ޗެމްޕިއަން ސިޓީ އަށް އިނގިރޭސި ފުޓްބޯޅައިގެ ބޮޑު ރެކޯޑެއް

May 15, 2021, 12:10 AM
ސިޓީގެ ފެރާން ޓޮރޭޒް (ކ) ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ސިޓީގެ ފެރާން ޓޮރޭޒް (ކ) ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ނިއުކާސަލް (މެއި 15) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފޯރިގަދަ މެޗަކަށް ފަހު މެންޗެސްޓާ ސިޓީން 4-3 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް އިނގިރޭސި ފުޓްބޯޅައިގެ ބޮޑު ދެ ރެކޯޑެއް ގާއިމްކޮށްފި އެވެ.

މިއީ ސިޓީ އަށް މި ފަހަރުގެ ލީގު ކަށަވަރުވި ފަހުން ކުޅުނު ފުރަތަމަ މެޗެވެ. މި މޮޅާ އެކު ސިޓީ ވަނީ އެންމެ ފަހުން ރަށުންބޭރުގައި ކުޅުނު 23 މެޗުން ބަލިނުވެ އިނގިރޭސި ފުޓްބޯޅައިގައި ރެކޯޑެއް ގާއިމްކޮށްފަ އެވެ. އިނގިރޭސި ހަތަރު ޑިވިޝަނުގެ ތެރެއިން ޖެހިޖެހިގެން ހުރިހާ މުބާާރާތެއްގައި ބަލިނުވުމުގެ ރެކޯޑެއް ކުރިން އޮތީ 22 މެޗު ހަމަކުރި ނޮޓްސް ކައުންޓީ އަތުގަ އެވެ. އެ ޓީމުން ރެކޯޑް ހެދީ 2012 ވަނަ އަހަރު އެވެ.

ސިޓީން ދެން މިރޭ ގާއިމްކުރި އަނެއް ރެކޯޑަކީ ރަށުންބޭރުގައި ޖެހިޖެހިގެން 12 މެޗުން މޮޅުވެ އިނގިރޭސި ހުރިހާ ޑިވިޝަނެއްގައި ރަށުންބޭރުގައި އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑެވެ. އިނގިރޭސި ފުޓްބޯޅަ ލީގު 1888 ވަނަ އަހަރު ތައާރަފްކުރި ފަހުން ޖެހިޖެހިގެން ރަށުންބޭރުގައި އެއްވެސް ޑިވިޝަނެއްގެ ޓީމަކަށް 12 މެޗުން މޮޅުވެވިފައިނުވެ އެވެ. މިރޭ ސިޓީން މި ވަނީ އެކަން ހާސިލްކޮށްފަ އެވެ.

"މިއީ އަހަރެމެން އެކުގައި މިދިޔަ ހަތަރު އަހަރު ވަންދެން ކުރި މަސައްކަތުގެ ނަތީޖާ. އަހަރެމެން ޗެމްޕިއަންސް ލީގު ނުހޯދާތީ ކާމިޔާބު ހޯދާ ކަމަށް ގަބޫލުނުކުރެވޭ މީހުން ވެސް ތިބޭނެ. އެ މީހުން ދެކޭގޮތުގައި ކުޅުންތެރިންނާއި ކޯޗު ފެއިލްވީ. އެކަމަކު ފުޓްބޯޅަ އަކީ ކޮންސިސްޓެންސީން ސާބިތުކޮށްދޭން ޖެހޭ ކަމެއް. ސިޓީން އެ ކުރަނީ އެ ކަންތައް،" މިރޭގެ މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.

ނިއުކާސަލް ދަނޑުގައި މިރޭ ސިޓީން ނުކުތީ އެ ޓީމުގެ ގޯލުގައި އުމުރުން 35 އަހަރުގެ ސްކޮޓް ކާސަން ބަހައްޓައިގެންނެެވެ. މިއީ ކުރިން ލިވަޕޫލާއި ވެސްޓް ބްރޮމް އަށް ކުޅުނު ކާސަން ފާއިތުވި 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.

މިއީ 2011 ގެ ފަހުން ކާސަން ޕްރިމިއާ ލީގުގެ މެޗަކަށް ނުކުތް ފުރަތަމަ ފަަހަރު.-- ފޮޓޯ: ޕްރިމިއާ ލީގު

މެޗުގައި ލީޑުނެގީ އަމިއްލަ ދަނޑުގައި ކުޅުނު ނިއުކާސަލް އިންނެވެ. ޖޮންޖޯ ޝެލްވީ ނެގި ކޯނަރަކުން އެމީލް ކްރާފްޓް ވަނީ މެޗުގެ 25 ވަނަ މިނިޓްގައި ނިއުކާސަލަށް ލީޑު ނަގައިދީފަ އެވެ. ލީޑުފުޅާކުރަން ޝެލްވީ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ހުރަސްދަނޑިއަށެވެ.

އޭގެ ފަހުން ސިޓީން ވަނީ ތިން މިނިޓް ތެރޭ ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. މެޗުގެ 39 ވަނަ މިނިޓްގައި ޔޮއާއޯ ކަންސޭލޯ ސިޓީ އަށް އެއްވަރުކޮށްދީފައި ވަނިކޮށް އޭގެ 185 ސިކުންތު ފަހުން ފެރާން ޓޮރޭޒް ވަނީ ސިޓީ އަށް ލީޑުނަގައިދީފަ އެވެ. އެކަމަކު ސިޓީ އަށް ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމައި ނުލެވުނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖޮއެލިންޓަން ވަނީ ޕެނަލްޓީ އަކުން ނިއުކާސަލަށް އެއްވަރުކޮށްދީފަ އެވެ.

ނިއުކާސަލަށް މެޗުގެ 62 ވަނަ މިނިޓްގައި އިތުރު ޕެނަލްޓީއެއް ލިބުނެވެ. އެ ޕެނަލްޓީން ފުރަތަމަ ޖޯ ވިލޮކް ޖެހި ބޯޅަ ކާސަން މަތަކުރި ނަމަވެސް ދެ ވަނަ ފަހަރަށް ލިބުމުން ވިލޮކް ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައި އަލުން އެ ޓީމަށް ލީޑުނަގައިދީފަ އެވެ.

އެކަމަކު ނިއުކާސަލަށް މި ފަަހަރު ލީޑު ހިފަހައްޓައިލެވުނި ދެ މިނިޓް އެވެ. މެޗުގެ 64 ވަނަ މިނިޓާއި 66 ވަނަ މިނިޓްގައި ދެ ގޯލު ޖަހައި ޓޮރޭޒް ވަނީ އޭނާގެ ހެޓްރިކް ފުރިހަަމަކޮށް، ސިޓީ އަށް އަނެއްކާ ވެސް ލީޑު ނަގައިދީފަ އެވެ.

އުމުރުން 21 އަހަރުގެ ޓޮރޭޒަކީ ގާޑިއޯލާ ކޯޗުކޮށްދިން ޓީމަކަށް ހެޓްރިކެއް ހަދައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. ކުރިން އެ ރެކޯޑް އޮތީ 2018 ވަނަ އަހަރު ހެޓްރިކް ހެދި ސިޓީގެ ގަބްރިއެލް ޖޭސޫސް އަތުގަ އެވެ. ޖޭސޫސް ވެސް ރެކޯޑް ހެދީ އުމުރުން 21 އަހަރުގަ އެވެ. ފެރާން އެ ރެކޯޑް މުގުރާލީ ދުވަސް ކޮޅެއްގެ ފަރަގުންނެވެ.

ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ސިޓީ ލީގުގެ އެއް ވަނައިގައި އޮތީ 36 މެޗުން 83 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 36 މެޗުން ލިބުނީ 70 ޕޮއިންޓެވެ. ކުޅުނު 36 މެޗުން ލިބުނު 39 ޕޮއިންޓާ އެކު ނިއުކާސަލް އޮތީ ލީގުގެ 16 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox