނިންމައިފަ އެވެ.

ކޮވިޑްގެ ހާލަތު ގޯސްވުމުން ގިނަ ރަށްރަށުގައި ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންލައިންކޮށް ބޭއްވުމަށް، ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ އަންގައިފަ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެ އިންތިހާބެއް އެކުގައި ބޭއްވިއިރު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 3،814 ކެންޑިޑޭޓުން ވާދަކުރި އެވެ. މީގެ ތެރެއިން ކައުންސިލްތަކަށް 982 މީހަކު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 930 މީހުންނާ އެކު ޖުމްލަ 1912 މީހުން އިންތިހާބު ކުރަން ޖެހުނެވެ.

އެ އިންތިހާބުގައި ވެރިކަންކުރާ އެމްޑީޕީން ވަނީ 400 ގޮނޑިއާ އެކު ކައުންސިލުތަކުގެ އަގުލަބިއްޔަތު ނަގައިފަ އެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ކާމިޔާބުވީ 325 ގޮނޑި އެވެ.

ނަމަވެސް، މާލެ ސިޓީ ކައުންސިލްގެ އަގުލަބިއްޔަތާއި ކުރިން އެމްޑީޕީގެ ތާއީދު ބޮޑު ބައެއް ރަށްތަކުން ވެސް މުހިއްމު ގޮނޑިތަކެއް އިދިކޮޅުން ވަނީ ކާމިޔާބުކޮށްފަ އެވެ. މާލޭ ސިޓީގެ މޭޔަރުކަން ކާމިޔާބު ކުރީ އެމްޑީޕީއާ ވާދަކޮށް ޕީޕީއެމްގެ ޑރ. މުހައްމަދު މުއިއްޒު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox