ލިބުނު މައުލޫމާތަކާ ގުޅިގެން އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސިފައިންގެ މީހަކު ހަރަކާތްތެރިވަނީ: އެއާޕޯޓްގެ ސެކިއުރިޓީ ވެސް ވަނީ ވަރުގަދަ ކޮށްފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސިފައިންގެ މީހަކު ހަރަކާތްތެރިވަނީ: އެއާޕޯޓްގެ ސެކިއުރިޓީ ވެސް ވަނީ ވަރުގަދަ ކޮށްފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ސަލާމަތީ ކަންކަން ސިފައިން ވަރުގަދަކޮށް ހާއްސަ އޮޕަރޭޝަނެއް ހިންގަން ފަށައިފި އެވެ.

ސިފައިންގެ ތަރުޖަމާން، ކެޕްޓަން އިބްރާހިމް އާޒިމް، "އަދަދު"އަށް މިއަދު ވިދާޅުވީ ރެއިން ފެށިގެން ވީއައިއޭގައި ހާއްސަ އޮޕަރޭޝަނެއް ހިންގަން ފެށީ ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

އިތުރު ތަފްސީލެއް އޭނާ ނުދެއްވި އެވެ.

ހަތިޔާރާއެކު އެއާޕޯޓްގެ އެކި ހިސާބުތަކުގައި ގިނަ އަދަދެއްގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ކުރިއާ ހިލާފަށް އެެއާޕޯޓަށް ވަދެ ނުކުންނަ ހުރިހާ ވެހިކަލެއް ވެސް ސިފައިން ދަނީ ބަލައި ފާސް ކުރަމުންނެވެ.

އެގޮތުން، ކާރުތަކުގެ ޑިކީތަކާއި ސައިކަލްތަކުގެ މަޑިތައް ވެސް ބަލައި ފާސްކުރެ އެވެ. އަދި އެއާޕޯޓަށް މީހުން ގެންދާ އެއްޗެހި ވެސް ސިފައިން ގާތުން ބަލަ އެވެ.

އެނގިފައިވާ ގޮތުގައި، އެއާޕޯޓް ސެކިއުރިޓީ މިހާ ވަރުގަދަކޮށްފައިމިވަނީ އެއާޕޯޓުގައި ހަމަލާއެއް ދޭނެ ކަމަށް ބުނެ ސިފައިންނަށް ލިބިފައިވާ މައުލޫމާތާ ގުޅިގެންނެވެ. ނަމަވެސް، އެކަމާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ސިފައިން ނުބުނެ އެވެ.

ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވަނީ: އެއާޕޯޓްގެ ސެކިއުރިޓީވެސް ވަނީ ވަރުގަދަ ކޮށްފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު
ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވަނީ: އެއާޕޯޓްގެ ސެކިއުރިޓީވެސް ވަނީ ވަރުގަދަ ކޮށްފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވަނީ: އެއާޕޯޓްގެ ސެކިއުރިޓީވެސް ވަނީ ވަރުގަދަ ކޮށްފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ސަލާމަތީ ކަންކަން ސިފައިން ވަރުގަދަ ކޮށްފައި މިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ހަމަލާއަށް ފަހުގަ އެވެ. ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާގައި ނަޝީދުގެ ފުރާނަ ސަލާމަތްވީ ކިރިޔާ އެވެ.

އެ ހަމަލާއަށް ފަހު ސިފައިންނާއި ފުލުހުން ވަނީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފަ އެވެ. ހަތިޔާރާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox