އެމްއެމްޕީއާރުސީގެ ފައިސާއެއް ނުލިބޭ، ދައުވާކުރާ ހިސާބުން އިސްތިއުފާ ދޭނަން: އާޒިމް

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް: ވިދާޅުވީ ހިޔާނާތުގެ ދައުވާ އުފުލާ ހިސާބުން އިސްތިއުފާ ދެއްވާނެ ކަމަށް-- ފޮޓޯ: ހުސައިން ޝަހާޔް

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް: ވިދާޅުވީ ހިޔާނާތުގެ ދައުވާ އުފުލާ ހިސާބުން އިސްތިއުފާ ދެއްވާނެ ކަމަށް-- ފޮޓޯ: ހުސައިން ޝަހާޔް

އެމްއެމްޕީއާރުސީގެ ހިޔާނާތުން އެއްވެސް ފައިސާއެއް ހޯދާފައި ނުވާނެ ކަމަށާއި އެފަދަ މައްސަލައެއްގައި ދައުވާ އުފުލާ ހިސާބުން އިސްތިއުފާ ދެއްވާނެ ކަމަށް، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު، އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ވަނީ ރިޕޯޓް ފާސްކޮށް މުޅި ލިސްޓް މިއަދު އާއްމުކޮށްފަ އެވެ. އިއްޔެ އާއްމުކުރި ލިސްޓުގައި އެމްޑީޕީގެ އިސް ސަފުގައި މަޖިލިސް ތަމްސީލު ކުރައްވާ ހަތަރު މެމްބަރުން ހިމެނެ އެވެ. އޭގެ ތެރެއިން އަލީ އާޒިމަށް އެއް މިލިއަން ރުފިޔާ ލިބުނު ކަމަށް އާއްމުވި ލިސްޓެއްގައި ވެ އެވެ.

"އަދަދު" ނޫހުން މިއަދު ފެށި "އެތެރެފުށް" ޕްރޮގްރާމުގައި ހިޔާނާތުގެ ތުހުމަތަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ އޭނާއަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް ތުހުމަތު ނުކުރާ ކަމަށާއި ކުރާ ނަމަ އެ ކޮމިޝަން އުފެދުނުތާ ތިން އަހަރު ވާއިރު އެކަމާ ގުޅޭގޮތުން ސުވާލެއް ކުރާނެ ކަމަށެވެ.

"ވަރަށް ކެރިގެން ސާފުކޮށް އަޅުގަނޑުގެ މައްސަލައެއް ތަހުގީގުކޮށް ނިމިގެން ކޯޓާ ހިސާބަށް ދާ ހިސާބުން ވެސް އަޅުގަނޑު މި ގޮނޑީގައި ނީންނާނަން. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ވެސް ނީންނާނަން. އެހާ އިތުބާރު އަޅުގަނޑަށް އެބައޮތް އެމްއެމްޕީއާރުސީގެ ފައިސާއެއް އަޅުގަނޑަށް ނުލިބޭކަން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވަނީ ހިޔާނާތް ބެލުމަށް ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ ސަބް ކޮމެޓީން ވެސް ފަހު ވަގުތު އެކަހެރިވެވަޑައިގެންފަ އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ކޮމެޓީން ވަގުތީ ގޮތުން ދުރަށް ވަޑައިގަތީ އޭނާގެ ބަހެއް ނެތި މިނިވަންކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ކޮމެޓީއަށް ދިނުމަށެވެ. ނަމަވެސް މާދަމާއިން ފެށިގެން އެ ކޮމެޓީގައި އަލުން އިންނަވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރާ މީހުންގެ ލިސްޓްގައި އާޒިމްގެ ނަން ހިމެނުމުން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދަށް، އާޒިމް ފޮނުއްވި ސިޓީގައި ވިދާޅުވީ އެ ލިސްޓްގައި އޭނާގެ ނަން ހިމަނާފައިވަނީ ވަކި ފަރާތެއްގެ އިރުޝާދުގެ ދަށުން، ސިޔާސީ ގޮތުން ދައްކާ ވާހަކަތަކާ، ފާޅުކުރާ ހިޔާލުތައް ބަލައި ނުގަނެވޭތީ ނަން ކިލަނބު ކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.

އެ ޖަވާބާ ގުޅޭގޮތުން ސުވާލު ކުރުމުން އާޒިމް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ލިސްޓްގައި އޭނާގެ ނަން ނެތްއިރު އާ ލިސްޓަކަށް އޭނާގެ ނަން އެރުމުން އެކަމާ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. އާޒިމް ވިދާޅުވީ މެދުހެންވޭރު ދާއިރާގެ މެމްބަރުކަމުގެ އިތުރުން އެމްޑީޕީގެ ޕީޖީ ލީޑަރުކަން ބޭނުންވާ މީހުން ތިބޭކަމަށާއި އެހެންވެ އޭނާގެ ނަން ކިލަނބު ކޮށްލުމަކީ އެ މީހުންގެ ބޭނުމެއް ކަމަށެވެ.

އެހެންވީމައި ހަމަ ޔަގީން ކޮންމެވެސް ފަރާތެއްގެ ނުފޫޒު މިއަށް ވަދެފައި އޮތީ ޔަގީން. -- އާޒިމް

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ އޭނާ ވެސް ވަރަށް ކަންބޮޑުވެވަޑައިގަންނަވާ މައްސަލައެއް ކަމަށާއި މިފަދަ މައްސަލަތައް އިތުރުވާ ނަމަ ރާއްޖެ ދާން ޖެހޭ މިސްރާބަށް ނުގެންދެވޭނެ ކަމަށެވެ. އޭނާއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކަމުން އަންނަ މީހެއް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު ކިރިޔާވެސް އެ ފައިސާގައި އިންވޯލްވެ، ޖެހިފައި ނުވަތަ ޝައްކެއް ކުރެވިފައި އޮތް ނަމަވެސް އަޅުގަނޑު ނުދައްކާނެ ބައިވަރު ވާހަކަ އަޅުގަނޑު ހުންނާނެ ދައްކާފައި،" އާޒިމް ވިދާޅުވި އެވެ.

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް: ވިދާޅުވީ ހިޔާނާތުގެ ދައުވާ ކުރާ ހިސާބުން އިސްތިއުފާ ދެއްވާނެ ކަމަށް-- ފޮޓޯ: ހުސައިން ޝަޔާހް
މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް: ވިދާޅުވީ ހިޔާނާތުގެ ދައުވާ ކުރާ ހިސާބުން އިސްތިއުފާ ދެއްވާނެ ކަމަށް-- ފޮޓޯ: ހުސައިން ޝަޔާހް

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް: ވިދާޅުވީ ހިޔާނާތުގެ ދައުވާ ކުރާ ހިސާބުން އިސްތިއުފާ ދެއްވާނެ ކަމަށް-- ފޮޓޯ: ހުސައިން ޝަޔާހް

އާޒިމް އެދިވަޑައިގަތީ އޭނާގެ މައްސަލައެއް އޮތްނަމަ އަވަހަށް ތަހުގީގުކޮށް ދައުވާ ކުރުމަށް ފޮނުވައި ދެއްވާށެވެ. އަދި އޭނާ ތަހުގީގަށް ވީހާވެސް އަވަހަކަށް ހާޒިރު ކުރުމަށް އެދޭ ކަމަށް ވެސް ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިސް މުހައްމަދު ހުސައިން (އޮއިއްޓޭ)، އާޒިމް ދިރިއުޅުއްވާ ގެއަށް ގޮސް އެއް މިލިއަން ރުފިޔާ ދިން ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލު ކުރުމުން އާޒިމް ވިދާޅުވީ އޭނާއަށް ދިނުމަށް ފައިސާ ނުދޭ ކަމަށް އަދީބު ބަޔާން ދީފައިވާ ކަމަށެވެ.

އަޅުގަނޑުގެ ގެއަކަށް މުހައްމަދު ހުސައިންއެއް ދުވަހަކު ވެސް ފައިސާ ހިފައިގެން އައިސްފައެއް ނެތް. ވަރަށް ސާފުކޮށް މިދަންނަވަނީ،-- އާޒިމް

އާޒިމް 2014 ވަނަ އަހަރު އަދީބަށް ފޮނުއްވި މެސެޖުތަކެއް ވަނީ ލީކް ވެފަ އެވެ. އެ މެސެޖްތަކުގައި އެކި ކަންކަމުގައި އެދިވަޑައިގެންފައިވެ އެވެ. އޭގެ ތެރޭގައި ވަރަށް ގިނަ ފަހަރު ބައްދަލު ކުރަން ބޭނުން ވެގެން އާޒިމް އަދީބުގެ ގާތު އެދިފައި އެބަހުއްޓެވެ. އޭގެ އިތުރުން ކަނބާލިފަރުގެ ކޮންޓްރަކްޝަން ސިޓީއެއް ހޯދަން އާޒިމް ވަނީ އަދީބުގެ ފަރާތުން އެދިފަ އެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އާޒިމް ވިދާޅުވީ ކަނބާލިފަރުގައި ރިސޯޓް ހަދަމުން ދިޔަ ކުންފުނީގެ ތިން ޕަސެންޓް ހިއްސާ އޭރު އޭނާގެ އޮންނަ ކަމަށާއި އަދީބަށް އެ ރިސޯޓުގެ ކަމަކު ދަންނަވަން ޖެހުނީ ސަރުކާރުގެ ތެރެއިން ލިބެން ޖެހޭ އެހީތެރިކަން ނުލިބިގެން ކަމަށެވެ.

މެސެޖްތަކުން އެނގޭ ގޮތުގައި އެމްޑީޕީ ޕީޖީ ގުރޫޕުގެ ބައްދަލުވުމުގެ ކުރިންނާއި ފަހުން އަދީބާ ބައްދަލު ކުރަން ބޭނުން ވެގެން އާޒިމް އެދިފައި އެބަހުއްޓެވެ. އެކަމާ ގުޅޭގޮތުން އާޒިމް ވިދާޅުވީ ޕީޖީ މީޓިންގެ ކުރިން ބައްދަލު ކުރުމަކީ އަދި އެ ބައްދަލުވުމާ ގުޅޭގޮތުން ވާހަކަ ދެއްކުން ނޫން ކަމަށެވެ. އަދި ޕީޖީ ގުރޫޕުގެ އެއްވެސް ވާހަކައެއް އަދީބާ ދައްކާފައި ނުވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މެސެޖްތަކުން އެނގޭ ގޮތުގައި އަދީބު ބޭނުންވާ ކަންކަން ކުރުމަށް ބައެއް އެމްޑީޕީ މެމްބަރުން ރުއްސުމަށް އަދީބު ވަނީ އާޒިމް ބޭނުންކޮށްފަ އެވެ.

އާޒިމް ވިދާޅުވީ ސިޔާސީ ކަންކަން "ސުމޫތުކޮށް" ގެންދަން އިދިކޮޅު މީހުންނާ ވާހަކަ ދައްކަން ޖެހޭ ކަމަށާއި އެ މަގުސަދުގައި ވާހަކަ ދައްކާފައި ހުންނާނެ ކަމަށެވެ.

އަހުމަދު އަދީބާ ވަރަށް ގާތްގުޅުމެއް އޮންނަ ކަމަށް އާޒިމް ތަކުރާރުކޮށް މިއަދު ވެސް ވިދާޅުވި އެވެ. އަދި އަދީބުގެ ގާތް، ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓު)ގެ ގެއަށް ވެސް ވަރަށް ގިނައިން ގޮސްފައި ހުންނާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. މެސެޖްތަކުން އެނގޭ ގޮތުގައި އޭގެ ތެރެއިން އެއް ބައްދަލުވުމަކަށް ދަބަހެއް ހިފައިގެން އައުމަށް އަދީބު އާޒިމަށް އަންގަ އެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އާޒިމް ވިދާޅުވީ އަބްދުﷲ ޖަލީލް (ކޭންސޭޓް) އާއި އޭނާއާ ވަރަށް ގާތް ކަމަށާއި އަދީބާއި ކޭންސޭޓް ފައިސާގެ މުއާމަލާތްތައް ކުރާ ކަމަށެވެ. އެ ދުވަހު ދަބަހެއް ގެނައުމަށް އަދީބު އޭނާގެ ގާތުގައި ބުނީ ކޭންސޭޓަށް ދޭން ވެގެން ދިޔާ އެއްޗެއް ގެންދިއުމަށް ކަމަށެވެ. އެއީ ކޯއްޗެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"އެއީ އަބްދުﷲ ޖަލީލަށް ދޭން ވެގެން އަދީބު ދެއްވި އެއްޗެއް. އަދީބު ދެއްވި ހަދިޔާއެއް،" ހިނިފުޅުވަޑުވަމުން އާޒިމް ވިދާޅުވި އެވެ.

އާޒިމް "އަދަދު"ގެ އެތެރެފުށް ޕްރޮގްރާމްގައި: އޭނާ ވިދާޅުވަނީ މަގާމުގެ ބޭނުމުގައި އުޅޭ ބަޔަކު އޭނާއާ ދެކޮޅަށް ކަންތައްތަކެއް ކޮށްފާނެ ކަމަށް. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ލިސްޓުގައިވާ ގޮތުން މިހާރު ދައުލަތުގެ އެކިއެކި މަގާމުގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ. އޭގެ ތެރެއިން އައްޔަންކޮށްފައިވާ މަގާމުތަކުގައި ތިބި މީހުން މަގާމުތަކުން ވަކިކުރަން މަސައްކަތް ފެށުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.

އަދި، އިންތިހާބީ މަގާމުތަކުގައި ތިބި މީހުންނަކީ އަމިއްލައަށް އިސްތިއުފާ ދިނުމުން ނޫނީ ހުކުމެއް ސާބިތުވެގެން ނޫން ގޮތަކަށް ވަކިވާނެ ބަޔަކަށް ނުވާތީ، އެފަދަ މީހުންގެ މައްސަލަތައް އަވަސް ކުރުމަށް ކަމާބެހޭ އިދާރާތަކަށް ދެންނެވުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.

އެ ނިންމުމާ ގުޅޭގޮތުން އާޒިމް ވިދާޅުވީ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމެވުމެއް ކަމަށެވެ. އެސެޓް ރިކަވެރީ ކޮމިޝަންގެ މަސައްކަތަކީ ދައުލަތުން ގެއްލުނު ފައިސާ އަނބުރާ ހޯދުން ކަމަށާއި އެއްވެސް ގޮތެއްގައި މީހުން ފަލީހަތް ކުރުން ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox