ލައިޕްޒިގު ބަލިކޮށް ޑޯޓްމަންޑުން ޖަރުމަނު ކަޕް ކާމިޔާބުކޮށްފި

May 13, 2021, 10:10 PM
ޑޯޓްމަންޑް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޑޯޓްމަންޑް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިއުނިކް (މެއި 14) - ޖަރުމަނު ކަޕް ފައިނަލުގައި މިރޭ 4-1 އިން އާރްބީ ލައިޕްޒިގު ބަލިކޮށް ބޮރޫޝިއާ ޑޯޓްމަންޑުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ ޑޯޓްމަންޑުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަސް ވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން މި މުބާރާތުގެ ތަށި އުފުލާލީ 2017 ވަނަ އަހަރު އެވެ.

ފުރަތަމަ މިނިޓުން ފަށައިގެން މޮޅު ކުޅުމެއް ދައްކަމުން ދިޔަ ޑޯޓްމަންޑުން ވަނީ ފުރަތަމަ ހާފުގައި ތިން ގޯލު ޖަހައިފަ އެވެ. މެޗުގެ ފަސް ވަނަ މިނިޓްގައި ޖޭޑަން ސަންޗޯ ވަނީ ޑޯޓްމަންޑަށް ލީޑުނަގައިދީފަ އެވެ. މާކޯ ރެއުސް ދިން ބޯޅައަކުން މެޗުގެ 28 ވަނަ މިނިޓްގައި އާލިން ބްރައުޓް ހާލަންޑް ވަނީ ޑޯޓްމަންޑްގެ ލީޑު ފުޅާކޮށްދީފަ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރެއުސް މި ފަހަރު ތަނަވަސްކޮށްދިން ފުރުސަތަކުން ގޯލު ޖެހީ ސަންޗޯ އެވެ.

ލަނޑު ޖެހުމަށް ފަހު ރެއުސް (ކ) އާއި ސަންޗޯ ބައްދާލައިގެން.-- ފޮޓޯ: ޑޯޓްމަންޑް

މެޗުގެ 71 ވަނަ މިނިޓްގައި ކްރިސްޓޮފާ އެންކުންކޫ ދިން ބޯޅައަކުން ސްޕެއިނުގެ މިޑްފީލްޑަރު ޑެނީ އޮލްމޯ ވަނީ ލައިޕްޒިގަށް ލަނޑެއް ޖަހައިދީ އުއްމީދެއް ހޯދައިދީފަ އެވެ. އެކަމަކު މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ހާލަންޑް ވަނީ ޑޯޓްމަންޑަށް ހަތަރު ވަނަ ގޯލެއް ޖަހައިދީފަ އެވެ. މިއީ ސަންޗޯ ދިން ބޯޅައަކުން ހާލަންޑް ޖެހި ގޯލެކެވެ.

ލައިޕްޒިގުގެ ކޯޗު ހޫލިއަން ނާގަލްސްމަން މި ސީޒަނަށް ފަހު ބަޔާން މިއުނިކާ ހަވާލުވާން ނިންމާފައިވާއިރު، ތަށްޓަކާ އެކު ލައިޕްޒިގުގެ ޗެޕްޓަރު ނިންމާލަން ލިބުނު ފުރުސަތު މިރޭގެ ފައިނަލުން ބަލިވުމުން ގެއްލުނީ އެވެ.

އަނެއްކޮޅުން މި ސީޒަނުގެ ނިޔަލަށް ވަގުތީ ކޯޗެއްގެ ގޮތުގައި ޑޯޓްމަންޑާ ހަވާލުވެ ހުރި އެޑިން ޓާޒިޗަށް މިއީ ކޯޗިން ކެރިއަރުގައި ލިބުނު ފުރަތަމަ ތަށްޓެވެ. އޭނާ އަކީ 1999 ވަނަ އަހަރަށް ފަހު ޖަރުމަނު ކަޕް ކާމިޔާބުކުރި އެންމެ ޒުވާން ކޯޗެވެ. ޓާޒިޗްގެ އުމުރަކީ 38 އަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox