ފްރާންސް ދޫކޮށް ސްޕެއިނަށް ކުޅެން ލަޕޯޓަށް ފީފާ އިން ހުއްދަދީފި

May 14, 2021, 4:34 PM
ސިޓީގެ މެޗެއް ތެރެއިން ލަޕޯޓް.-- ފޮޓޯ: އޭއެފްޕީ

ސިޓީގެ މެޗެއް ތެރެއިން ލަޕޯޓް.-- ފޮޓޯ: އޭއެފްޕީ

ޒިއުރިކް (މެއި 14) - ފްރާންސް ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ނުލިބުމުން މެންޗެސްޓާ ސިޓީގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް ސްޕެއިނަށް ރަށްވެހިކަން ބަދަލުކުރުމާ އެކު އޭނާ ސްޕެއިން ޓީމަށް ކުޅުމުގެ ހުއްދަ ދޭން ފީފާ އިން ނިންމައިފި އެވެ.

ފްރާންސްގެ 17، 18، 19 އަދި 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ލަޕޯޓަށް ފްރާންސްގެ ސީނިއާ ޓީމަށް ކުޅުމުގެ ފުރުސަތެއް ނުދެ އެވެ.

ލަޕޯޓް ލައްވައި ސްޕެއިނުގެ ކުރީގެ ކޯޗު ހުލެން ލޮޕެޓެގީ އެ ގައުމަށް ކުޅުވަން މަސައްކަތްކުރާތީ 2016 ވަނަ އަހަރުގެ ފަހުކޮޅުގައި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަކަށް ނެގި ފްރާންސް ސްކޮޑުން ލަޕޯޓަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ޖާގަ ދިނެވެ. އެއީ ބަލްގޭރިއާ އާއި ނެދަލެންޑްސްއާ ދެކޮޅަށް ކުޅެން އޮތް މެޗުތަކަށެވެ. އެހެން ނަމަވެސް އެ ފަހަރު ދެ މެޗުގައި ވެސް ކުޅުމުގެ ފުރުސަތު ނުލިބި ލަޕޯޓް ހުރީ ބެންޗުގަ އެވެ.

ފްރާންސްގެ ޓީމު ފޮޓޯ ޝޫޓެއްގެ ތެރެއިން ލަޕޯޓް: ކުރިން ސްޕެއިނަށް ރަށްވެހިކަން ބަދަލުނުކުރާނެ ކަމަށް ބުނި ނަމަވެސް އެ ނިންމުން ފަހު މި ވަނީ ބަދަލުކޮށްފައި.

މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ޔޫރޯ 2020 ކޮލިފައިންގައި އެންޑޯރާ އާއި އަލްބޭނިއާއާ ދެކޮޅަށް ފްރާންސުން ނެގި ސްކޮޑުގައި ލަޕޯޓް ހިމެނިފައިވަނިކޮށް އޭނާ އިންޖަރީވުމުން ޓީމުން ބާކީކުރީ އެވެ. ފަހުން އަނިޔާއިން ރަނގަޅުވެގެން އައިސް ލަޕޯޓް ރަނގަޅަށް ކުޅުމުން ވެސް ފްރާންސުން ފުރުސަތެއް ނުލިބި އޭނާ އެންމެ ފަހުން ސްޕެއިނަށް ކުޅެން ނިންމީ އެވެ.

ލަޕޯޓަށް ފްރާންސް ޓީމުން ފުރުސަތު ނުދޭ މައްސަލައިގައި ފްރާންސްގެ މީޑިއާ އާއި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ މީގެ ކުރިން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އުމުރުން 26 އަހަރުގެ ލަޕޯޓް ލައްވައި ސްޕެއިނަށް ކުޅުވަން އެންމެ ބޮޑަށް މަސައްކަތް ކުރީ ސްޕެއިނުގެ ކޯޗު ލުއިސް އެންރީކޭ އެވެ. ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން އިސްވެ ކުރި މަސައްކަތުން މިހާރު ލަޕޯޓަށް މިވަނީ ސްޕެއިނަށް ކުޅެން ފީފާގެ ހުއްދަވެސް ލިބިފަ އެވެ. މިއާ އެކު ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ލަޕޯޓަށް ސްޕެއިން ޓީމަށް ކުޅެވޭނެ އެވެ. އަދި ރަނގަޅު ޑިފެންޑަރުން މަދުވުމުން އެންރީކޭ އަށް ކުރިމަތިވެފައިވާ ބޮލުގެ ރިހުމަށް ލުޔެއް ލިބޭނެ އެވެ.

މިދިޔަ އަހަރު ފީފާގެ ގަވާއިދަށް ގެނެވުނު ބަދަލާ އެކު 21 އަހަރު ފުުރުމުގެ ކުރިން ގައުމީ ޓީމަށް ތިން މެޗު ނުކުޅޭ ކުޅުންތެރިންނަށް އެހެން ގައުމީ ޓީމަކަށް ބަދަލުވެވޭނެ އެވެ. އެއީ ރަސްމީ ބޮޑު މުބާރާތެއްގައި އެހެން ގައުމަކަށް ނުކުޅޭނަމަ އެވެ.

ސިޓީން 2018 ވަނަ އަހަރު ޖެނުއަރީ މަހު ލަޕޯޓް ގަތީ އެތުލެޓިކް ބިލްބާއޯ އަށް އޭރު ސިޓީގެ ކްލަބް ރެކޯޑް އަގެއް ކަމަށްވާ 57 މިލިއަން ޕައުންޑް (73 މިލިއަން ޑޮލަރު) ގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު އެވެ. ސިޓީގައި އަނިޔާގެ ސަބަބުން ލަޕޯޓަށް ގިނަ މެޗުތަކެއް ގެއްލުނު ނަމަވެސް ކޮންމެ ފަހަރަކު ރަނގަޅަށް ރިކަވާވެގެން އައިސް އޭނާ މޮޅަށް ކުޅެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox